ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 18:04
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ޓްވިޓަރ
ރައީސް މައުމޫން ހައްޔަރުކުރުން
މުއިއްޒު ފޮނުވީ އިތުރަށް ޖެއްސުންކޮށް ތުރާ ކުރުމަށް: ރައީސް މައުމޫން
 
ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމި ހުންނާނަން
 
އެއީ އެއްވެސް ހާލެއްގައި ހާލު ބައްދަލަވަން އައި އައުމެއް ނޫން
 
މެޑިކަލް އެއްވެސް ހިދުމަތެއް ނުލިބޭ

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރައީސް މައުމޫނާއި ބައްދަލުކުރެއްވީ، އިތުރަށް ޖެއްސުންކޮށް ތުރާ ކުރެއްވުމަށް ކަމަށާއި  ހާލުކޮޅު ބައްލަވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ  އިންޓަރވިއުއެއްގައި ރައީސް މައުމޫންގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ، ރައީސް ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ބުދަ ދުވަހު ރައީސް މައުމޫންއާއި ބައްދަލު ކުރައްވާފައިވާ ކަމަށެެވެ. ބައްދަލުވުމުގައި ރައީސް މައުމޫން މުއިއްޒަށް ކުރު ދޮށިން ދެއްވި ކަމަށް ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ ގާނޫނުން ބޭރުން ކަމަށާއި މާފުއްޓަށް ބަދަލު ކުރެއްވި ފަހުން އައިލާއަށް ގުޅުއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް މުއިއްޒުގެ އަރިހުގައި ރައީސް މައުމޫން ވަނީ ދަންނަވައިފަ އެވެ. އަދި މެޑިކަލް އެއްވެސް ހިދުމަތެއް ލިބިވަޑައިނުގަންނަވާ އިރު މާލެއިން ފޮނުވާ އެއްވެސް އެއްޗެއްވެސް ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

މިކަންކަން ރައީސް ޔާމީނަށް ދަންނަވާނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އެވާހަކަފުޅުތައް އެގޮތަށް ދަންނަވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް މައުމޫން މުއިއްޒަށް ދެންނެވި އެވެ. އެފަދަ އެއްޗެއް ވިދާޅުވި ނަމަ މުއިއްޒު ވެސް ޖަލުގެ ގޮޅީގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
" ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައިސްފައިވަނީ ރައީސް މައުމޫންގެ ސަފޯޓަރުންނާއި އެހީތެރިކަމާ އެކުގައި ކަމަށް މުއިއްޒަށް ދެންނެވި. މިކަން ވެސް ހަނދުމަފުޅު ނެތި މިހިނގާ ކަންކަމަކީ، މިހާ ބޮޑަށް ގާނޫނު އަސާސީއާއި ހިލާފަށް ވެރިކަން ކުރައްވާނެ ކަމަށް ހީފުޅު ނުކުރައްވާ ކަމަށް މުއިއްޒަށް ދެއްނެވި ކަމަށް ރައީސް މައުމޫން ވިދާޅުވި. މީގެ އިތުރުން ރައީސް މައުމޫން ވަނީ ގައުމު އިސްލާހު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ނުހުއްޓަވާނެ ކަމަށް ވިދާޅުވެފަ. މިކަން ކޮންމެސް ގޮތަކަށް ނިންމާނެ ކަމަށްވެސް ވިދާޅުވި." ޝަމީމް ރާއްޖެއެމްވީއަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ހައްޔަރު ކޮށްފައިވާ ތިބޭ ފަރާތްތައް ވަކީލުންނަށް ބައްދަލު ކުރުމުގައި އަމަލު ކުރާ އުސޫލަށް ބަދަލުތަކެއް އައުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އަދި ހާއްސަކޮށް ވަކީލެއްގެ ހާޒިރުވުމެއް ނެތި މުވައްކިލާއި އެކި މީހުން އައިސް ބައްދަލު ކުރުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

" މިގޮތަށް އަމަލު ކުރުމުން ކުރިމަތި ކުރަނީ ކޮންކަހަލަ މަޖުބޫރު ކަމެއް ކަން ވަކީލުންނަކަށް ނޭނގޭ. މީހާގެ ހައްގުތަކާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވަކީލުން މިތިބެނީ. އަޅުގަނޑުމެންގެ މަސައްކަތް ނުކުރެވޭ ގޮތަށް ކުރަމުންދާ ކަމަކީ އަޅުގަނޑުމެން ކަނބޮޑުވާ ކަމެއް. އެހެންނެއް އެގޮތަށް ގާނޫނީ ގޮތުން ނެހެދޭނެ." ޝަމީމް ވިދާޅުވި އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
40%
0%
40%
20%
0%
0%
ކޮމެންޓް