Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންނަށް ވެސް ވަނީ ޖަލްސާއަށް ދައުވަތު ފޮނުވާފައި

18 ފެބުރުއަރީ 2018 | އާދީއްތަ 08:58

ކުރިން ގޮނޑި ގެއްލުނު ކަމަށްބުނި 12 މެމްބަރުންނަށް ހުރަހެއް ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ފެބުރުއަރީ 2018 | އާދީއްތަ 08:58
މަޖިލީހަށް ވަދެވަދައިގެންނެވުމަށް ވަޑައިގެންނެވި މަޖިލިސް މެމްބަރުންތަކަކަށް އަނިޔާވެފައި: ސިފައިން ވަނީ މަޖިލިސް "ހިސޯރު" ކޮށްފައި

މަޖިލީހަށް ވަދެވަދައިގެންނެވުމަށް ވަޑައިގެންނެވި މަޖިލިސް މެމްބަރުންތަކަކަށް އަނިޔާވެފައި: ސިފައިން ވަނީ މަޖިލިސް "ހިސޯރު" ކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް ނިންމާ، އެ ޖަލްސާއަށް ގޮނޑި ގެއްލުނު ކަމަށްބުނި 12 މެމްބަރުންނަށް ވެސް ދައުވަތު ފޮނުވައިފި އެވެ.

ސަރުކާރު ހިންގާ ޕީޕީއެމުން ވަކިވުމުން، މަޖިލީހުގައި އެ މެމްބަރުން އަދާ ކުރައްވަމުންއައި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން މަޖިލީހުންވެސް ވަނީ އެ 12 މެމްބަރުންނަކީ މެމްބަރުން ނޫންކަމަށް މީގެކުރިން ނިންމާފަ އެވެ. ނަމަވެސް މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެ މެމްބަރުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ވަނީ އަމުރުކޮށްފަ އެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ އެ އަމުރާއެކު ރައްޔިތުންގެ މަޖިލީހުގައި އޭރު ހުންނެވި އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވެފައިވަނީ އެ 12 ބޭފުޅުންނަކީ މަޖިލީހުގެ މެމްބަރުން ކަމަށާއި މަޖިލީހުގައި އެ މެމްބަރުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާ އަދާކުރުމަށް އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ.

ކުރީގެ އަމީން އާއްމު އެގޮތަށް ވިދާޅުވެ، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ނިންމާ އެޖަލްސާއަށް އެ މެމްބަރުންނަށް ދައުވަތު ވެސް ފޮނުވާފައި ވެއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށްބުނެ މަޖިލީހުގެ އެ ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ. އަދި މިމަހުގެ ފަސް ވަަނަ ދުވަހުގެ ރޭ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާ، ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު ހުއްޓުމަކަށް ގެނެސް، ސަލާމަތީ ހިދްމަތްތަކުން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރައްވާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި އެމައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހަޅަންޖެހޭއިރު ސަރުކާރުން އެކަންވެސް ކޮށްފައި ނުވާކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ހޯމަ ދުވަހުގެ ޖަލްސާ ބާއްވަނީ ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ގޮތަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނާއިރު، މިހާތަނަށް ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވިފައި ނުވެއެވެ. އަދި މަޖިލިސް ވަނީ ސިފައިން "ހިސޯރު" ކޮށްފައި ކަމަށް މެމްބަރުން އަންނަނީ ބުނަމުންނެވެ.

މި ޖަލްސާ ބާއްވާއިރު، މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް 45 މެމްބަރެއް ސޮއި ކުރައްވުމަށްފަހު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއި ކުރައްވާ މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވުމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ މައްސަލައަށް ވޯޓަށް އެހުމެއްނެތި ގަދަބާރުން މަޖިލީހުގެ ޖަލްސާތައް މީގެކުރިން ބާއްވާފައިވާއިރު އިދިކޮޅު މެމްބަރުންނަށް، އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ހުރަސްތައް ވަނީ ކުރިމަތި ވެފަ އެވެ.

ޝަރުއީ ހުކުމަކާއި ނުލައި މިވަގުތު ޖަލުގައި ބަންދުކޮށްފައިވާ އިދިކޮޅު މެމްބަރުން ހޯމަ ދުވަހު ބާއްވާ ޖަލްސާއަށް ހާޒިރު ކުރުމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. މީގެކުރިން ޝަރުއީ ހުކުމެއް ނެތި ޖަލުގައި ބަންދުކޮށްފައިވާ ބައެއް މެމްބަރުން ޖަލްސާތަކަށާއި ކޮމެޓީގެ ބައްދަލުވުންތަކަށް ހާޒިރުކޮށްފައިވާއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވިފަހުން ޖަލުގައި ބަންދުގައި ތިއްބަވާ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދެއްވާފައި ނުވެއެވެ. އެގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހާޒިރު ކޮށްދެއްވުމެއްނެތި ޖަލްސާތަކެއް ބާއްވާފައި ވެއެވެ. ފާރިސްއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް މެމްބަރެވެ.

ފާރިސްގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުއާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު މިވަގުތު ހުންނެވީ ޝަރުއީ ހުކުމެއްނެތި ޖަލު ބަންދެއްގަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

މެމްބަރުންނަށް އިންޒާރުދީގެން މައްސަލައެއް ހުށަހެޅިފައެއް ނެތް: މަޖިލިސް

22 މާރިޗު 2017
މެމްބަރުންނަށް އިންޒާރުދީގެން މައްސަލައެއް ހުށަހެޅިފައެއް ނެތް: މަޖިލިސް
14 މާރިޗު 2017

މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ

14 މާރިޗު 2017
މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ
12 މާރިޗު 2017

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
07 މާރިޗު 2017

"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"

07 މާރިޗު 2017
 "ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް