ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 09:49
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ ބަދަލު
ރައްޔިތުންގެ އަޑު އަހައިގެން ނޫނީ ވެރިކަމެއް ނުކުރެވޭނެ: އަބްދުﷲ
 
ރައީސް ޔާމީން ޖެހޭނީ މިކަން ހުއްޓާލާފައި ގެއަށް އެނބުރިދާން
 
ރައްޔިތުންނެތް މިކަމެއް ނުހުއްޓާނެ
 
ސަރުކާރުން ވަނީ ހުރިހާ ބާރުތަކެއް މުށުތެރެއަށްލާފައި

ވެރިޔަކަށް ހުންނަ ފަރާތަކީ ރައްޔިތުންގެ އަޑު އަހަން ހުންނަވާ ފަރާތަކަށް ވާންޖެހޭ ކަަމަށާއި ރައްޔިތުންގެ އަޑު އަހައިގެން ނޫނީ ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

މ. ކުނޫޒް ސަރަހައްދުގައި ހުރެ ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ، ސަރުކާރުން ފެނިގެންދަނީ، ހުރިހާ ބާރުތަކެއް މުށުތެރެއަށްލާ، މުއައްސަސާތަކުގެ ބާރު ކަނޑުވާލާ މަންޒަރު ކަމަށެވެ.

" ޔާމީން ވެރިކަމުން ފައިބާށޭ. ޔާމީން ހައްޔަރުކުރާށޭ. މިއީ ހުއްޓުމެއް ނެތް ކަމެއް. މިކަން އިރާދަކުރެއްވިއްޔާ ރައްޔިތުންނާ އެކީގައި ގާނޫނީ އިމުގެ ތެެރެއިން ޔާމީންގެ ވެރިކަން ނިންމުމަށްޓަކާއި ހުރިހާ މަސައްކަތެއް ކުރާނަން." އަބްދުﷲ ވިދާޅުވިއެވެ.

ރައްޔިތުން މިކަން ނުހުއްޓާނެ ކަމަށާއި ރައީސް ޔާމީން ޖެހޭނީ އެނބުރި ގެއަށް ވަޑައިގަންނަވަން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަމުންދަނީ ގާނޫނު އަސާސީއާއި އެއްގޮތަށް ނޫން ކަމަށާއި ގާނޫނު އަސާސީއާއި އެއްގޮތަށް ވެރިކަން ކުރަމުންދާ ނަމަ ރައްޔިތުން މަގު މައްޗަށް ނުކުމެ، ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާކަށް ނުޖެހޭނެ ކަމަށެވެ.

ރައްޔިތުން މިފަހަރު ގާނޫނު އަސާސީއަށް ދޫނުދޭނެ ކަަމަށާއި މިގައުމުގައި ފެނިގެންދަނީ ރައީސް ޔާމީން އަނިޔާވެރި އަމަލުތަކެއް ހިންގަމުންދާ މަންޒަރު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް