ކ. މާލެ
|
5 ފެބްރުއަރީ 2018 | ހޯމަ 23:34
މ އެންދެރިމާގެ
މ އެންދެރިމާގެ
އަލީ ޔޫސުފް
އެންދެރިމާގެއަށް ވަދެއްޖެ
ކުރީގެ މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ ކޮޅަށް ދޮރުވައްޓާލުމަށް ފަހު ފުލުހުން ވަދެއްޖެ
އެންދެރިމާގެއަށް ވަދެފައިވަނީ 11:15 ހާއިރު
ގިނަ އަދަދެއްގެ ފުލުހުން ދަނީ އެންދެރިމާގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން
މައުމޫނުގެ އިތުރުން ޔުމްނާގެ ފިރިކަނލުން ނަދީމް ވެސް ހައްޔަރުކުރުމަށް ދަނީ މަސައްކަތް ކުރަމުން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދޮރު ހަލާކުކޮށްލާފައި ވަނީ އެތަށް އިރެއް ވަންދެއް ދޮރުގައި ޓަކި ޖެހުމަށް ފަހުއެވެ. ގިނަ އަދަދެއްގެ ފުލުހުން ދަނީ އެންދެރިމާގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. 

 

މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް މައުމޫނުގެ ދަރިކަނލުން އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޔުމްނާ މައުމޫނު ކުރެއްވި ޓްވީޓެއްގައި ވަނީ ބައްޕާފުޅާއި ފިރިކަނލުން އަހްމަދު ނަދީމް ހައްޔަރުކުރުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް