Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ފާރިސްއާ ކުރީ ދެ ސުވާލު، މިއީ ސިޔާސީ ހަޔާތް ނެތިކޮށްލަން ކުރާ ކަމެއް: ފާރިސްގެ ވަކީލުން

31 ޖެނުއަރީ 2018 | ބުދަ 19:01

ފާރިސް ދިރިއުޅޭ ގެއިން އެއްވެސް އެއްޗެއް ފެނިފައިނުވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 31 ޖެނުއަރީ 2018 | ބުދަ 19:01
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްގެ ގާނޫނީ ޓީމުން ނޫސްވެރިންނަށް

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްގެ ގާނޫނީ ޓީމުން ނޫސްވެރިންނަށް

ރިޝްވަތު ދިނުމުގެ ތުހްމަތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު މި މަހުގެ 27 ވަނަ ދުވަހު ހައްޔަރު ކުރުމަށް ފަހު ތަހްގީގުގައި ފުލުހުން ކުރީ އެންމެ ދެ ސުވާލު ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ފާރިސްގެ ގާނޫނީ ޓީމުން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސްގެ ގާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ފާރިސް ހައްޔަރުކުރުމަށް ފަހު ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ އިރު ތަހްގީގުގައި އެންމެ ފުރަތަމަ ވެސް ސުވާލު ކޮށްފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ. އަދި ތަހްގީގުގައި ފާރިސްއާ ސުވާލު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކަށް ރިޝްވަތު ދެއްވައި، ގާނޫނީ ވެރިކަން ވައްޓާލަން ރޭވިންތޯ އާއި އެފަދަ ކަމެއް ކުރައްވާފައިވާ ކަމަށް އެހެން މީހަކު ބުނާ ނަމަ އެކަމާ މެދު ވިދާޅުވާނީ ކީކޭތޯ ކަމަށެވެ.

Advertisement - newsAdvertisement

މައުމޫނު ވިދާޅުވީ އެ ދެ ސުވާލުގެ ޖަވާބުގައި އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެކަން ކުރެއްވި ކަމަށް މީހަކު ބުނާ ނަމަ އެމީހަކު އެ ހަދަނީ ދޮގެއް ކަމަށް ފާރިސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ފުލުހުން ކުރި އެ ސުވާލުތަކާ ގުޅިގެން ފާރިސްގެ މައްޗަށް ތުހްމަތުކުރާ މައްސަލައިގައި އެއްވެސް އެހެން މައުލޫމާތެއް އޮތްތޯ ފުލުހުންނާ ސުވާލު ކުރުމުން އެހެން މައުލޫމާތެއް ދީފައިނުވާ ކަމަށެވެ.

"ކީއްވެގެންތޯ މީހަކު ހައްޔަރުކޮށްފައި ޖަލަށް ލައިގެން މި ސުވާލު ކުރަން ޖެހެނީ. މިއީ ފާރިސް ގޭގައި ހުންނަވަނިކޮށް ގެއަށް ދުރު ވެސް ކުރެވޭނެ ސުވާލެއް. ގެ ބަލާ ފާސް ކުރަމުން ވެސް ކުރެއްވިދާނެ ސުވާލެއް. ނުވަތަ ފާރިސްއަށް މޯލްޑިވްސް ޕޮލިސް ސާވީސްގެ ހެޑްކުއާޓާޒްއަށް ހާޒިރުވުމަށް އަމުރު ކުރައްވައިގެން ހާޒިރުވެވަޑައިގަތީމަ ވެސް މި ސުވާލު ކުރެއްވިދާނެ،" މައުމޫނު ވިދާޅުވިއެވެ.

އެ ދެ ސުވާލު ކުރުމަށް ފާރިސް ހައްޔަރުގައި ބަހައްޓާފައި ވާތީ ކަންބޮޑުވެލައްވާ ކަމަށާއި އަދި ފާރިސްއާ ދެކޮޅަށް ހެއްކެތް ކަމަށް ބުނާ މީހާ ދައްކާފައިވާ ވާހަކައިން ވެސް އެއްވެސް މައުލޫމާތެއް ފުލުހުންގެ އަތުގައި ނެތްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ ކަމަށް ވެސް މައުމޫނު ހަމީދު ފާހަގަ ކުރެއްވިއެވެ.

ހަމަ އެހެންމެ ފާރިސްގެ މައްޗަށް މިހާރު ހިނގަމުންދާ ރިޝްވަތުގެ ދިނުމުގެ ތުހްމަތުގެ ދައުވާއާ ގުޅިގެން ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު މި މަހުގެ 25 ވަނަ ދުވަހު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމިއިރު ވެސް ފާރިސްގެ މައްޗަށް ތުހްމަތު ކުރާ ރިޝްވަތުގެ އެހެން މައްސަލައެއް އޮތް ކަމަށް ދައުލަތުން ފާހަގަ ކޮށްފައިނުވާ ކަމަށް މައުމޫނު ވިދާޅުވިއެވެ. އަދި ދެ ވަނަ ފަހަރަށް ހައްޔަރު ކުރުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށް ވެސް މައުމޫނު ހަމީދު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅު ހިންގި ކަމެއް ކަމަށް ފުލުހުން ތުހްމަތުކުރާ ކަމެއްގައި މި މަހުގެ 27 ވަނަ ދުވަހު ކޯޓު އަމުރެއް ހޯދައިގެން ފާރިސްގެ ފޯނުބަލައި ފާސްކޮށްފައިވާއިރު އޭގެ ހަ މަސްކުރިން ވެސް އެ ފޯނު އޮތީ ރިޝްވަތުގެ ތުހްމަތެއްގައި ފުލުހުންގެ އަތުގައި ކަން މައުމޫނު ހަމީދު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ ފަހުން ފުލުހުން ތަހްގީގު ހިންގި ރިޝްވަތުގެ އެހެން މައްސަލައެއްގައި ފާރިސްގެ ފޯނު ބަލާ ފާސްކުރުމަށް ފަހު އޭނާގެ މައްޗަށް ދައުވާކުރިއިރު ވެސް އެ ފޯނު ހެއްކެއްގެ ގޮތުގައި ބޭނުން ކޮށްފައި ނުވުމުން އެ ފޯނުގައި އެ ތުހްމަތުކުރާ މައްސަލާގެ ހެއްކެތް ނެތްކަން އެނގޭ ކަމަށް މައުމޫނު ވިދާޅުވިއެވެ.

މީގެ އިތުރުން ފާރިސް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމަށް ފަހު އޭނާ ދޫކޮށްލިތާ 40 ގަޑިއިރާއި 30 މިނެޓް ތެރޭގައި އަލުން ކޯޓު އަމުރެއްގެ ދަށުން ފާރިސް ހައްޔަކުރީ އޭނާގެ މައްޗަށް ތުހްމަތުކުރާ އަސްލެއް އޮތް މައްސަލައެއްގައި ނޫން ކަން އެނގޭ ކަމަށް ވިދާޅުވިއެވެ.

ފާރިސް ދެވަނަ ފަހަރަށް ހައްޔަރުކުރުމުގެ ކުރިން ފާރިސް ދިރިއުޅުއްވާ ގެ ބަލާފާސްކޮށްފައިވާ އިރު މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ފާރިސްއަށް އަންގާފައިވާ ކަމަށް ވެސް މައުމޫނު ހަމީދު ވިދާޅުވިއެވެ.

ފާރިސްގެ ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ މީހެއްގެ މައްޗަށް ތުހްމަތެއްކޮށް ތަހްގީގެއް ހިންގަވަން ވާނީ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށެވެ. ފާރިސްގެ މައްޗަށް ހިންގަނީ ޖިނާއީ ތުހްމަތެއްގެ ތަހްގީގު ކަމަށް ވެސް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ އެއްވެސް ގޮތަކަށް ޖިނާއީ މައްސަލައެއްގެ ސިފަތައް އެކުލެވޭ މައްސަލައެއް ނޫން މިއީ. މިހާރު މި ހިނގަމުންދާ ކަމަކީ އަހްމަދު ފާރިސް މައުމޫނުގެ ސިޔާސީ ހަޔާތް ނެތި ކޮށްލުމަށްޓަކައި ވަކި ގޮތަކަށް ރޭވި ޖިނާއީ މައްސަލައެއްގެ ނަން އަޅުވައިގެން ހިންގާ ކަމެއް މިކަމަކީ،" ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ޝަމީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް