ކ. މާލެ
|
3 ފެބްރުއަރީ 2018 | ހޮނިހިރު 10:34
ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިންކަރަސިންހަ އާއި ރައީސް މަތިރިޕާލާ ސިރިސޭނާ
ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިންކަރަސިންހަ އާއި ރައީސް މަތިރިޕާލާ ސިރިސޭނާ
ގޫގުލް
ސުޕްރީމް ކޯޓު އަމުުރު
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ލަންކާ ސަރުކާރުން ގޮވާލައިފި
ރާއްޖޭގެ ހާލަތު ދަނީ ގާތުން ބަލަމުން
ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަންވަންޖެހޭ
ގައުމުތަކުން އަމުރުގައި ބުނާ ކަންކަން ތަންފީޒު ކުރުން ލަސްނުކުރަން ގޮވާލާ

ސްރީލަންކާ އިން ރާއްޖޭގެ ހާލަތު ބަލަމުންދާ ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރަށް ހުރިހާ ފަރާތްތަކުން ވެސް ކިޔަމަންވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިންކަރަސިންހަ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ރަނިލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖޭގެ ހާލަތު ހަމަ މަގަށް އަޅުވާ، އަމާން މާހައުލެއް ގާއިމް ކުރުމަށް، ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ސްރީލަންކާގެ ބޮޑު ވަޒީރު މިފަދައިން ހާމަކުރައްވާފައިވާ އިރު އެމެރިކާ އާއި އިންޑިޔާ އާއި އދ އާއި އެމިނެސްޓީ އިންޓަރނޭޝަނަލް އިންވެސް ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންޒީފު ކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ހެދަރ ނޮއާޓް ނެރުއްވި ބަޔާނެއްގައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރުގެ މުއައްސަސާތަކާއި، ސަލާމަތީ ޚިދުމަތްތަކުން ޤާނޫނުއަސާސީ ނަގަހައްޓައި، ސުޕްރީމް ކޯޓުގެ އަމުރު ވަގުތުން ވަގުތަށް ތަންފީޒުކުރުމަށް ގޮވާލައްވާފަ އެވެ.

ހުކުރު ދުވަހު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެފައިވަނީ ސިޔާސީ ހައްޔަރީން ހުކުމް ކޮށްފައިވާ ކޮންމެ ފަރާތެއްގެ ހުކުމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްއާ މަޝްވަރާ ކުރުމަށް ފަހު ގާނޫނީ ޑިއު ޕްރޮސެސް ފުރިހަމަ ކުރުމަށް އުއްތަމަ ފަނޑިޔާރާއެކު އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން އާއި ގާޒީ އަހްމަދު ނިހާނުގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށާއި ދައުލަތުގެ ކަމާއިބެހޭ އެންމެހައި މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް،މިއަމުރާއި ޚިލާފަށް އެއްވެސް މިންވަރަކަށް ޢަމަލުކޮށްފިނަމަ ނުވަތަ ހުރަސް އަޅައިފިނަމަ، ނުވަތަ ފަރުވާ ކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް އަންގާ ކަމަށެވެ..

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
3 ފެބްރުއަރީ 2018 | ހޮނިހިރު 10:34
އަހަ
heyo