ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 23:03
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
މިހާރު
ރައީސް މައުމޫން ހައްޔަރުކުރުން
ރައީސް މައުމޫން ހުންނެވިތަން ފުލުހުން ކަށަވަރު ނުކޮށްދެއްވާ: މައުމޫން ހަމީދު
 
ވަކީލާއި ބައްދަލުކުރުމަށް ފުރުސަތު ނުދެއްވާ
 
އައިލާއަށް ގުޅޭ ގޮތް ވަނީ ނުވެފައި
 
އަނެއްކާވެސް ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފައި

ފުލުހުންގެ ސީނީއަރ ޑިއުޓީ އޮފިސަރަށް ރައީސް މައުމޫން މިވަގުތު ހުންނެވި ތަނެއް ކަށަވަރު ކޮށްދެވިފައިނުވާ ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އަތޮޅުވެހީގައި ހުރި ފުލުހުންގެ ސީނިއަރ ޑިއުޓީ އޮފިސަރަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ހުންނެވިތަން ޔަގީން ކޮށް ނުދެއްވުނު ކަަމަށާއި އެމަނިކުފާނާއި ބައްދަލު ކުރުމަށްވެސް ފުރުސަތު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. ރައީސް މައުމޫންގެ ހާލުކޮޅު ރަގަޅުކަން ކަށަވަރު ކުރުމަށް ފުރުސަތު ދީފައިނުވާ އިރު އާއިލާއަށް ފޯނުން ވާހަކަފުޅު ދެއްކެވޭނެ ގޮތް ވެސް ހައްދަވައިފައިނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވަނީ، މިކަމުގެ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި އޯޑަރެއް ތޯ ވަނީ އައްސަވާފަ އެވެ. އިތުރަށް މައުމޫން ހަމީދުގެ ޓްވީޓުގައި ވަނީ ރައީސް މައުމޫނަށް އަދަބެއް ދިނީތޯ ސުވާލު ކުރައްވާފަ އެެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ރައީސް މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރެއްވުމަށް ފަހު ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

އެއަށް ފަހު އަނެއްކާ ވެސް ބުރާސްފަތި ދުވަހު ރައީސް މައުމޫން ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް