Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގާނޫނީ ވަކީލުން

ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް:ވަކީލުން

ކުއްލި ނުރައްކަލުގެ 15 ދުވަހުގެ މުއްދަތު އެވަނީ ހަމަވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2018 | ބުދަ 11:39
ގާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓު ކައިރީގައި: އަދުލްއިންސާފުގެ ދާއިރާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން (ފައިލް ފޮޓޯ)

ގާނޫނީ ވަކީލުންތަކެއް ސުޕްރީމް ކޯޓު ކައިރީގައި: އަދުލްއިންސާފުގެ ދާއިރާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން (ފައިލް ފޮޓޯ)

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއުލާން ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު މިވަނީ ނިމިފައި ކަމަށާއި އަދި އިތުރު ކުރުމަށް ހުށަހެޅި 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރިކުރުން ބާތިލް ކަމަށް ރާއްޖޭގެ މަޝްހޫރު ގިނަ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާމެދު ގާނޫނީ ވަކީލުންތަކެއް މ. ނުކޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުން ވިދާޅުވީ ސަރުކާރުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތެއްކަމަށް ބުނެ ގަރާރުގައި ބުނެފައިވާ ކަންކަމަކީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކުރަން ގާނޫނުއަސާސީ ދަށުން އިއުލާން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބުނާ އަސާސީ ބައެއް ހައްގުތަކަކީ ކުއްލި ނުރައްކަލުގައި ވެސް ނުހިފެއްޓޭ އަސާސީ ހައްގުތަކެއް ކަމަށް ބުނެފައިވާއިރުވެސް އެފަދަ ބައެއް ހައްގުތަކާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމްގެ ކޯޓުގެ ބާރުތައް ހުފެހެއްޓުމަކީ އެގަރާރު އުފެދުމުގައި ވެސް ބާތިލް ކަންކަން ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަަމަވެސް، އެ ކުއްލި ނުރައްކަލުގެ ގަރާރު އިއުލާން ކުރުމަށްފަހު ދެންވެސް ގާނޫނުގައި އަމަލުކުރަންޖެހޭ އިޖުރާއަތިތައް ފުރިހަމަ ކުރުމެއްނެތި، ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސްކުރި ކަމަށްބުނާ ބުނުމަކީ ވެސް ބާތިލް ކަންކަންކަމަށް ގާނޫނީ ވަކީލުން ވިދާޅުވި އެވެ.

އެގޮތުން ކުއްލި ނުރައްކަލުގެ ހާލަަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމާއި 14 ދުވަހުގެ ތެރޭގައި މަޖިލީހުން އެ ގަރާރަށް ގޮތެއް ނިންމާފައިނުވުމާއި ކުއްލި ނުރައްކަލުގެ ހާލަތު ނިމެން މަދު ގަޑިއިތުރުކޮޅަށްވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން ޖަލްސާއެއް ބާއްވާ ނިންމި ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވި އެވެ.

އެ ނިންމުން ނިންމި ޖަލްސާއަކީ ގާނޫނާ ހިލާފަށް ބޭއްވި ޖަލްސާއެއްކަމަށް ގާނޫނީ ވަކީލުން ވިދާޅުވާ މައިގަނޑު ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުންގެ އަސާސީ ގިނަ ހައްގުތަކެއް ހިފަހައްޓާފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ވުމުން އެއީ ރައްޔިތުން އެއަށް އަމަލު ކުރުން ލާޒިމް އެއްޗެއް ކަމަށްވާއިރު، އެފަދަ އެއްޗަކަށް މަޖިލީހުގައި ވޯޓަށް އަހާ ޖަލްސާގައި މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުނޫން އަދަދަކަށް މެމްބަރުން ހާޒިރުވެ ތިބެންޖެހޭކަމަށް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ ބުނެފައިވަނިކޮށް، ގާނޫނުއަސާސީގެ އެ މާއްދާއާ ހިލާފަށް ޖަލްސާ ކުރިއަށް ގެންގޮސް ވޯޓަށް އަހާފައިވާތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަކީ 43 މެމްބަރުން ނެވެ. ނަމަވެސް އެ ވޯޓަށް އެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 40 މެމްބަރުން ނެވެ. ފާސްކޮށްފައިވަނީ 38 މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެއިތުރުން ގާނޫނީ ވަކީލުން ވިދާޅުވީ ކުއްލި ނުރައްކުގެ 15 ދުވަސް އިއުލާން ކުރުމަށްފަހު އޭގެ ދަށުން ހައްޔަރު ކޮށްފައިވާ ހުރިހާ ފަރާތްތަކެއް ވަގުތުން މިނިވަން ކުރަންޖެހޭ ކަމަށާއި ރައްޔިތުން އެއަށް އަމަލު ކުރަންޖެހޭ ކުއްލި ނުރައްކަލުގެ ގަރާރެއް ނެތް ކަމަށެވެ.

ގާނޫނީ ވަކީލުން ވިދާޅުވީ ސަރުކާރުން އިތުރު ކުރަން ހުށަހެޅި 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ފާސްކޮށް، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ނިންމި ނަމަވެސް އެއީ ބާތިލް ނިންމުމަކަށްވާތީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ހުރިހާ އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ފެބްރިއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އެ ކޯޓުގެ އަމުރު ތަންފީޒު ކުރުމަށްވެސް ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖޭ ވަރަށް ގިނަ ގާނޫނީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށް ބޭއްވި މަޖިލިސް ޖަލްސާ ދޫކުރައްވާ މަޖިލީހުގެ ކައުންސެލް ގެނެރަލް ފާތިމަތު ފިލްޒާ ވަނީ މަޖިލިސް ދޫކުރައްވާ ވަޑައިގަންނަވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ފިލްޒާ މަޖިލިސް ދޫކުރައްވާ ނިކުމެވަޑައިގެންނެވީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދަވާތީ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ފިލްޒާގެ ބަހެއް މިހާތަނަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މީގެއިތުރުން ރާއްޖޭގެ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސުންނާއި ފަނޑިޔާރުންނާއި ކުރީގެ ބަަންޑާރަ ނައިބުންނާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލުންގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުންނާއި ބައިނަލްއަގްވާތީ ޖަމްއިއްޔާ ޔަމާއަތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށްވެސް އެ ފަރާތްތަކުން ވަނީ ގޮވާލައްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި

ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި

21 އެޕްރީލު 2017
އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް

ކުއްލި ދަތުރުފުޅެއްގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް

12 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

12 އެޕްރީލު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު