ކ. މާލެ
|
2 ފެބްރުއަރީ 2018 | ހުކުރު 07:24
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
މިރޭ ގެއަށް ވަންނާނީ ރައީސް ޔާމީންގެ ވެރިކަން ނިންމާފައި: މަހުލޫފް
ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް އަމުރުކޮށްފައި

މިރޭ ގެއަށް ވަންނާނީ މި ވެރިކަން ނިންމުމަށް ފަހު ކަމަށާއި ރައީސް ޔާމީން ރީތިކޮށް އިސްތިއުފާ ދެއްވުމަށް އެދޭނަމަ އެ ފުރުސަތު އެބައޮތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓްގެ އަމުރާ ގުޅިގެން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ ރައީސް ޔާމިން ރައްޔިތުންނަށް އަނިޔާކޮށްފި ކަމަށާއި ރައްޔިތުން އެކަންކަން މަތިން ހަނދާން ނުނެތޭ ކަމަށެވެ.

"އަޅުގަނޑުމެން އެހެން ވެގެން މިގޮވާލަނީ އިސްތިއުފާ ދޭށޭ. އެހެން ނޫނީ އަޅުގަނޑުމެން ގެއަށް ވަންނާނީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސްފައި،"

މަހުލޫފް ވިދާޅުވީ އެމްޑީޕީ ހަރުގެ ސަރަހައްދަށް މީހުން ނުކުތުމުން އެމީހުންނަށް ފުލުހުންގެ ފަރާތުން އެއްވެސް އަނިޔާއެއް ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ މި ވާހަކަތައް ހިއްސާ ކުރަނީ ވަރަށް ކެރިހުރެ ޔަގީން ކަމާ އެކުގައި ކަމަށާއި ރައީސް ޔާމިން ދެން ކިތަންމެ ވަރަކަށް އަނިޔާކުރުމަށް ފުލުހުން އެ އަމުރަށް ތަބާ ނުވާނެ ކަމަށެވެ.

މިދިޔަ ދުވަސްތަކެއްގެ ތެރޭގައިވެސް ފުލުހުންގެ ތެރެއިން އާންމުންނަށް އަނިޔާ ކޮށްފައިވަނީ ފުލުހުންނަށް މަޖުބޫރުކޮށްގެން ބިރުދައްކައިގެން ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމިއްޖެ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ ކަަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް