Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީންގެ ވެރިކަން

ރައީސް ޔާމީނަށް ލީޑަރޝިޕެއް ނުދެއްކުނު!

މަޖިލީހުގެ ފުލް ކޮންޓްރޯލް އޮތް، މިހާރު އެވަނީ ގެއްލިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2018 | ހޮނިހިރު 18:36
ރައީސް ޔާމީން ސަރުކާރު ކޯލިޝަން ޕާލަމެންޓްރީ ގްރޫޕާ ބައްދަލު ކުރައްވަނީ

ރައީސް ޔާމީން ސަރުކާރު ކޯލިޝަން ޕާލަމެންޓްރީ ގްރޫޕާ ބައްދަލު ކުރައްވަނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑަޑައިގެންނެވުނީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކޮށް، އަލުން އިންތިހާބު ބާއްވާ، އެއިންތިހާބުގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކުގެ ސަބަބުން ކަމަށް ހުދު ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިހާތަނަށް ސަރުކާރުން ހުށަހެޅި ގޮތަކަށް ނޫން ގޮތަށް ސަރުއީ އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއް ނިމިފައި ނުވެޔޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މީގެތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމުން ފެށިގެން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ހިންގާފައިވާ ޝަރީއަތަކާއި ހުކުމަށް ބަލާލި ކަމަށް ވިޔަސް އެނގޭ އެއްޗަކީ ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމް ކޮށްފައިވާ ކަމެވެ.

ކުރީގެ ރައީސް ނަޝީދު ފިޔަވާ މިދެންނެވި ހުރިހާ ބޭފުޅުންނަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި ހޭބޯނާރާ މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ، ރައީސް ޔާމީންއަށް ހިތަކަށް ލިބިލައްވާފައި އޮވެމެ، ރަނގަޅަށް ވެރިކަން ކޮށްލަން އެނގިވަޑައި ނުގެންނެވި އެވެ. އެންމެފަހުން ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ އަމަލުތަކާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް އެތެރެ "ބޮމެއް" ހެން ގޮވީ އެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަދި ރައީސް ޔާމީންގެ "ތުއްތޮންބެ" އާދެ، ރާއްޖޭ 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ހުދު ރައީސް ޔާމީން ވެސް އެއްބަސް ވެލެއްވި ފަދައިން އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެވުމުގެ ސުޕްރީމް ކޯޓުގެ އަމުރުތައް ނެރެދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދު މިވަގުތު އެ ހުންނެވީ ޖަލުގެ ކުޑަ ގޮޅީގަ އެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން ކަހަލަގޮތަކަށް މިހާރު އެތިއްބެވީ ޖަލުގެ ކުޑަ ގޮޅީގަ އެވެ. އެ ހުރިހާ ބޭފުޅުން ރައީސް ޔާމީންގެ އަރިހުގައި އުޅުއްވުމަށްފަހު ރައީސް ޔާމީންގެ މިސަރުކާރާ ދެކޮޅަށް ތެދުވާން ޖެހުނު ސަބަބުތައް ބައިވަރެވެ. ރައީސް ޔާމީންއަކީ ގޮތްދޫ ނުކުރައްވާ، އަމިއްލަ އެދުމުން ފޯވެފައިވާ ބޭފުޅެއް ކަމަށް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

ރައީސް ޔާމީން، ބޭނުންހާ ގޮތެއް ބޭނުންވާ ބަޔަކަށް ހައްދަވަމުން ގޮސް، ރައީސް ޔާމީންގެ ކޮންޓްރޯލް ރައްޔިތުންގެ މަޖިލީހުންނާއި ޖުޑިޝަރީއިން ދިޔައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ރައީސް ޔާމީން ޖަރީމާ ހިންގެވި ކަމަށް ހުދު އެމަނިކުފާނުވެސް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ ގެ ކޮޅަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ހަރާމް ފައިސާ ވަތް ކަމަށް އަމިއްލަފުޅަށް އިއުތިރާފު ވެލައްވާފައި ވެއެވެ.

ވެރިކަން ފެށުނުއިރު ރައީސް ޔާމީންގެ އަތްޕުޅުގައި ދައުލަތުގެ ތިންބާރާއި ހުރިހާ މިނިވަން އުއަައްސަސާތަކާއި ފުލުހުންނާއި ސިފައިން ތިއްބެވި އެވެ.

ނަމަވެސް ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ފަހު އަހަރަށް އެޅިއިރު، ރައްޔިތުންގެ މަޖިލީހާއި އަދުލްއިންސާފުގެ ބާރު ރައީސް ޔާމީންގެ ނުފޫޒުން އެއްކިބާވާ މަންޒަރު އެބަފެނެ އެވެ. ނަމަވެސް ސިފައިންނާއި ފުލުހުން މެދުވެރިކޮށް ވެރިކަން ދިފާއު ކުރުމަށް ކުރަންބޭނުންވާ ހުރިހާ ކަމެއް ރައީސް ޔާމީން ގެންދަވަނީ ކުރައްވަމުން ނެވެ.

ވިސްނާލަންވީ ރައްޔިތުންގެ މަޖިލީހުގެ ފުރުހަމަ ކޮންޓްރޯލް ރައީސް ޔާމީންއަށް އޮވެމެ ގެންލެންވި ސަބަބާ މެދުގަ އެވެ. ދިވެހި ރައްޔިތުންގެ ބައިތުލްމާލުން އެތައް ފައިސާއަކުން ވައްކަން ކޮށްފި އެވެ. ރާއްޖޭގެ އެތައް ފަޅު ރައްތަކަކާއި ފަޅުތަކަކާއި ފަރުތައް ވިއްކާ ހުސްކުރަމުންދިޔައީ ނުއަގުގަ އެވެ. ފ. އަތޮޅު ބޭރު ބަޔަކަށް ވިއްކާލަން މަސައްކަތް ކޮށްފި އެވެ. ސަރުކާރު ހިންގާ ޕާޓީގެ ތެރެއަށް ރައީސް ޔާމީންގެ އަނބިކަނބަލުންގެ ނުފޫޒު އިންތިހާއަށް ފޯރާ، މުޅި ގައުމަށްވެސް ރައީސް ޔާމީންގެ އަނބިކަނބަލުންގެ ނުފޯޒު އިންތިހާއަށް ފޯރަން ފަށައިފި އެވެ.

ނަތީޖާއަކީ ރައީސް މައުމޫންގެ ބާރު ޕީޕީއެމްގެ ތެރެއިން ކެނޑިގެން ދިއުމެވެ. އެހިސާބުން ރައީސް މައުމޫންއަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ސަރުކާރުން އެއް ފަރާތްވާން މަޖުބޫވި އެވެ. ސަރުކާރާ ދެކޮޅަށް ބަސް ބުނަން ފެށި ހިސާބުން މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލިއްޖެ އެވެ. އެ ހިސާބުން ސިފައިން ލައްވާ މަޖިލީހުގައި ތަޅުއަޅުވާ މަޖިލިސް "ހިސޯރު" ކޮށްފި އެވެ.

ސަރުކާރުގެ ނުފޫޒުން ސިފައިން މަޖިލީހުގައި ތަޅު އެޅުވުމުން އެއީ ގާނޫނުއަސާސީގައި ބުނާ އެއް ބާރުގައި ތަޅު އެޅުވުމެވެ. އެކަމަށް ހައްލެއް ހޯދަން ދެން ދާން އޮތީ ސުޕްރީމް ކޯޓެވެ. ގާނޫނު ހަދާ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް، އެކަން އެގޮތަށް ނިންމުމުގެ ގާނޫނީ ބާރު ވެސް ނެތް އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކަށް މަޖިލީހުން އަމަލުކޮށް 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނިންމި ނިންމުން ވެގެންދިޔައީ ދިވެހި އެތައްހާސް ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުގެ ނުފޫޒުން މަޖިލީހުން ކުރި ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގަ އެވެ. އެންމެފަހުން އެ 12 މެމްބަރުންނާއި އިދިކޮޅު ފަރާތްތަކަށް ޖެހުނީ މިމައްސަލައަށް ހައްލެއް ގެނައުމަށް ސުޕްރީމް ކޯޓަށް މައްސަލަތައް ހުށަހަޅާށެވެ. އެގޮތުން އެ 12 މެމްބަރުންނަކީ މަޖިލިސް މެމްބަރުންކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ވެފައި މިވަނީ ރައީސް ޔާމީންއަށާއި ދައުލަތުގެ ތަންފީޒީ އިދާރާތަކަށް ހަޖަމް ނުވި އަމުރެއްގެ ގޮތުގަ އެވެ. އަދުލްއިންސާފުގެ ބާރުގެ އެންމެ ފަހުބަސް ބުނާ ސުޕްރީމް ކޯޓުން ރައީސް ޔާމީން ރުހިވަޑައި ނުގައްނަވާ ގޮތަށް އެންމެ އަމުރެއް ނެރުމުން ދެން މިހާރު ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތާއި ދުނިޔޭގައި މިވަގުތު އެންމެ ބޮޑު ޑިކްޓޭޓަރޝިޕެއް ހިންގަމުންދާ އުތުރު ކޮރެއާއާ އެއްވެސް ތަފާތެއް ނެތެވެ.

ރައީސް ޔާމީންއަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި އެންމެ ފަސޭހައިން ވެރިކަން ކުރަން ލިބިލެއްވި ފަރާތެކެވެ. ރައްޔިތުންގެ މަޖިލިސް ހިތަކަށް ލިބިލެއްވި، އަދުލްއިންސާފުގެ ބާރުގެ މުށުތެރެއަށް ލައްވައިގެން އުޅުއްވިއިރު، ސިފައިންނާއި ފުލުހުން ރައީސް ޔާމީން ވިދާޅުވިހާކަމެއް ކުރަމުންދިޔައިރު ލީޑަރޝިޕް ނުދެއްކިގެން ރައީސް ޔާމީންއާއި ސަރުކާރު ދުވަހެއް ދުވަހަކަށް ދިޔައީ ނިކަމެތި ވަމުންނެވެ. ފެއިލް ވަމުންނެވެ. މިވަގުތު ފުލުހުންނާއި ސިފައިން މެދުވެރިކޮށް ވެރިކަން ކުރެއްވިޔަސް ތިޔައީ ވެސް ވަގުތީ ކަމެކެވެ. ގާނޫނުއަސާސީގައި ބުނާ ދައުލަތަގެ ތިން ބާރަކީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި އަދުލްއިންސާފުގެ ބާރު ކަމަށް ބުނާއިރު، ސަރުކާރުން ރައްޔިތުންގެ މަޖިލީހާއި އަދުލްއިންސާފުގެ ބާރުގައި ސަސްޕެންޑްކޮށް، އެ ދެ ބާރު މިލިޓަރީގެ ދަަށުން ހިންގެވުމަކީ ރައީސް ޔާމީންގެ މަގާމާ މެދުވެސް ޝައްކު އުފެދޭ ކަމެކެވެ. ވެރިކަމުގެ ސައްހަކަމާމެދު ރައްޔިތުންގެ ގިނަ ބަޔަކާއި މަޝްހޫރު ގާނޫނީ ވަކީލުން ގެންދަވަނީ ސުވާލު އުފައްދަމުން ނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު