ކ. މާލެ
|
21 ފެބްރުއަރީ 2018 | ބުދަ 23:27
އުމުރުން 30 އަހަރުގެ މުހައްމަދު ރިފާއު
އުމުރުން 30 އަހަރުގެ މުހައްމަދު ރިފާއު
ފޭސްބުކް
ޒުޥާނަކު މަރުވުން
ބަނޑޮހުގައި އޮތް އިވެންޓަކަށް ތައްޔާރު ކުރަމުންދަނިކޮށް، ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ
 
ރިފާއު މަރުވީ، ބަނޑޮހުގައި އޮތް އިވެންޓަކަށް ތައްޔާރު ކުރަމުންދަނިކޮށް

ބަނޑޮހުގައި އޮތް އިވެންޓަކަށް ތައްޔާރު ކުރަމުންދަނިކޮށް، ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ މުހައްމަދު ރިފާއުއެވެ.

މަރުވެފައި ވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި އޮތް އިވެންޓަކަށް ތައްޔާރު ކުރަމުންދަނިކޮށް ފިޓުޖެހިގެން ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާ ވެއްޓުނީ ހަރުގަނޑެއްގެ މަތީގައި ހުއްޓައެވެ. އެހެން ނަމަވެސް އޭނާ މަރުވީ ކަރަންޓް ޖެހިގެން ކަމަށް ވެސް އަޑުތައް ވަނީ ފެނިފައެވެ.  މިކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ރިފާއު ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައި ވަނީ އަށެއް ޖެހި އިރު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
1%
93%
2%
0%
3%
ކޮމެންޓް