ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 03:43
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓު އަމުުރު
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ގާނޫނީ ލަފާގެ މަތިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމާ މެދު ދަނީ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތައް ފުރިހަމަ ކުރަމުން

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ގާނޫނީ ލަފާގެ މަތިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގާނުނީ ލަފާގެ މަތިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުލުހުންގެ އިދާރާއިން ކުރައްވާނެ ކަމަށެވެ.

ފުލުހުންގެ އިދާރާއިން މިހެން ވިދާޅުވެފައިވާ އިރު، ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރާ ގުޅިގެން އެންމެ ފުރަތަމަ ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް ވިދާޅުވެފަ އެވެ. އަމުރަށް އަމަލު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަަމަށް އޭރު ފުލުުހުން ވިދާޅުވި އެވެ.

 އެހެން ނަމަވެސް އޭގެ ފަހުން ސަރުކާރުން ވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު އަރީފު އެމަގާމުން ވަކި ކުރައްވާފަ އެވެ.

ފުލުހުންގެ އިދާރާގެ ހިންގުމާ ހަވާލުވެގެން މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް