ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 03:10
ނަޖުމާ އިބްރާހިމް އަކީ ރައީސް މައުމޫން އޮފީހުގައި މަސައްކަތް ކުރައްވާ ބޭކަނބަލެއް
ނަޖުމާ އިބްރާހިމް އަކީ ރައީސް މައުމޫން އޮފީހުގައި މަސައްކަތް ކުރައްވާ ބޭކަނބަލެއް
ސޯޝަލް މީޑިއާ
ނަޖްމާ ހައްޔަރުކުރުން
ނަޖުމާ ގޭ ބަންދަށް ބަދަލުކޮށްފި
ނަޖްމާ ދޫކޮށްލީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް
ދޫކޮށްލީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު
ނަޖްމާ އަކީ ރައީސް މައުމޫން އޮފީހުގެ މުވައްޒަފެއް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގައި މަސައްކަތްކުރާ ނަޖްމާ އިބްރާހިމް ހައްޔަރުކުރުމަށް މަހު ގޭބަންދަން ބަދަލުކޮށްފި އެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާގޮތުގައި، ނަޖުމާ ދޫކޮށްލާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ކޯޓު އަމުރެއްގެ ދަށުން ނަޖްމާ ހައްޔަރުކޮށް، ފުލުހުން ވަނީ އޭނާ ދިރިއުޅޭ މ. ވިސްޓީރިއާ ބަލައި ފާސްކޮށް އެ ގެއިން ފޯނަކާއި ބުރުގާއެއް (ޝޯލްއެއް) ގެންގޮސްފައެވެ.

ނަޖްމާ ހައްޔަރުކުރަން ބޭނުންވާ ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބަޔާން ކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ނަޖްމާ ފައިސާ ބެހި ކަމަށް ތުޙުމަތު ކުރެވޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ނަޖްމާ މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި، އަދި މިކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވައި، އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ނަޖުމާ ހައްޔަރު ކުރުމުން އޭނާ އަކީ އަހަރު ނުވާ ކުއްޖެއްގެ މަންމަ ކަމަށް ބުނެ ސޯޝަލް މީޑިޔާގައިވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް