ކ. މާލެ
|
19 ފެބްރުއަރީ 2018 | ހޯމަ 11:46
ރައްޔިތުންގެ މަޖިލީސް އިދާރާ
ރައްޔިތުންގެ މަޖިލީސް އިދާރާ
ފާތިމަތު ޝަނާ މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ ހާއްސަ
އިދިކޮޅު ހުރިހާ މަޖިލިސް މެންބަރުން މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފި
މަޖިލީސް އިދިކޮޅު ހުރިހާ މެންބަރުން ވަނީ މަޖިލީހުން ނިކުމެވަޑައިގެންފަ

އިދިކޮޅު ހުރިހާ މަޖިލީސް މެންބަރުން މިއަދުގެ މަޖިލީސް ޖަލްސާ ބޮއިކޮޓްކޮށްފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ކުރައްވައިފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަންޖެހޭ ކަމެއް ކަމުން، މަޖިލީހުން މިކަމަށް ވޯޓަށް އަހާއިރު ގާނޫނު އަސާސީގެ 87 ވަަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުން 43 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބަވަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް، ރައީސް އަބްދުﷲ ޔާމީންނަށް ތާއީދު ކުރައްވާ މެންބަރުންގެ ތެރެއިން ފެނިފައިވަނީ 39 މެންބަރުން ކަމަށް މަހުލޫފް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މަޖިލީހުގެ މި ޖަލްސާއަކީ ޣައިރު ގާނޫނީ ޖަލްސާއެއް ކަމުން އިދިކޮޅު ހުރިހާ މެންބަރުން ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

 އިދިކޮޅު މެންބަރުން މަޖިލީހުގެ ހާއްސަ ޖަލްސާ ބޮއިކޮޓް ކޮށްފައިވާ އިރު ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށް ނެރުނު ޤަރާރާއި އެ ޤަރާރަށް އިސްލާހު ގެނެސް، އޭގެ ފަހުން ނެރުނު ޤަރާރުތަކާއި މެދު މަޖިލީހުން ގޮތެއް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް