Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުމޫނު އަބްދުލް ގައްޔޫމް

ފުލުހުން އެ ހަދަނީ ބުހުތާނު ދޮގު، ހެއްކެއް އޮތިއްޔާ ދައްކާ: މައުމޫނު

13 ފެބުރުއަރީ 2018 | އަންގާރަ 19:30

ރައީސް މައުމޫނާ އަދި އެއްވެސް ސުވާލެއް ނުކުރޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 13 ފެބުރުއަރީ 2018 | އަންގާރަ 19:30
ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ގާނޫނީ ވަކީލުންގެ ޓީމު:- ފޮޓޯ-މުރުޝިދު އަބްދުލް ހަކީމް

ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ގާނޫނީ ވަކީލުންގެ ޓީމު:- ފޮޓޯ-މުރުޝިދު އަބްދުލް ހަކީމް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްއާ ގުޅޭ ގޮތުން ފުލުހުން ދައްކާ ވާހަކަތަކަކީ "ބުހްތާނު ދޮގު" ކަމަށާއި ހެއްކެތް އޮތިއްޔާ ދެއްކުމަށް ގޮވާލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ގާނޫނީ ވެރިކަން ބަދަލުކުރަން އުޅުނުކަމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫނުގެ ގާނޫނީ ޓީމުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ ރައީސް މައުމޫނާ ގުޅޭ ގޮތުން މީޑިޔާގައި ފުލުހުން ވާހަކަ ދައްކާއިރު އެއިން އެއްވެސް ކަމަކާ ގުޅޭ ގޮތުން އެމަނިކުފާނާ ސުވާލެއް ކުރައްވާފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑު ދެންނެވިން ޕޮލިސް ސާވީސްއިން މިހެން އެބަ ކިޔައޭ. އެމަނިކުފާނު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގޭ. ތިމަން މަނިކުފާނަކީ އެއްވެސް ކަމެއް ކުރަން އެއްވެސް އިރެއްގައި ރިޝްވަތު ދީފައިވާނެ މީހެއް ނޫނޭ. އެހެންވީމަ އެކަމާ ބެހޭ ހެއްކެތްވެސް ނުހުންނާނެ އޭ. ރައީސް މައުމޫނު ވިދާޅުވަނީ ހެއްކެއް އޮތިއްޔާ ދައްކަބަލާށޭ. ތިހުރި އެއްޗެއް ވިއްޔާ ދައްކަބަލަށޭ، ތިމަން މަނިކުފާނު ޗެލެންޖު ކުރަމޭ،" ރައީސް މައުމޫނާ ހަވާލާދީ ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުނަށް ރިޝްވަތު ދެއްވިކަމުގެ ކިތާބީ ހެކި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ ވާހަކައާ ގުޅޭ ގޮތުން ރައީސް މައުމޫނު ވިދާޅުވެފައި ވަނީ "ކިތާބީ ހެކި" އެއީ ފުލުހުންނަށް އަލަށް ދަސްވެގެން އުޅޭ ބަހެއް ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ފުލުހުންނަށް އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވާ ވާހަކައަށް ވެސް ރައީސް ރައްދު ދެއްވި ކަމަށެވެ.

"ރައީސް މައުމޫނު ވިދާޅުވީ އެއްބާރުލުން ދެވޭނީ ހޭވެސް އަހާލައިގެން ނޫން ހޭ. އެކަމާ ގުޅޭ ގޮތުން އެއްޗެއް ދެންނެވޭނީވެސް އެކަމާ ގުޅޭ ގޮތުން ސުވާލެއްވެސް ކުރީމަ ނޫންހޭ. ގައުމު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ ފަސް ދުވަސް ވީއޭ. އަދިވެސް ތަހްގީގުގައި ސުވާލެއްވެސް ނުކުރައްވައި،" ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ގާނޫނީ ވަކީލުންގެ ފަރާތުން މައުމޫނު ހަމީދު ވިދާޅުވީ ވިދާޅުވީ ރައީސް މައުމޫނު ހުންނެވީ ހެޔޮހާލުފުޅުގައި ހިތްވަރު ގަދަކޮށް ކަމަށާއި އަދި އެމަނިކުފާނު ހުންނެވީ އިސްލާހީ މަސައްކަތް ހުއްޓަވާލައްވަން ނޫން ކަމަށެވެ. އަދި ވިދާޅުވީ ރައީސް މައުމޫނު ދެކިވަޑައިގަންނަވާ ގޮތަށް އެމަނިކުފާނަށް ކުރިމަތިވެގެން އުޅޭ ކަންތައްތަކަކީ އިސްލާހީ މަސައްކަތްޕުޅާ ގުޅިގެން ކުރިމަތިވެގެން އުޅޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކުށެއްގެ ތުހްމަތުގައި ހައްޔަރުކުރެވޭ މީހަކު 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ ސަސްޕެންޑްކޮށްފައިވަނީ ނަދީމާއި ފާރިސް އާއި މައުމޫނު ހައްޔަރުކުރުމަށްފަހު ކަމަށްވާތީ އެ ބޭފުޅުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ.

ފުލުހުން ރައީސް މައުމޫނު ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ގެންދެވީ ދޫނިދޫއަށެވެ. އަދި ދޫނިދޫގައި ބެހެއްޓެވުމަށްފަހު މާފުއްޓަށް ބަދަލު ކުރައްވައި، ކަރެކްޝަނަލް ސާވީސްއާ ހަވާލު ކުރެއްވި އެވެ. އަދި އޭގެ އަނެއްކާވެސް މިހާރު ހުންނެވީ މާފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައިއެވެ.

"އެއްކަމަކީ ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ހުންނެވިއިރު ފެމެލީ ކޯލެއްގެ ގޮތުގައި ދުވާލަކު ދިހަ މިނެޓްގެ ފޯނު ކޯލެއް ލިބިވަޑައިގަންނަވާ،އަދި ކޮންމެ ދުވަހަކު އާއިލާއަށް ގުޅުއްވައި ހާލު ބެއްލެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ. އެހެން ނަމަވެސް ޕޮލިސް ސާވީސްގެ ބެލުމުގެ ދަށަށް ބަދަލު ކުރެއްވި ފަހުން މި ފެމިލީ ކޯލެއް ނުލިބޭ. އެއީ އެއް ތަފާތު، އަނެއް ތަފާތަކީ ކޮންމެ ދުވަހަކުވެސް ޑޮކްޓަރަށް ދެއްކެވުމުގެ ފުރުސަތު، އަދި ކޮންމެ ދުވަހަކު ޑޮކްޓަރު އައިސް އެމަނިކުފާނުގެ ހާލު ބައްލަވާ، އެހެން ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަ ކަމެއް ނޫން ކަމަށްވަނީ މީހުންގެ ބަލި ހާލުބެލުމަކީ،" ޝަމީމް ވިދާޅުވި އެވެ.

ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަރުކުރިއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ޖެހޭނީވެސް ކޯޓުން ފަނޑިޔާރު ކަމަށާއި އެހެން ނަމަވެސް މިހާތަނަށްވެސް ފާރިސްގެ ބަންދާމެދު ގޮތެއް ކޯޓުން ނިންމާފައިނުވާކަން މައުމޫނު ވިދާޅުވި އެވެ.

"ފާރިސް ވެސް ބަންދުގައި އެ ހުންނެވީ ގާނޫނާ ހިލާފަށް ގާނޫނީ ރައްކާތެރިކަން ގެއްލިގެންދާ ގޮތައް،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް