ކ. މާލެ
|
7 ފެބްރުއަރީ 2018 | ބުދަ 22:30
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު އަމުުރު
ހަގީގަތާ ހިލާފަށް މީޑިއާތަކުންނާއި އެކިއެކި ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ފިޔަވަޅު އަޅާނަން: ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުން ފަނޑިޔާރުންގެ މަޖިލީސް ބާއްވަނީ އޮންނަ އުސޫލުން
ފިޔަވަޅު އެޅުމުގައި އެއްވެސް ބައެއް އިސްތިސްނާއެއް ނުކުރާނަން
ފަނޑިޔާރުންގެ މުސްތަގިއްލުކަމާ މެދު ޝައްކު އުފެދޭގޮތަށް ވާހަކައެއް ނުދެއްކޭނެ

 

ސުޕްރީމްކޯޓާ ގުޅޭ ގޮތުން ހަގީގަތާ ހިލާފަށް މީޑިއާތަކުންނާއި އެކި އެކި ފަރާތްތަކުން ފަތުރާ ވާކަތަކަށް ފިޔަވަޅު އަޅާނެ ކަމަށާއި މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައިވަނީ ފަސް ފަނޑިޔާރުން ނުލާ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް " ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދު" ހުރަސް ނާޅާ ކަމަށް ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން މަދުވެގެން 5 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުން މަޖިލީހުގައި ތިބެން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ގޮތަށް އެ ގާނޫނުގެ އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ފަނޑިޔާރުގެ އަދަދަކީ ހަތެއް ކަމަށް  އޮކްޓޫބަރު 2010 ގައި އެ ގާނޫނު ވުޖޫދަށް އައިއިރު އެ ގާނޫނުގައި ބަޔާންވެފައި އޮތުމުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލައްބިއްޔަތު ހިމެނޭ އޮނަހިރި އަދަދަކުން ދުސްތޫރީ މައްސަލަތައް ބެލުމުގެ ގާނޫނީ އަދަދަކީ މަދުވެގެން ފަހެއް ކަމަށް ބަޔާންކުރުމުގެ މަގްސަދުގައިކަން އެ މާއްދާގެ ނައްސުން ރަގަޅަށް އެނގެން އެބަ އޮތް ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ހުރިހައި ފަނޑިޔާރުން ތިބެގެން ނިންމަންޖެހޭ މައްސަލަތަކަކީ ދިވެހިރާއްޖޭގެ ޖޫމްހޫރިއްޔާގެ ގާނޫނު އަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައްކަން ގާނޫނުއަސާސީންނާއި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގެން  އޮތް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލާނެ ފަނޑިޔާރުންގެ މަޖިލީސް އެކުލަވާލުމާއި އެ މަޖިލިސްތަކުގެ ރިޔާސަތު ބަލަހައްޓާ ފަނޑިޔާރު ކަނޑައެޅުމާބެހޭ އުސޫލު އަށް އަމަލުކުރަން  ފެށިފައިވަނީ 2013 ވަނަ އަހަރު އެވެ.

 އެއްވެސް ސަބަބަކާ ހުރެ އުއްތަމަ ފަނޑިޔާރަށް ހާޒިރު ނުވެވޭނަމަ އެއިރެއްގައި ފަނޑިޔާރުންގެ މަޖިލީހަށް ހާސިރުވެ ތިބި އެންމެ ސީނިއަރ ފަނޑިޔާރެއްގެ ރިޔާސަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހެއް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރެއް ނެތްކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދުގެ ހަ ވަނަ މާއްދާގައި ހާމަކޮށްފައިވާ ކަމަށް އެކޯޓުން ބުނެ އެވެ.

ފަނޑިޔާރުންގެ މުސްތަގިއްލުކަމާ މެދު ޝައްކު އުފެދޭގޮތަށް ކަން އޮތްގޮތް އޮޅޭ ގޮތަށް ތަފާތު މީޑިއާތަކުންނާއި އެކިއެކި ފަރާތްތަކުން ހަގީގަތާ ހިލާފަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޣައިރު ގާނޫނީ ވާހަކަތަކަކަށް ވާތީ އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އެފަދަ އަމަލުތަށް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅުތައް އަޅާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް