Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފަރ ބާޒާރު

ލޫކަސް މޫރާގެ އަގަށް ޓޮޓެންހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2018 | އަންގާރަ 05:49

މޫރާ ވަނީ ޓޮޓެންހަމްގެ ކޯޗާއި ކްލަބުގެ ޗެއަރމަން އާއެކު ވާހަކަތައް ބާއްވާފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 30 ޖެނުއަރީ 2018 | އަންގާރަ 05:49
ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ވިންގަރ ލޫކަސް މޫރާ: އޭނާ ޓޮޓެންހަމް ވިއްކާލުމަށް ޕީއެސްޖީ އިން ވަނީ ނިންމާފަ

ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ވިންގަރ ލޫކަސް މޫރާ: އޭނާ ޓޮޓެންހަމް ވިއްކާލުމަށް ޕީއެސްޖީ އިން ވަނީ ނިންމާފަ

ފްރާންސްގެ ޕެރިސް ސެއިންޓް ޖަރމައިން (ޕީއެސްޖީ) އަށް ކުޅޭ ބްރެޒިލްގެ ވިންގަރ ލޫކަސް މޫރާ އަށް އެކްލަބުން ހުށަހެޅި 25 މިލިއަން ޕައުންޑުގެ އަގަށް ޓޮޓެންހަމް ހޮޓްސްޕަރ އިން އެއްބަސްވެއްޖެ އެވެ.

ލޫކަސް މޫރާގެ ޓްރާންސްފަރގެ ކަންކަމުގައި ދެ ކްލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާއިރު، މިހާރު އޮތީ ކުޅުންތެރިޔާ އާ ކްލަބާއި ދެމެދު އެއްބަސްވާންޖެހޭ ކަންކަން ނިންމުމާއި މެޑިކަލް ޓެސްޓްތައް ކުރިއަށް ގެންދިއުމެވެ.

ޓްރާންސްފަރގެ ކަންކަމުގައި ޓޮޓެންހަމްގެ ކޯޗު މަރިއީސިއޯ ޕޮޗެޓީނޯ އަދި އެކްލަބުގެ ޗެއަރމަން ޑެނިއެލް ލެވީ އާ މޫރާ ބައްދަލުކޮށްފައިވާއިރު، ޓޮޓެންހަމް އަށް ބަދަލުވުމަށް މޫރާ ވަރަށް ބޭނުންވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ލޫކަސް މުރާ ގެންދިއުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ދެ ކްލަބު ކަމަށްވާ އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑުން ޝައުގުވެރިވާ ކަމުގެ އަޑުތަކެއްވެސް މީގެ ކުރިން ފެތުރުނެވެ.

ބްރެޒިލްގެ ސައު ޕައުލޯ އިން 33.5 މިލިއަން ޕައުންޑުގެ އަގަކަށް 2013 ވަނަ އަހަރު ޕީއެސްޖީ އާ ގުޅުނު ލޫކަސް މިސީޒަނުގެ ބޮޑު ބައި ހޭދަކުރީ ޕީއެސްޖީގެ ބެންޗުގައެވެ. މިސީޒަނުގައި ޕީއެސްޖީ އަށް މޫރާ ކުޅުނު 6 މެޗުގައިވެސް، އޭނާ ކުޅެން ނިކުމެފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

މޫރާ އަށް ކުޅެން ލިބޭ ފުރުޞަތު މަދުވެފައިވާއިރު، އައު ކްލަބެއް ހޯދުމަށް ޕީއެސްޖީ އިން އޭނާ ގާތު ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 35 މެޗު ކުޅެފައިވާ ލޫކަސް މޫރާ ވަނީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ބްރެޒިލްގެ ގައުމީ ޓީމާއެކު ރިހި މެޑަލް ހޯދާ، 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކޮށްފައެވެ.

ޕީއެސްޖީ އަށް ބަދަލުވި ފަހުން އޭނާ ވަނީ އެކްލަބަށް 229 މެޗު ކުޅެދީފައެވެ. މިމުއްދަތުގައި މޫރާ އެކްލަބަށް 46 ލަނޑު ޖަހައިދީ، 50 ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދީފައިވެއެވެ.

ޕީއެސްޖީ އާއެކު އޭނާ ވަނީ ފްރާންސްގެ 13 މުބާރާތެއް ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ފްރާންސްގެ ލީގު ޗެމްޕިއަންކަން 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް