ކ. މާލެ
|
18 ފެބްރުއަރީ 2018 | އާދީއްތަ 11:15
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
ޕީޕަލް މެގަޒިން
ފުލުސް އޮފީހަށް ހާޒިރު ކުރުން
ހަމަނުޖެހުން އުފައްދަން އުޅުނުކަމުގެ ތުހްމަތު މެމްބަރު އަލީ ހުސައިން އަށް، މިރޭ ޕޮލިހަށް ހާޒިރުވަންޖެހޭ
 
ފުލުހަށް ހާޒިރު ކުރަނީ މާލެ ތެރޭގައި ހަމަނުޖެހުން އުފެއްދި ކަމަށް ބުނެ
 
ހާޒިރުވުމަށް އަންގައިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 10:00 އަށް

މާލެ ތެރޭގައި ހަމަނުޖެހުން އުފައްދަން އުޅުނުކަމުގެ ތުހްމަތުކޮށް، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.

މި މައްސަލައިގެ ތުހްމަތުގައި އަލީ ހުސައިން މިރޭ 10:00 އަށް ޕޮލިހަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ.

މާލެތެރޭގައި ހަމަނުޖެހުން އުފެއްދުމުގެ ތުހްމަތު އަލީ ހުސައިން މައްޗަށް މި އުފުލީ، ހޮނިހިރު ދުވަހުގެ ރޭ އޭނާ ހައްޔަރުކުރުމަށް ފަހު އެވެ. ސިޔާސީ ހައްޔަރީން މިނިވަން ކުރަން ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރަން ގޮވާލައި، ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިން އަލީ ހުސައިން ހައްޔަރުކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިފައިވާއިރު، އިދިކޮޅު މެމްބަރުންގެ މައްޗަށް އެކި ތުހްމަތުތައްކޮށް، އެ މައްސަލަތަކުގައި ޕޮލިހަށް ހާޒިރުވުމަށް ދަނީ އަންގަމުންނެވެ. އެގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ޕޮލިހަށް ހާޒިރުކުރި އެވެ. އަދި އިހަންވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ވެސް ހޮނިހިރު ދުވަހު ޕޮލިހަށް ހާޒިރު ކުރި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
50%
0%
50%
ކޮމެންޓް