Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފްރޮމޯޝަން

ސޯލްޓްގެ ފަސްވަނަ އަހަރީ ދުވަހާއި ގުޅިގެން ބާގަރ ޕްރޮމޯޝަނެއް ފަށައިފި

ޕްރޮމޯޝަން ކުރިއަށްދާނީ ފަސް ދުވަހަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އެޕްރީލު 2018 | ބުރާސްފަތި 13:59
ސޯލްޓް އިން ވިއްކާ އެންގްރީ ބާގަރ

ސޯލްޓް އިން ވިއްކާ އެންގްރީ ބާގަރ

ސޯލްޓްކެފޭ އެންޑް ރެސްޓޯރެންޓްގެ ފަސްވަނަ އަހަރީ ދުވަހާއި ގުޅިގެން ބާގަރ ޕްރޮމޯޝަނެއް އޭޕްރިލް 25 ވަނަ ދުވަހު ފަށައިފިއެވެ.

ސޯލްޓްގެ އިވެންޓްސް ކޯޑިނޭޓަރ ފާތުމަތު ޒައިނާ އީސަ ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށް ދާނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށާއި ޕްރޮމޯޝަންގެ ދަށުން އެ ކެފޭ އިން ވިއްކާ ހުރިހާ ބާގަރތަކުން 25 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

އެތަނުން ވިއްކާ ބާގަރތަކަކީ ވަން ގްރޭޓް ބާގަރ، ބީބީ ބާގަރ، އެންގްރީ ބާޑްގެ އިތުރުން ފްލާޓީ ޕްރައުންއެވެ. މި ބާގަރތަކުގެ ތެރޭގައި ހިމެނެނީ ބީފް ދެ ބާގަރ އާއި ޗިކަން އެއް ބާގަރގެ އިތުރުން ޕްރައުން ބާގަރއެކެވެ.

ސޯލްޓް އިން ވިއްކާ ބާގަރތަކުގެ ތެރޭގައި ކަޅު ކުލައިގެ ބަން ހިމެނޭ ބާގަރއަކާއި ރަތް ކުލައިގެ ބަން ހިމެނޭ ބާގަރއެއް ހިމެނެއެވެ.

ސޯލްޓުން އިތުރަށް ބުނީ އެތަނުން ވިއްކާ ބާގަރތަކަކީ ކަސްޓަމަރުންގެ ތެރޭގައި ވަރަށް މަޤްބޫލް އެއްޗެއް ކަމަށާއި ކަސްޓަމަރުންދޭ ފީޑްބެކްގެ ތެރޭގައި ވެސް ބާގަރގެ ޕްރެޒެންޓޭޝަންއާ ރަހަތަކުގެ ވާހަކަ ރަނގަޅުވުމުން އެކަންތައްތައް ވަރަށް ބޮޑަށް ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ސޯލްޓުން ވަނީ ފަސްވަނަ އަހަރީ ދުވަހާއި ގުޅިގެން އެތަނުގެ މެނޫއަށް އައު ބައެއް އައިޓަމްތައް އިތުރު ކޮށްފައެވެ.

އެކި ހަފްލާތަކާއި ޕާޓީތަކާއި އޮފީސްތަކުގެ އެކި ރަސްމިއްޔާތުތައް ބޭއްވުމަށް ސޯލްޓް އަކީ އާންމުންގެ މެދުގައި މަޤްބޫލު ތަނެކެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!

27 އޯގަސްޓު 2017
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!
23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
20 އޯގަސްޓު 2017

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

20 އޯގަސްޓު 2017
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު