Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

މިހާރު ނަގަނީ ފުރިހަމަ މުސާރަ، އެއީ ދަރިން އުޅޭ ގެތަކުގެ ކުލި ދައްކައިދޭން: ރައީސް ޔާމިން

8 ފެބުރުއަރީ 2018 | ބުރާސްފަތި 03:10

ރައީސްކަމުގެ ކުރީކޮޅު ނެންގެވީ މުސާރައިގެ ދެބައިކުޅައެއްބައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 ފެބުރުއަރީ 2018 | ބުރާސްފަތި 03:10
ގައުމަށްޓަކައި ކަނބަލުންގެ ނަމުގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން

ގައުމަށްޓަކައި ކަނބަލުންގެ ނަމުގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން

ހިލާލީގެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި ފަހުން ހަމަ މުސާރަ (އެއް ލައްކަ ރުފިޔާ) ނަންގަވާ ކަމަށާއި އެހެން ހެއްދެވީ ވަކި ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދަވާ އެމަނިކުފާނުގެ ދެ ދަރިކަލުން ދިރިއުޅުއްވާ ގޭގެ ކުލި ދައްކައިދޭން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ގައުމަށްޓަކައި ކަނބަލުން" ނަމުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ހިލާލީގެ އަށް އެމަނިކުފާނުގެ ދިރިއުޅުއްވުން ބަދަލު ކުރެއްވުމަށްފަހު ނަންގަވަނީ މުސާރަ އެއްކޮން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ މުސާރައިގެ ދެބައި ކުޅައި އެއްބައި ރައީސް ޔާމިން ނަންގަވަން ފެއްޓެވުމަށް ފަހު މުސާރަ އެއްކޮށް ނަންގަވަމުން ގެންދަވާކަން ހާމަ ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

Advertisement - newsAdvertisement
"އަޅުގަނޑު މުސާރައިގެ އަނެއްބައި ނަގަން މި ޖެހުނު ސަބަބަކީ އަޅުގަނޑުގެ ވެސް ބޮޑުވެފައި އެބަ ތިބި ދެ ކުދިން. އަންހެން ކުއްޖަކުވެސް އުޅެނީ މީހަކާ އިނދެގެން އާއިލާއެއް ގޮވައިގެން. ފިރިހެން ކުއްޖާވެސް އުޅެނީ މީހަކާ އިނދެގެން އާއިލާއަކާ އެކީ. އެހެންވީމަ މި ދެކުދިންނަށް ތަންތަން ކުއްޔަށް ހިފާދޭން ޖެހޭ. އަޅުގަނޑަކީ މި ކަހަލަ ކަމެއްގައި ދިވެހި ފައިސާގައި ޖެހޭނެ މީހެއް ނޫން. އެ ސަބަބަށްޓަކައި، އެއާކު އަޅުގަނޑު ކުރިން އުޅުނު ގޭގައި އަޅުގަނޑު ހުންނާނީ ބައެއް ކުއްޔަށް ދީފައި. އެ އާމްދަނީވެސް ނުލިބިދިޔައީ. އެހެންވީމަ މިކުދިން ތިބޭ ތަންތަނަށް ކުލި ދައްކަން ޖެހޭތީއާ އެކީ އަޅުގަނޑު ސަތޭކަ ޕަސެންޓް ނޫނީ ފުލް މުސާރަ ނަގަންފެށީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމިން ވަނީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތުން ހަރަދުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ބާލިޢުނުވާ ދަރިންނަށް އެކަނި ކަމަށް ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެގޮތަށް ގާނޫނު އަސާސީގައި ލިޔެފައިވަނީ އޭރު ވަނީ ކުރީގެ ރައީސް މައުމޫނުގެ އަރިހުގައި ބޮޑެތިވެފައި ތިބި ކުދިން ދައުލަތުގެ ފައިސާއިން ފަރިކުޅުއްވާ ހެއްދެވީމަ ބަޔަކު އެކަމާ ހަސަދަވެރިވެގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެއް ލައްކަ ރުފިޔާ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާއިރު ރައީސް ޔާމިން ވިދާޅުވީ އެވަރުގެ މުސާރައެއްގައި އުޅެން ޖެހިވަޑައިގެންނެވި ނަމަވެސް ﷲ އެމަނިކުފާނު ނިކަމެތި ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު އުޅުއްވާ ހާލުކޮޅު ދަނެ އެމަނިކުފާނު ރައްޓެހިން އެހީދެއްވާ ކަމަށް ވިދާޅުވި އެވެ.

"އެކަމު ﷲ އަޅުގަނޑު ނިކަމެއްޗެއް ނުކުރައްވާ. އަޅުގަނޑުގެ ރައްޓެހިން އެބަ ތިބި އަޅުގަނޑަށް އެހީތެރިވާ. މިއީކީ ދައުލަތުގެ ފައިސާއެއް ނޫން. އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ގޮތް ހުސްނުވާނެ. އަޅުގަނޑުގެ ރައްޓެހިން އެބަ ތިބި އަޅުގަނޑު އުޅޭހާލު އެނގޭ މީހުން. އަނެއްކާ އެމީހުނަށް އެނގޭ އަޅުގަނޑު ދިވެހި ދައުލަތުގެ ފައިސާގައި ނުޖެހޭނެކަން. އެހެންވީމަ އަޅުގަނޑަށް އެހީދެއްވާ މީހުން އެބަ އުޅޭ،" ރައީސް ޔާމިން ވިދާޅުވި އެވެ.

އެމަނިކުފާނަކީ ބޮޑު މުސާރަ ނަންނަގަވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުން ގާތު މީގެ ކުރިން ވިދާޅުވި ކަމަށް އަމިއްލަ ފުޅަށް މި ބައްދަލުވުގައިވެސް ވިދާޅުވި އެވެ. ވިދާޅުވީ އެމަނިކުފާނަކީ ބޮޑެތި ގަނޑުވަރުތައް ހަދައިގެން އުޅޭ މީހެއް ނޫން ކަމަށާއި ލައްޒަތާއި އިއްޒަތުގައިވެސް އުޅެން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނަށް ވުރެ އިހްލާސްތެރިކަމާއެކު ދިވެހި ދައުލަތުގައި ވެރިކަން ކުރެއްވި އެހެން ބޭފުޅަކު ނުފެންނާނެ ކަމަށްވެސް ރައީސް ޔާމިން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދިރިއުޅުއްވަމުން ގެންދެވީ ގަލޮޅުގައި ހުރި "ދޫވެހި"ގަ އެވެ. ނަމަވެސް 2016 ވަނަ އަހަރު އެމަނިކުފާނު ވަނީ ހިލާލީގެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފަ އެެވެ. އަދި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވިއިރު އެ ގެ މަރާމާތުކޮށް ބޮޑެތި ބަދަލުތަކެއް ގެންނެވީ ދައުލަތުގެ ފައިސާއިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް