ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 20:20
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރުކޮށްގެން ގެންދަނީ
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރުކޮށްގެން ގެންދަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާރިސް ހައްޔަރުކުރުން
ފާރިސް މައުމޫން އަނެއްކާ ވެސް ހައްޔަރުކޮށްފި
 
ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި
 
ރައީސް މައުމޫން ވެސް ވަނީ ހައްޔަރުކޮށްފައި
 
ފާރިސް ވަނީ 27 ޖެނުއަރީގައި ވެސް ހައްޔަރުކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

ފާރިސް ހައްޔަރުކޮށްފައި ވަނީ މ. ސްނޯރޯސްގައި ހުންނަވަނިކޮށެވެ.

މީގެ ކުރިން ޖެނުއަރީ 27 ގައި ވެސް ފުލުހުން ވަނީ ފާރިސް ހައްޔަރުކޮށްފައެވެ. ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ ހަ މަސް ފަހުން ޖެނުއަރީ 25 ވަނަ ދުވަހު ކޯޓުން މިނިވަން ކުރި ފާރިސް ޖެނުއަރީ 27 ވަނަ ދުވަހު ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހްމަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވިކަމުގެ ތުހްމަތުގައެވެ.

އެ އަށް ފަހު ފާރިސް ވަނީ މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލުމާ ގުޅިގެން ދޫކޮށްލާފައެވެ.

މީގެ އިތުރުން އެދުވަހު ވަނީ ފާރިސް ދިރިއުޅޭ އެޕާޓްމެންޓް ވެސް ބަލާ ފާސްކޮށްފައެވެ.

ފާރިސް ހައްޔަރުކޮށްފައިވާ އިރު ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ، ސަރުކާރުން ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އަދި ފާރިސްގެ ދައްތަ ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ 5 ގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
22%
33%
11%
0%
33%
ކޮމެންޓް