ކ. މާލެ
|
13 ފެބްރުއަރީ 2018 | އަންގާރަ 19:13
ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
މުހައްމަދު ޝަރުހާން
ގާނޫނީ ވެރިކަން
ގާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި 13 މީހަކު ހައްޔަރުކުރެވިފައިވޭ: ފުލުހުން
 
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން ތަހުގީގަށް އެއްބާރުލުން ނުދޭ

ގާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި 13 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސައިން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު، އިބްރާހިމް ސިޔާދު ގާސިމް، ފާތިމަތު ނާސިރާ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން، ނަޖުމާ އިބްރާހިމް، މުހައްމަދު އަޒްމީ، މުހައްމަދު ނަދީމް، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ބޮނިއާ ސުދާގަރު ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ހައްޔަރުކުރެނު ފަރާތްތަކާ ސުވާލު ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ބައެއް ފަރާތްތަކުން ތަހުގީގަށް އެއްބާރުލުން ނުދޭކަމަށް ޝިފާން ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް