Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި ނުރައްކަލުގެ ހާލަތު

އދ.ގެ ސަލާމަތީ މަޖިލީހާއި ގުޅޭ ގޮތުން ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް: ޑރ. ޝަހީދު

ރައީސް ޔާމީން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެ އަށް އަޅާނެ ފިޔަވަޅަކާއިމެދު ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށް ވިދާޅުވެފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2018 | ހޮނިހިރު 14:23
އދ.ގެ ހާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު

އދ.ގެ ހާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު

ދިވެހިރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމާއި ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށާއި، އެބައްދަލުވުމުގައި އެއްވެސް ކަމެއް ނިންމާފައިނުވާ ކަމަށް އދ.ގެ ހާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ، ރާއްޖެ އާމެދު އަޅާނީ ކޮން ފިޔަވަޅެއްތޯ ދިރާސާކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ރަސްމީ އެޖެންޑާ އަށް ލުމަށް ނުރަސްމީ ފެންވަރެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވެފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement
"ރެއާއި ހަމަޔަށް ދިޔައީ އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ދިވެހިރާއްޖެ އާ ދޭތެރޭ އަޅާނީ ކޮން ފިޔަވަޅެއްތޯ ދިރާސާ ކުރަމުން، ވާހަކަ ދައްކަމުން. ނުރަސްމީ ގޮތުގައި ވާހަކަ ދެއްކީ. އޮތީ ރަސްމީ އެޖެންޑާ އަށް ލާ ހިސާބަށް. އެހެންނަމަވެސް އަނެއްކާވެސް އަޅުގަނޑުމެންގެ އީމާން ކަމާއި، އަޅުގަނޑުމެން ތިބީ ތެދުމަގުގައި ކަމަށް ވާތީ އެކަންވެސް ހާސިލްނުވެ ދިޔައީ. އެކަމުންވެސް. ޚާރިޖީ ސިޔާސަތުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ ނަސްރު. މިއަދު، މިދެންނެވި ގޮތަށް ނިންމުމުގައި އަޅުގަނޑުމެންނާ އެންމެ ވަރުގަދަ އަށް މިމަސައްކަތް ކޮށްދެއްވީ އަޅުގަނޑުމެންގެ އެންމެ ގާތް ރަހުމަތްތެރިން. ރަޝިއާ އާ ޗައިނާ އާ ސައުދީ އަރަބިއްޔާ އާ އެންމެ ވަރުގަދަ އަށް އަޅުގަނޑުމެންނަށް މަސައްކަތް ކޮށްދެއްވީ" ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންނަމަވެސް ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އެއްވެސް ކަމެއް ނިންމާފައިނުވާ ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ވޯޓެއް ނަގާފައިނުވާ ކަމަށާއި، ޤަރާރެއް އަދި އެއްވެސް ހުށަހެޅުމެއްވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއަރޒް މިރޮސްލާވް ޔެންޗާ ވަނީ ދިވެހިރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭ ރިޕޯޓެއް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.

ޔެންޗާގެ މި ރިޕޯޓްގައި، ދިވެހިރާއްޖޭގައި މިވަގުތު ނުރައްކާތެރި ހަމަނުޖެހުމެއް ހިނގަމުންނުދާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ މަޝްރަޚް އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށް ބުނެފައިވާ ކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ. މިބައްދަލުވުމަށް ފަހު ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރެފައެއްނުވެއެވެ. އެހެން ނަމަވެސް އދ.ގެ ބައެއް މަސްދަރުތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ، ރާއްޖޭގެ މަޝްރަޚު އިތުރަށް ގޯސްވުމުގެ ބިރު އެބައޮތް ކަމަށް ޔެންޗާ ވިދާޅުވި ކަމަށް ރިޕޯޓް ކޮށްފައެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެ އާ ގުޅޭ ބައްދަލުވުމެއް ބާއްވާފައިވަނީ، ސިޔާސީ ކުށްވެރިން މިނިވަންކޮށް،ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

މިއީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ދިވެހިރާއްޖޭގެ ހާލަތު އޮތް ގޮތާއި ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

އދ،ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. މީގެ އިތުރުން އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޝަނަރ ޒެއިދު ރަޢަދު އަލް ހުސެއިން ވަނީ، މިމައްސަލާގައި ރައީސް ޔާމީން އަމަލު ކުރައްވާފައިވާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ހުރިހާ ބާރަކާއި ވަޞީލަތްތަކެއް ބޭނުން ކުރައްވައިގެން ޑިމޮކްރަސީ އަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރެއްވި ފަހުން އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއަރޒް މިރޮސްލާވް ޔެންޗާ ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އަށް ފޯނުން ގުޅުއްވައި، ފަނޑިޔާރުން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވައިފައެވެ.

އަދި ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ މައްސަލަތައް ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ މަޝްވަރާގެ ތެރެއިން ހައްލު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި، މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމުގައި އދ. އިން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ޔެންޗާ ދިވެހި ސަރުކާރަށް ދަންނަވާފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ފަރްހާން ޙައްޤު ވިދާޅުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު