Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޮކިއުޕެންސީ 65 ޕަސެންޓް ދަށަށް ދާނެ!

ޗާއިނާގެ ނިއު އިޔަރގައި އަންދާޒާ ކުރިވަރާ ގާތަށް ވެސް ފަތުރުވެރިން ނާދޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 16 ފެބުރުއަރީ 2018 | ހުކުރު 14:07
މެދުފުށި އައިލެންޑް ރިސޯޓް

މެދުފުށި އައިލެންޑް ރިސޯޓް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ރާއްޖޭގެ އޮކިއުޕެންސީ 65 ޕަސެންޓް ދަށަށް ދާނެ ކަމަށް ކެޕިޓަލް ޓްރެވެލް އެންޑް ޓުއަރސްގެ ސީއީއޯ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ކުރީގެ ރައީސް ޔޫސުފް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު ކުރައްވާފައިވާ ޓްވީޓްގައި ބުނެފައި ވަނީ މިއަހަރުގެ ޗައިނީސް ނިއު އިޔަރގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރިމަތިވީ ވަރަށް ބޮޑު ފްލޮޕެއް ކަމަށާއި ޗާއިނާ އިން ގިނަ ކެންސެލޭޝަންސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ޗައިނާގެ ސިޓީތަކުން ޗައިނާގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް ނައުމަށް އަންގަމުންދާ ކަމަށާއި މިކަމުގެ ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާ އިން ވަނީ ޓްވެރަލް އެޑްވައިޒަރީއެއް ނެރެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ފަތުރުވެރިކަން އެއްކޮށް ހަލާކު ވެގެންދާ ކަމަށާއި އަނެއްކާ ވެސް ފަތުރުވެރިން ރާއްޖެ އައުމަށް އެތައް ދުވަސްތަކެއް ނަގާނެ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމެންޓްތައް އައުން މަދުވެ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ވަރަށް ބޮޑުތަން ދަށް ވެގެންދާނެ ކަމަށް މަޝްހޫރު ކްރެޑިޓް ރޭޓިންގ އޭޖެންސީ މޫޑީސް އިން ވަނީ ބުނެފައިވެއެވެ. އަދި ހައި ސީޒަންގެ ތެރޭގައި މިފަދަ ކަމެއް ކޮށްފައިވާތީ ޓުއަރިޒަމް ދާއިރާގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން މުޅި އިގްތިސާދުގެ ކުރިއެރުން 4.5 ޕަސެންޓަށް ދަށް ވެގެންދާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރި އަރާފައި ވަނީ 6.2 ޕަސެންޓަށެވެ.

މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އެއަހަރު ވެސް ޓުއަރިޒަމަށް ނޭދެވޭ އަސަރުކޮށް މުޅި އިގްތިސާދުގެ ކުރިއެރުން 2.8 ޕަސެންޓަށް މަޑުޖެހިލިއެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2018

ސޯލްޓްގެ ފަސްވަނަ އަހަރީ ދުވަހާއި ގުޅިގެން ބާގަރ ޕްރޮމޯޝަނެއް ފަށައިފި

26 އެޕްރީލު 2018
ސޯލްޓްގެ ފަސްވަނަ އަހަރީ ދުވަހާއި ގުޅިގެން ބާގަރ ޕްރޮމޯޝަނެއް ފަށައިފި
25 މާރިޗު 2018

ޕަލާޓޯއަށް އެއް އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންނަށް 50 ޕަސަންޓް ޑިސްކައުންޓް ދެނީ!

25 މާރިޗު 2018
ޕަލާޓޯއަށް އެއް އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންނަށް 50 ޕަސަންޓް ޑިސްކައުންޓް ދެނީ!
19 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

19 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!
12 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް ކްރެޑިޓް ނެގެޓިވްއެއް: މޫޑީސް

12 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް ކްރެޑިޓް ނެގެޓިވްއެއް: މޫޑީސް
09 ޖެނުއަރީ 2018

ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި

09 ޖެނުއަރީ 2018
ފިއުލް ސާޗާޖް އަށް ބަދަލު އައުމާ ގުޅިގެން ސްރީލަންކަން އެއަރލައިންސްގެ ޓިކެޓްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު