Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަން

ރައީސް ޔާމީން ހައްޔަރު ކުރުމަށް ސަލާމަތީ ހިދްމަތްތަކަށް އިބޫ ގޮވާލައްވައިފި

19 ފެބުރުއަރީ 2018 | ހޯމަ 11:29

ސަލާމަތީ ހިދްމަތްތަކުން ފުރަތަމަ ކުރަންވީ ކަމަކީ ރައީސް ޔާމީން ހައްޔަރު ކުރަންވީ: އިބޫ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 ފެބުރުއަރީ 2018 | ހޯމަ 11:29
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިން ބައްދަލު ވުމުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިން ބައްދަލު ވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކޮށް ތަހުގީގު ހިންގުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން އެމްޑީޕީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ ތަކުރާރުކޮށް ރައީސް ޔާމީން ގެންދަވަނީ ގާނޫނުއަސާސީއާ ހިލާފުވަމުން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހައްދަވާ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފަ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ސަލާމަތީ ހިދްމަތަކުން ފުރަތަމަ ކުރަންވީ ކަމަކީ ރައީސް ޔާމީން ހައްޔަރުކުރައްވާ އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގުން ކަމަށެވެ.

Advertisement - newsAdvertisement

"ސުޕްރީމް ކޯޓުގެ ހުކުމެއް ތަންފީޒު ކުރުމަށް އެއްވެސް މީހަކު ހުރަސް އަޅައިގެން ނުވާނެ. އެމީހަކު ހިފާ ހައްޔަރު ކުރަންޖެހޭ. އެއީ ރައީސް ޔާމީން ކަމަށް ވިޔަސް، މިވަގުތު ސިފައިންނާއި ފުލުހުން އެންމެ އަވަހަށް ކުރަންވީ ކަމަކީ ރައީސް ޔާމީން ހިފާ ހައްޔަރު ކުރުން. ތަހުގީގުކޮށްފަ ޝަރީއަތަށް ފޮނުވަންވީ. އެނޫންކަމެއް ނޫން ކުރަންވީ. މިއަދު މިގައުމަށް ދިމާވެގެން އުޅޭ މައްސަލައަކީ ރައީސް ޔާމީން ގާނޫނީ އިމުން ބޭރަށް ނިކުމެވަޑައިގެން ހުންނެވުން. ހުކުމްތައް ތަންފީޒު ނުކުރުން،" އިބޫ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ފެބްރުއަރީގައި 1 ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން ކުރި އަމުރު ތަންފީޒު ކުރަން ފުލުހުން މަސައްކަތް ކުރެއްވި ކަމަށެވެ.

"ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ރައީސް ޔާމީން ކުރައްވާ ކަންތައްތައް، ރަނގަޅު ޕްރޮފެޝަނަަލް ފުލުހުންގެ މުއައްސަސާއެއްނަމަ މިހާރު ރައީސް ޔާމީން ހައްޔަރު ކުރާނެ. ރައީސް ޔާމީން ހައްޔަރުކޮށް، ރައީސް ޔާމީންގެ މައްސަލަ ބަލާނެ. އުއްތަމަ ފަނޑިޔާރެއް ނޫން ހައްޔަރު ކުރާނީ. ފަނޑިޔާރު އަލީ ހަމީދުއެއް ވެސް ނޫން ހުންނަވާނީ ޖަލުގައި. މިއަދު މިއުޅެނީ ތަންފީޒީ އިދާރާތަކުން އެކަން ނުކޮށްގެން. ފުލުހުންގެ ތެރެއިން އެކަން ކުރަންވެސް އުޅުނު... ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަރީފް އާއެެކު ޑެޕިއުޓީ ކޮމިޝަނަރ ސައުދީވެސް އަދި އެނގިފައި އޮތްގޮތުގައި ގާނޫނީ ވަކީލުންގެ ލަފަޔާއެކު ފުލުހުންގެ އެގްޒެކެޓިވް ބޯޑު އެއްކޮށް އުޅުނު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން އުޅުނު،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުމާއެކު ފުލުހުންގެ ބުނެފައި ވަނީ ގާނޫނީ ލަފާގެ މަތިން އެ އަމުރު ތަންފީޒު ކުރަން އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަރީފްއާއި އޭރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ ނިންމައިފި ކަމަށެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ އަރީފު މަގާމުން ދުރުކޮށް ޕޮލިސް ހިންގެވުން ސައުދީއާ ހަވާލު ކުރި އެވެ. އޭގެ ފަހުން ސައުދީ ވެސް މަގާމުން ވަކިކޮށް، ޕޮލިސް ހިންގެވުމަށް އަބްދުﷲ ނަވާޒާ ހަވާލުކުރެއްވެވި އެވެ.

ރިޔާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އުޅުއްވާ ސަލާމަތީ ހިދްމަތްތަކުގެ އޮފިޝަރުން އެކިއެކި ތަންތަނަށް ބަދަލުކޮށް މަގާމުވެސް ބަދަލު ކުރަމުންދާ ކަމަށެވެ. ނަމަވެސް ރިޔާޒު ވިދާޅުވީ ދެން އެމަގާމުތަކާ ހަވާލުވާ ފަރާތްތަކުންވެސް ވިސްނަންޖެހޭ ކަމަށާއި ރައީސް ޔާމީންއަކީ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންގެ ބޭނުން ހިއްޕެވުމަށްފަހު އެ ބޭފުޅުންނަށް ލަނޑު ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން މިހާރުވެސް އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ފަނޑިޔާރުންނާއި ސަރުކާރުގެ ކުރީގެ މިނިސްޓަރުންނާއި ސަލާމަތީ ހިދްމަތްތަކުގެ އިސް ބޭފުޅުންނާއި ގާތް ރަހުމަތްވެރިންވެސް އެ ތިއްބެވީ ޖަލުގައި ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް