Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ ސިފައިން

ސޫރިޔާގެ މަންބިޖުން ފޭބުމަށް ތުރުކީވިލާތުން އެމެރިކާއަށް އަނެއްކާވެސް އަންގައިފި

ތުރުކީ ސިފައިން މިހާރުވަނީ އަފްރީންއަށް އަރާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 29 ޖެނުއަރީ 2018 | ހޯމަ 05:46
ތުރުކީގެ ޚާރިޖީ ވަޒީރު ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ

ތުރުކީގެ ޚާރިޖީ ވަޒީރު ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ

ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުން ކުރުދީ ހަނގުރާމަވެރިން ފައްސާލުމަށް ތުރުކީ ވިލާތުން މަސައްކަތްކުރަމުންދާއިރު، އެސަރަހައްދުގައި އޮންނަ މަންބިޖުގައި ތިބި އެމެރިކާ ސިފައިން އެރަށުން ފޭބުމަށް ތުރުކީވިލާތުން އަނެއްކާވެސް އަންގައިފިއެވެ.

މަންބިޖުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވަމުން ދަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކަށް މަދަދުވެރިވެ، އެމީހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށެވެ. އޭގެ ތެރޭގައި ކުރުދީ ހަނގުރާމަވެރިންވެސް ހިމެނެއެވެ.

ކުރުދީ ހަނގުރާމަވެރި ޖަމާޢަތްކަމަށްވާ ޔައި.ޕީ.ޖީ އަކީ ތުރުކީވިލާތުން ޓެރަރިސްޓް ޖަމާޢަތެއްކަމަށް ކަނޑައަޅާފައިވާ ޖަމާޢަތެކެވެ.

ސޫރިޔާގެ އަފްރީންއަށް ތުރުކީވިލާތުން އަރާފައިވާއިރު، ދެން އަރާނީ މަންބިޖްއަށްކަމަށް ތުރުކީ ސިފައިން ދަނީ ބުނަމުންނެވެ. އަދި އެރަށަށް އަރާއިރު އެމެރިކާ ސިފައިންނާއި ކުރިމަތިލުމަށް ބޭނުން ނުވާތީ އެމެރިކާ ސިފައިން މަންޖިބުން ފޭބުމަށް ތުުރުކީ ވިލާތުން މީގެ ކުރިންވެސް ވަނީ ގޮވާލާފައެވެ.

މަންބިޖުގައި ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ޤާއިމްވެ އެބަތިބި

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މަވްލޫތު ކަވުސޮގްލޫ ވިދާޅުވީ މަންބިޖުން އެމެރިކާ ސިފައިން ފޭބުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްކަމަށާއި، ވައި.ޕީ.ޖީއަށް ވާގިވެރިވުން އެމެރިކާއިން ހުއްޓާލަން ޖެހޭކަމަށެވެ. އަދި އެކަން އަމަލުން ދައްކަން ޖެހޭކަމަށެވެ.

ޚާރިޖީ ވަޒީރު ކަވުސޮގްލޫ މިހެން ވިދާޅުވެފައިމިވަނީ އެމެރިިކާއިން ވައި.ޕީ.ޖީ އަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާފައިވާކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޖެނެރަލް އެޗް.އާރް މެކްމާސްޓަރ ހުކުރު ދުވަހު އަންކާރާއަށް ޔަޤީންކަން ދެއްވާފައިވަނިކޮށެވެ.

ސޫރިޔާގެ އުތުރުގައި ތުރުކީވިލާތާއި އިންވެގެން އޮންނަ އަފްރީންއަށް ތުރުކީ ސިފައިން އެރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ކުުރުދީ ހަނގުރާމަވެރިންނާއި ދެކޮޅަށް ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފްރީ ސީރިއަން އާމީ ކިޔާ ހަނގުރާމަވެރި ޖަމާޢަތާއިއެކު އެވެ. އެޖަމާޢަތަކީވެސް ބައްޝާރުލް އައްސަދުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާޢަތެކެވެ.

އަފްރީންގައި ހަނގުރާމަވެރިންނާއި ދެކޮޅަށް ތުރުކީ ސިފައިން ޙަމަލާތައް ދެމުންދާއިރު، ހަނގުރާމަވެރިންވެސް ދަނީ ރައްދުގައި ޙަމަލާ ދެމުންނެވެ. ހޮނިހިރު ދުވަހު އަފްރީން ތެރެއިން ފޮނުވާލި ރޮކެޓެއް ސަރަހައްދީ ރޮނގުގައި އޮންނަ ތުރުކީގެ ކިލިސް ޕްރޮންވިންސަށް އަމާޒުވެފައިވެއެވެ. އެހަމަލާގައި 2 މީހަކަށް އަނިޔާވެފައިވެއެވެ.

ތުރުކީ ސިފައިން ބުނާ ގޮތުގައި ހަމަލާތައް ފެށުނު ފަހުން ހަނގުރާމަވެރިންގެ 400 އެއްހާ މީހުން ވަނީ މަރާލެވިފައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
26 ފެބުރުއަރީ 2017

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

26 ފެބުރުއަރީ 2017
ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު