ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 05:09
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް
ރިޒްނާ ޒަރީރު
ކުއްލި ނުރައްކަލުގެ ހާލަތު
ޝިޔާމަށް ސަލާމަތެއް ނެތް، ހުރީ ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުވެފައި: އަމީތް
 
އެކަން ކުރައްވަނީ އެމްއެންޑީއެފް ތެރޭގައި ތިބި މަދު ބައެއްގެ ބޭނުން ކޮށްގެން
 
މިއަދު އަމަލު ކުރައްވަނީ އަމިއްލަ ޖާހަތާއި ސަލާމަތްކަން ހޯދުމަށް
 
މާދަމާ ހާލަތު ބަދަލުވުމުންވެސް ސީދާ ޖަލަށް ދާންޖެހޭ އެއް ބޭފުޅަކީ ޝިޔާމް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމަށް މިއަދު ސަލާމަތެއް ނެތް ކަމަށާއި ޝިޔާމް ހުންނެވީ ސުޕްރީމް ކޯޓުގެ އަމުރު ދަށުވެފައި ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމުގައި ވާހަކަދައްކަަވަމުން އަމީތު ވިދާޅުވީ، ޝިޔާމް މިއަދު ހުންނެވީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ދަށުވެފައި ކަމަށާއި ހުކުމްގައި ކަނޑައަޅައިފައިވާ ކަންކަން ކުރުމަށް ހުރަސްއެޅި އެއް ފަރަތާކީ ޝިޔާމް ކަމަށެެވެ.

އަމީތް ވިދާޅުވީ މާދަމާ ހާލަތު ބަދަލުވުމުންވެސް ސީދާ ޖަލަށް ދާންޖެހޭ އެއް ބޭފުޅަކީ ޝިޔާމް ކަމަށާއި މިއަދު އޭނާ އަމަލު ކުރަނީ އޭނާގެ ޖާހަތާއި ސަލާމަތަށްޓަކާ ކަމަށެވެ. އަދި އެކަން ކުރައްވަނީ އެމްއެންޑީއެފް ތެރޭގައި ތިބި މަދު ބައެއްގެ ބޭނުން ކޮށްގެން ކަމަށް އަމީތް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ނުބާއްވާ، މަޖިލީހުގެ މެންބަރުނަށް މަޖިލީހަށް ވަނަ ނުދީ، މަޖިލީހުގެ އެއްވެސް މަސައްކަތެއް ވިޔަ ނުދިނުމަކީ ހިފެހެއްޓުމުގެ ބާރެއް މަޖިލީހުގެ ރިޔާސަތައްވެސް މަޖިލީހުގެ އިދާރާއަށްވެސް އަދި ދިވެހި އަސްކަރިއްޔާ އަށް ވެސް ލިބިގެން ނުވާ ކަމަށް އަމީތް ވިދާޅުވި އެވެ.

" މަޖިލީސް މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތްތޯ އަޅުގަނޑުމެން ސުވާލު ކުރިން. އެގޮތަށް ސުވާލު ކުރުމުން ބޮލުން އިޝާރަތް ކުރައްވާ ވިދާޅުވޭ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް. އަޅުގަނޑުމެން ދެން ސުވާލު ކުރިން ދެން ކީއްވެގެންތޯ ތި ހުރަސް އަޅުއްވަަނީ. ވިދާޅުވި ތިމަންނާ މެންގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ އަމުރު އައުމުންނޭ." އަމީތު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނަށް މަޖިލީހަށް ވަނަ ނުދިނުމަކީ ޣައިރު ގާނޫނީ އަމުރެއްގައި އެ ސަރަހައްދުގައިި ހަރަކާތްތެރިވާ ސިފައިންވެސް ގަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް އެފުރުސަތު ދޭން އެބޭފުޅުން ބޭނުން ނުވާ ކަމަށް އަމީތު ވިދާޅުވި އެވެ. އަމީތު ވިދާޅުވީ ސިފައިންގެ ތެރެއިން މަޖިލީސް މެންބަރުންނަށް ހުރަސް އަޅަނީ ކޮންބައެއްކަން ވަރަށް ސާފުކޮށް މަޖިލީސް މެންބަރުންނަށް އެނގޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
29%
0%
0%
0%
14%
57%
ކޮމެންޓް