ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 01:43
އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެފައި
އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެފައި
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
އަތޮޅު ތެރެއިންވެސް ރައްޔިތުން މާލެއަށް އައުމަށް ގޮވާލަން: މަހުލޫފް
މާލެ ކައިރީ ރަށްރަށުގެ ރައްޔިތުން މާލެއަށް ގޮވާލެއްވި

އަތޮޅު ތެރެއިންވެސް ރައްޔިތުން މާލެއަށް އައިސް މަގުތަކަށް ނުކުތުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން  ގޮވާލައްވައިފި އެވެ.

ސުޕްރީމް ކޯޓްގެ އަމުރާ ގުޅިގެން އެމްޑީޕީ ހަރުގޭ ކައިރީގައި ހުރެ ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ، ފުލުހުންވެސް މިއަދު އެތިބީ ރައްޔިތުންނާ އެކުގައި ކަމަށާއި މިރޭ ވެރިކަން ނިމޭނެ ކަން ޔަގީންވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ، ހުރިހާ ރައްޔިތުންވެސް މި ސަރަހައްދަށް ވަޑައިގަންނަވަން ޖެހޭ ކަމަށާއި ކައިރި ރަށްރަށުން ވެސް ހުރިހާ ރައްޔިތުން މާލެއަށް އަންނަން ޖެހޭ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ނުވަ މީހަކު ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ އަހުމަދު އަދީބް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލްރިޓަޔަރޑް މުހައްމަދު ނާޒިމް އާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރު ކަމުން ވަކި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކަނޑައަޅާފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް