Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ - އިންޑިއާ

އިންޑިއާގައި ރާއްޖޭގެ ކުޅިވަރު ތަރިން ވިދާ މަންޒަރު ދެކެން ބޭނުން: މިޝްރާ

29 ޖެނުއަރީ 2018 | ހޯމަ 05:58

އިންޑިއާއިން އަންނަނީ ރާއްޖެއަށް ކުޅިވަރު ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ޖެނުއަރީ 2018 | ހޯމަ 05:58
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ

ރާއްޖޭގެ ކުޅިވަރު ތަރިން އަވަށްޓެރި އިންޑިއާގައި ކުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ޓީވީ ޗެނަލްއެއް ކަމަށްވާ "ނިއުސް 18" އިން ނޭޕާލްގެ ކުޅުންތެރިޔަކު އިންޑިއަން ޕްރިމިއާ ލީގުގެ ޓީމަކަށް ބަދަލުވި ހަބަރު ހިމާނާފައިވާ ޓްވީޓެއް ޝެއާ ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ޓެގް ކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖޭގައި ކުޅިވަރު ކުޅޭ އެތަކެއް ހުނަރުވެރިން އެބަތިބި ކަމަށާއި ކުޅިވަރުގެ ކަންކަމަށް ރާއްޖޭގެ ކުޅުންތެރިން ބޮޑު ޝައުގުވެރިކަމެއް ދެމުންދާ ކަމަށެވެ. ހަމައެހެންމެ ރާއްޖެ އާއި އިންޑިއާ ދެމެދު ކުޅިވަރުގެ ރޮނގުން އެއްބާރުލުން ދިނުމަށް ބޮޑު ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް ވެސް މިޝްރާގެ ޓްވީޓުގައި ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ ރާއްޖޭގެ ކުޅިވަރު ތަރިން އިންޑިއާގައި ވިދާ މަންޒަރު ފެނުމަކީ ދެކެން ވަރަށް ބޭނުންވާ މަންޒަރެއް ކަމަށް ވެސް މިޝްރާގެ ޓްވީޓުގައިވެއެވެ.

މިޝްރާ ޝެއާ ކުރެއްވި ޓްވީޓުގައިވާ ނޭޕާލްގެ ކުޅުންތެރިޔަކީ އުމުރުން 17 އަހަރުގެ ސަންދީޕް ލަމިޗާނޭއެވެ. އޭނާވަނީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ޓީމެއް ކަމަށްވާ ދެއްލީ ޑެއާޑެވިލްސްއަށް 20 ލައްކަ ރުޕީސްގެ އަގަކަށް ގެނެސްފައެވެ. އޭނާ ވެގެން ގޮސްފައިވަނީ އައިޕީއެލްގެ ޓީމަކަށް ސޮއިކުރި ނޭޕާލްއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އައިޕީއެލްއަކީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ލީގުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލީގެވެ.

މިޝްރާ މިފަދައިން ޓްވީޓު ކުރައްވާފައިވާއިރު އިންޑިއާއަކީ ކުޅިވަރުގައި ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ ގައުމެކެވެ. އެ ގައުމުގައި ރާއްޖޭގެ ކުޅުންތެރިން ތަމްރީނުތައް ވެސް ފުރިހަމަކުރާއިރު ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެއެވެ. ފުޓްބޯޅައަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރަށްވާއިރު އިންޑިއާއަކީ މި ސަރަހައްދުގައި ރާއްޖެއިން އެންމެ ބޮޑަށް ވާދަކުރާ ގައުމެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް