Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ސިއްހީ ހާލަތު

އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، ހޭނެތިގެން މިއަދު ވެއްޓުނު: މޫސާ ސިރާޖު

13 ފެބުރުއަރީ 2018 | އަންގާރަ 12:01

އަދީބު ހޭނެތިގެން ގޮޅި ތެރެއަށް ވެއްޓިފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 13 ފެބުރުއަރީ 2018 | އަންގާރަ 12:01
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަ ކަމަށާއި ޖަލު ގޮޅި ތެރަށް ހޭނެތިގެން ވެއްޓިފައިވާ ކަމަށް ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

މޫސާ ސިރާޖު ވިދާޅުވީ، އަދީމުގެ ވަކީލުންނާއެކު ބައްދަލު ކުރުމަށް ފުރުސަތު ދެވެންޖެހޭ ކަމަށާއި އަދީބުގެ ސިއްހީ ހާލަތު ވަރަށް ދެރަ ކަމަށެވެ.

Advertisement - newsAdvertisement

އަދީބުގެ އާއިލާއިން މިކަން މިގޮތަށް ހާމަކޮށްފައިވާ އިރު އަދީބުގެ އާއިލާއިން ބުނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން އަދީބު ދޫކޮށްލުމަށް ޙުކުމްކޮށް ނެރުނު އަމުރު ނެރުމުގެ ކުރިން އަދީބު ލޮލުގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށާއި، އޭގެ ފަހުން މިހާތަނަށް އެމަނިކުފާނު ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށެވެ. އޭރު ލޮލުގެ ޑޮކްޓަރަކަށް ދެއްކުމުން އަދީބުގެ ލޮލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރުން ލޮލުގެ އޮޕްރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށްވެސް އަދީބުގެ އާއިލާއިން ވަނީ ބުނެފައެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދޫނިދޫ ޑިޓެންޝަން ސެންޓަރުން މާފުށީ ޖަލަށް އަދީބު ބަދަލުކުރިކަން އާއިލާއަށް އެންގި ނަމަވެސް އޭގެ ފަހުން އަދީބުގެ ޚަބަރެއް ނުވާކަމަށް ބުނެ އަދީބުގެ ވަކީލުންގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާން ނެރުމައި ގުޅިގެން، ވަކީލުންގެ ބައްދަލުވުމަކާއި އާއިލީ ބައްދަލުވުމެއް އަދީބަށް ހަމަޖައްސައިދިން ނަމަވެސް، ކަރެކްޝަންސް އިން ފަހުން ވަނީ އެ ދެ ބައްދަލުވުންވެސް ކެންސަލް ކޮށްފައެވެ. އާއިލީ ބައްދަލުވުން ކެންސަލް ކުރުމާއި ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ އަދީބަށް ސިއްޙީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އަދީބް ދެކެން ބޭނުންވާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދީބުގެ ގާނޫނީ ވަކީލު މިފަދަ ގޮތަކަށް ހާމަކޮށް ޓްވީޓްވެސް ކޮށްފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަނުން ބުނީ އަދީބުގެ ސިއްހީ ހާލަތާއި ގުޅިގެން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ވަކީލުންނަށްވެސް އޮންނަ އުސޫލުތަކުގެ ތެރެއިން އަދީބާ ބައްދަލުކުރެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
15 މާރިޗު 2017

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

15 މާރިޗު 2017
މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް