Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި ނުރައްކަލުގެ ހާލަތު

މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް އިދިކޮޅު އިއްތިހާދުން އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ކިބައިން އެދިއްޖެ

ހުރިހާ ޕާޓީތަކެއް ބައިވެރިވާ މަޝްވަރާތަކަށް މަގުފަހިކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަން ވަނީ ހާމަކުރައްވާފައި

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2018 | ހުކުރު 02:59
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

ރާއްޖޭގެ ސިޔާސީ މަސްރަހަށް ހައްލެއް ހޯދުމަށް ހުރިހާ ޕާޓީތައް ބައިވެރިވާ މަޝްވަރާތައް ފަށްޓަވައިދެއްވުމަށާއި، އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް އިދިކޮޅު އިއްތިހާދުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ އަރިހުން އެދިއްޖެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން އިދިކޮޅު އިއްތިހާދުން މިކަމަށް އެދިފައި ވަނީ، ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް، ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ނެރުއްވާފައިވާ ބަޔާނުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ހައްލެއް ހޯދުމަށް ހުރިހާ ޕާޓިތަކެއް ބައިވެރިވާ މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމުގައި އެހީތެރިވުމަށް އދ. އިން ތައްޔާރަށް އޮތް ކަން ހާމަކުރައްވާފައި ވަނިކޮށެވެ.

އިދިކޮޅު އިއްތިހާދުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އަށް މިހަފްތާގައި ފޮނުވި ސިޓީގައި ވަނީ، މަޝްވަރާގެ އުސޫލަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުމަކީ ދިވެހި ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ މުޖުތަމައިން ދިވެހި ސަރުކާރަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަދިނުމުގެ ބަދަލުގައި، އެފަދަ ގޮވާލުންތަކަށް ފިނިކަމެއް ހޯދުމުގެ ހަމައެކަނި ނިޔަތުގައި ސަރުކާރުން މަޝްވަރާތަކަށް ގޮވާލާފައިވުން ކަމަށެވެ. އަދި ސަރުކާރުން މަޝްވަރާތަކަށް ގޮވާލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދިވެހި ދައުލަތުގެ މައްޗަށް ޤާނޫނާއި ޚިލާފަށް އަތްގަދަ ކުރައްވައިގެން ކުރައްވާ މަސައްކަތްޕުޅުތަކަށް އިތުރު ވަގުތު ހޯދުމުގެ ހީލަތްތެރި ނިޔަތެއްގައި ކަމަށާއި، އެއީ ރައީސް ޔާމީން މީގެ ކުރިން ވެސް ބޭނުން ކުރައްވާފައިވާ އުކުޅެއް ކަން ފާހަގަކޮށް، އިދިކޮޅު އިއްތިހާދުގެ ކަންބޮޑުވުން އދ. ގެ ސެކްރެޓަރީ ޖެނެރަލާ ހިއްސާކުރައްވާފައިވެއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ފަރާތްތަކުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ބައިނަލްއަޤްވާމީ މަންދޫބުންގެ އިތުބާރާއެކުގައި ކުރިއަށް ގެންދާ މަޝްވަރާތަކެއް މެނުވީ އިދިކޮޅު ފަރާތްތަކަށް ބަލައިގަންނަން އުނދަގޫވާނެ ކަމަށް އިދިކޮޅު އިއްތިހާދުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މައުނަވީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ސަރުކާރުން ޑިމޮކްރަސީގެ ރޫހާއި، ޤާނޫނުގެ ވެރިކަން އަދި ޤާނޫނު އަސާސީއާ ޚިލާފަށް ހިންގާ ހުރިހާ އަމަލުތަކެއް ހުއްޓާލަންޖެހޭ ކަމަށް އިދިކޮޅު އިއްތިހާދުން ގަބޫލުކުރާ ކަމަށް އެސިޓީގައިވެއެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވަނީ، މަޝްވަރާތަކަށް އެކަށޭނަ އަދި ބަލައިގަނެވޭނެ ފަދަ މާހައުލެއް ގާއިމް ކޮށްދިނުމަށް ސަރުކާރަށް ބާރުއެޅުމަށް ސެކްރެޓަރީ ޖެނެރަލްގެ ކިބައިން އެދިފައެވެ. އެގޮތުން، އެފަދަ މާހައުލެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރުން ހަތަރު ކަމަކަށް އަމަލު ކުރަންޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ހިމެނެނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ފުރިހަމަ އަށް ތަންފީޒްކޮށް، ސިޔާސީ ކުށްވެރިން ވަގުތުން މިނިވަން ކުރުމަށާއި، ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށާއި، ފުލުހުންގެ ބަންދުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުޙައްމަދު ނަދީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާޙިމް ސިޔާދު ޤާސިމް އަދި އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ސަރުކާރުން ހިންގާ ކަންތައްތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމުގެ އިތުރުން އަސްކަރިއްޔާގެ ހިޞާރުން ރައްޔިތުންގެ މަޖިލިސް ވީއްލައި، މަޖިލީހުގެ ޖަލްސާތައް، މަޖިލީހުގެ ފުރިހަމަ ބާރުތަކާ އެކު ފެށުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހުރި މައްސަލަތަކަށް ޞުލްޙަވެރި ހައްލެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުއާހަދާތަކުގެ ދަށުން ރައީސް ޔާމީން ޖަވާބުދާރީ ކުރުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބައިނަލްއަޤްވާމީ މުޖުތަމައުގެ ކިބައިން އެދިފައިވެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނިއުޅެމުންދާ ކަންކަން އދ. އިން ގާތުން ބަލަމުންދާއިރު، ރާއްޖޭގެ ހާލަތާ ގުޅޭ ސިއްރު ބައްދަލުވުމެއް އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމުގައިވާ ސަލާމަތީ މަޖިލީހުގައި ބާއްވާފައިވެއެވެ. މީގެ އިތުރުން، ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ދިވެހި ސަރުކާރަށް ގޮވާލައްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

27 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު