ކ. މާލެ
|
13 ފެބްރުއަރީ 2018 | އަންގާރަ 20:14
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ރާއްޖޭގެ ދަރަނި
ރާއްޖޭގެ ދަރަނީގެ ނިސްބަތް: މޫޑީސް އިން ބުނާ އަދަދު ސަރުކާރުން ބުނާ އަދަދާއި ދިމާނުވޭ
 
އެއީ ޖީޑީޕީގެ ނިސްބަތުން 70.5 ޕަސެންޓް
 
2017 ވަނަ އަހަރު ދަރަނި ހުރީ 43 ބިލިއަން ރުފިޔާގައި
 
ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަށް ބީ ޓޫ އެއް ދީފައިވޭ

ރާއްޖޭގެ އިގްތިސާދުގެ ދަރަނި ހުރީ ޖީޑީޕީގެ 70.5 އިންސައްތައިގައި ކަމަށް މޫޑީސް އިން ހާމަކޮށްފިއެވެ.

މޫޑީސް އިން މިއަހަރުގެ ޖެނުއަރީ މަހުގައި އާންމުކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދުގައި ދަރަނީގެ މިންވަރު ހުރީ މޫޑީސް އިން ލެވެލް ކުރާ އެންމެ މަތީ ލެެވެލް ނުވަތަ "އެލެވޭޓެޑް ވަލްނަރަބިލިޓީ" ގައިއެވެ. މީގެ އިތުރުން ގްރޮސް ބޮރޮވިންގ ރިކުއަރމެންޓް ނުވަތަ ޑެޕިސިޓް ހަމަޖެއްސުމަށް އިތުރަށް ހޯދަންޖެހޭ ފައިސާގެ މިންވަރު އުޅެނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ ނަމަ 10.6 އިންސައްތައިގައެވެ. ގްރޮސް ބޮރޮވިންގ ރިކުއަރމެންޓް އެންމެ ނާޒުކު ލެވެލްގައި ހުރި އިރު ރާއްޖޭގެ ބޭރުގެ ދަރަނި އުޅެނީ ޖީޑީޕީގެ 48.7 އިންސައްތައިގައެވެ.

މޫޑީސް އިން މިކަން ހާމަކޮށްފައިވާ އިރު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި 2017 ވަނަ އަހަރުގެ ރާއްޖޭގެ ދަރަނި ހުރީ 43 ބިލިއަން ރުފިޔާގައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 61 އިންސައްތަ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. އެހެން ނަމަވެސް ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރާ އޭޖެންސީއެއް ކަމުގައިވާ މޫޑީސް އިންވެސްޓަރސް ސަރވިސް އިން ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 70.5 އިންސައްތައެވެ.

ސަރުކާރުން ހާމަކުރި މިންވަރާއި މޫޑީސް އަދަދު ދިމާ ނުވި ނަމަވެސް މިދިޔަ އަހަރު މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގއަށް ބީޓޫ އެއް ދީފައިވާ އިރު ބީޓޫ އަކީ ހަމަޖެހުން އޮންނަ އިގްތިސާދުތަކަށް ދޭ ރޭޓިންގއެކެވެ.

މޫޑީސް އިން ހާމަކޮށްފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެއެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތަށް މޫޑީސް އިން ދީފައިވަނީ ކްރެޑިޓް ނެގެޓިވް އެކެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް