ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 06:33
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ޖެނެރަލް ޝިޔާމް އަކީ ޖަލު ޔުނީފޯމްގައި ޖަލަށް ދާނެ ބޭފުޅެއް: އިންތި
 
ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައިގެން އުޅޭ އުޅުން ހުއްޓާލަންޖެހޭ
 
ރައްޔިތުންނާ ޝިޔާމް ދައްކާނެ ވާހަކައެއް ނެތް
 
ޝިޔާމް އަކީ ބޮޑުވެގެންވާ ކުށެއްގެ މަތީގައި މިވަގުތު ހުންނެވި ބޭފުޅެއް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމަކީ ޖަލު ޔުނީފޯމުގައި ޖަލަށް ދާނެ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ދިވެހި ތާރީހުން ފެނިގެން ދާނީ މެޑަލް ޖަހާފައި ކުލަ ބަރިތަކާ އެކުގައި ނޫން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރާއްޖެޓީވީން ކުރިއަށްގެންދާ ކަވަރޭޖްގައި ވާހަކަދައްކަވަމުން، އިންތި ވިދާޅުވީ ޝިޔާމް ރައްޔިތުންގެ ކުރިމަތީގައި ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނެތް ކަމަށާއި އެމަނިކުފާނުގެ ވާޖިބު އެއްވެސް ވަރަކަށް އަދާކުރެވެމުންނުދާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައިގެން އުޅޭ އުޅުން ހުއްޓާލާ، ތަޅު ނައްޓުވާލަންވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަހީނުކޮށްގެން އުޅޭ އުޅުމުން އެބޭފުޅުން ސަލަމާތްކޮށްދޭންވީ. ޝިޔާމް އަކީ ބޮޑުވެގެންވާ ކުށެއްގެ މަތީގައި މިވަގުތު ހުންނެވި ބޭފުޅެއް،" އިންތި ވިދާޅުވި އެވެ.

 އިންތި ވިދާޅުވީ، ދައުލަތުގެ އެއް ބާރު، ހިސޯރުކޮށްގެން މަޖިލީސް މެންބަރުންނަށް އެ އިދާރާއަށް ނުވަދެވޭނެ ގޮތް ހެއްދެވުމަކީ ގާނޫނީ ބޮޑު ކުށެއް ކަމަށާއި އެކަންކަން ކުރެއްވުމުގައި އުޅުއްވާ ހުރިހާ ފަރާތްތަކަކީވެސް ޖަލު ޔުނީފޯމްގައި ޖަލަށްދާނެ ފަރާތްތައް ކަމަށެވެ.

ރާއްޖެއިން މިއަދު މިފެންނަނީ އެންމެ ނުބައި މާފިއާ ފިލްމުތައް ހަދާ ފަރާތްތަކުންވެސް ނުހިމަނާ މަންޒަރެއް ކަމަށާއި މިއީ އެފަދަ ފިލްމުތަކުގެ ޕްރޮޑިއުސަރުންވެސް ޕްރޮމޯޓް ކުރަން ބޭނުން ނުވާ މަންޒަރު ކަމަށް އިންތި ވިދާޅުވި އެވެ.

އެފަދަ ފިލްމްތައް ހަދާ ފަރާތްތަކުންވެސް މީހަކު ހައްޔަރުކޮށް ހޯދުމަށްޓަކާއި އަނބިމީހާ ވަގަށް ނަގައިގެންދާ މަންޒަރު މިހާރު ނުފެންނަ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި ފެނިގެން މިދަނީ މީހުން ހައްޔަރު ކުރުމުގައި ވެސް ގަބޫލު ނުކުރެވޭ ކަންކަން ކުރަމުންދާ މަންޒަރު ކަމަށް އިންތި ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
0%
17%
0%
0%
17%
67%
ކޮމެންޓް