ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 09:51
ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް
ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް
ރާއްޖެއެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ރައީސް ޔާމީން އަރިހުގައި ތިއްބެވި ބޭފުޅުންނަށް ދިފާއުގައި ދައްކާނެ ވާހަކައެއް ނޭނގޭ: ފައްޔާޒު
 
ރައީސް ޔާމީން މިކުރާ ކަންކަން އަމިއްލައަށް ރަގަޅު ކުރެވޭނެ ކަމަށް ނުބެލެވޭ

ރައީސް އަބްދުﷲ ޔާމީން އަރިހުގައި ތިއްބެވި ގިނަ ބޭފުޅުން ތިއްބެވީ އެބޭފުޅުންނަށްވެސް މިހާރު ކަންކަން ދިފާއު ކުރެވޭނީ ކިހިނެތްތޯ ހިތަށްއަރާ ހިސާބުގައި ކަމަށް ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖެޓީވީން ކުރިއަށްގެންދިޔަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރުން ވެސް، ރައީސް ޔާމީން ކުރައްވަމުންގެންދަވާ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަތައް ހިއްސާކޮށްފައިވާ ކަމަށެވެ. މިކަމުން ސަލާމަތްވާނެ ގޮތެއް ނެތް ކަމަށް އެ މެންބަރުން ވިދާޅުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެމީހުންގެ މޫނުގައިވެސް ތަފާޔެއް ޖަހާލާ ގޮތަށް ރައީސް ޔާމީނަކީ ގާނޫނު ނަގަހައްޓަމުން ދަނީއޭ ބުނުމުން އަޅުގަނޑަކަށް ހީވަނީ މިކަން އެއްކޮށް ފަޅައިގެން ގޮސް، އެތަނުން އެތަނަށްވެސް މެންބަރުން ނުރުހުން ފާޅުކޮށްފާނެހެން އަޅުގަނޑަށް ހީވަނީ." ފައްޔާޒު ވިދާޅުވިއެވެ.

ގާނޫނީ ވަކީލުންގެ ތެރޭގައި ކިރިޔާވެސް ގޮތެއް ހުންނަ ބޭފުޅެއް ކަމުގައިވާ ނަމަ ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަންކަން ދިފާއު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ޑިކްޓޭޓަރޝިޕެއް ހަމައެކަނި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ނުހިފެހެއްޓޭނެ ކަމަށާއި ޑިކްޓޭޓަރޝިޕަކަށްވެސް ރައްޔިތުންގެ ތާއީދު ބޭނުންވާނެ ކަަމަށެވެ.

ރަގަޅު އަދަދެއްގެ ރައްޔިތުންގެ ބަޔަކު ބޭނުންވާ އިރު މިއަދު ރައީސް ޔާމީންގެ އަރިހުގައި ރައްޔިތުންނެތް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ޑިކްޓޭޓަރޝިޕެއް ހިފެހެއްޓޭނީ، ސަރުކާރާއި ދެކޮޅަށް ނިކުންނަ ހުރިހާ ފަރާތްތަކެއް ސުންނާފަތިކޮށްގެން ކަމަށާއި އެހެން ނަމަވެސް ސަރުކާރަށް އެކަމެއް ނުވި ކަަމަށެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ނިކުންނަ ފަރާތްތައް ދުވެހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި ރައްޔިތުންގެ ތެރެއިންވެސް ރައީސް ޔާމީނަށް ތާއީދު ކުރެއްވި ފަރާތްތައް ވެސް މިހާރު ތާއީދު ނުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް