Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރު އަބްދުﷲ ސިނާން

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ރައީސަށް އެނގޭނެ، ބައެއް ކަންކަން ސީދާ ރައީސަށް ދެންނެވިން: ސިނާން

28 ޖެނުއަރީ 2018 | އާދީއްތަ 23:20

އަޅުގަނޑު ހުރީ ރައީސަށް ދެންނެވޭ ހިސާބުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 ޖެނުއަރީ 2018 | އާދީއްތަ 23:20
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން - ސިނާނަކީ ކުރިން ރައީސް ޔާމީނާ ވަރަށް ގާތް ބޭފުޅެއް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން - ސިނާނަކީ ކުރިން ރައީސް ޔާމީނާ ވަރަށް ގާތް ބޭފުޅެއް

މިސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ މައަސަލަތައް ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ބައެއް ކަންކަން ސީދާ ރައީސް ޔާމީނަށް ދެންނެވި ކަމަށް ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމަށް ރާއްޖެއިން ބޭރުގައި ހުންނަވައިގެން ދެއްވި އިންޓަރވިއުއެއްގައި ސިނާން ވިދާޅުވީ ސިނާނަށް ފާހަގަ ކުރެއްވޭ ގޮތުގައި މި ވެރިކަމުގެ ތެރޭގައި ޚިޔާނާތާއި ފަސާދައާއި ކޮރަޕްޝަން ހިނގާ ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އޭގެ އަލިގަދަ ހެއްކެތް ކަމަށެވެ. އެކަން މުޅި ރާއްޖެއަށާއި މުޅި ދުނިޔެއަށް އެނގޭކަމަށް ސިނާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިނާން ވިދާޅުވީ ޢާއްމު މިންގަނޑަށްވުރެ ބޮޑަށް އެކަން ހިނގާފައިވާއިރު އެކަމަށް އެޅުނު ފިޔަވަޅެއް ނެތްކަމަށެވެ. އަދި ހުރިހާ ކަމަކީ ކުރީގެ ނައިބު ރައީސް އަދީބު ކުރެއްވިކަމެއްކަމަށް ވިދާޅުވި ނަމަވެސް މިއަދު އެކަންކަން ހިނގާއިރު ނުހުއްޓުވެނީ ކީއްވެތޯ ސިނާން ވަނީ ސުވާލު އުފައްދަވާފައެވެ. ސިނާން ވިދާޅުވީ ސިޔާސީ މީހުން އެކަން ބެލުމަށް އުޅެއުޅެ ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށާއި ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވާކަން އެންމެނަށްވެސް އެނގޭ ކަމަށެވެ.

"މީގެ ކުރިން އެވާހަކަތައް އަމާޒުވަނީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބަށް. އަދީބެއް މިއަދަކު ނެތް. އުފެދޭ ސުވާލަކީ އަދީބު ނެތި މިއަދާ ހަމައަށް އައިއިރު އެކަން ވަނީ ހުއްޓިފައިތޯއޭ. އަޅުގަނޑުމެންނަށް އެބައެނގޭ ހުއްޓިފަ ނެތްކަން. ހަމަ އެކަން ކުރިއަށް އެބަދާކަން. އެހެންވީމަ ދެން އެކިގޮތްގޮތުން ސިޔާސީ ފަރާތްތަކުން އެކި މަސައްކަތް ކުރައްވާ މިއަދާ ހަމައަށް އައިރުވެސް އެކަމުގައި އެއްވެސް ކާމިޔާބެއް ނުލިބޭ. އަޅުގަނޑުމެން އެންމެނަށްވެސް އެބައެނގޭ، ޚާއްޞަކޮށް އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އެކައުންޓަށް ފައިސާ އެބަހުރިކަން ވަދެފައި އެމްއެމްޕީއާރުސީއާ ގުޅޭގޮތަށް. އެހެންވީމާ އެފައިސާއާ އޭގެ މައުލޫމާތާ އެފައިސާއާ ގުޅިގެން އައިސްހުރި ކަންތައްތަކާ، އެކަންކަން ތަހުގީގްކޮށް ބެލުމަށްޓަކައި މިނިވަން މުއައްސަސާތަކުގައި ރަނގަޅަށް ކުރެވިގެން ދިޔަތޯ. މިއަދާހަމައަށް އައިއިރުވެސް އަޅުގަނޑުމެންނަށް މިފެންނަ ގޮތުގައި އަދި ދިވެހި ހުރިހާ ރައްޔިތުންނަށް ފެންނަ ގޮތުގަވެސް އެމުއައްސަސާތައް އެތިބީ ފުރިހަމަ މާނައިގާ މަސައްކަތް ނުކުރެވި ޕެރަލައިޒް ވެފައި އޮތް ހާލަތެއްގައި"

ސިނާން ވިދާޅުވީ ފެނިގެންދަނީ ތަހުގީގީ އިދާރާތަކަށް ސީދާ ނުފޫޒް ފޯރައިގެން އެހެން ގޮތަކަށް އެނބުރޭތަން ކަމަށާއި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެހެންވެ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

ރައީސް ޔާމީނާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއާވެސް ވަރަށް ގާތް ގުޅުމެއް އޮތްކަން ފާހަގަ ކުރައްވަމުން ސިނާން ވިދާޅުވީ ބައެއް ކަންކަން ވަރަށް ގިނައިން ދަންނަވާފައިވާނޭ ކަމަށާއި ނުކުންނެވީ އެތެރޭގައި ހުންނަވައިގެން ރަނގަޅު ކުރެވޭތޯ ކުރެއްވި އެއްވެސް މަސައްކަތަކުން ކުރިއެރުންތަކެއް ނުލިބުމުން ކަމަށެވެ. އަދި މިހާރު ރައީސް ޔާމީނަކަށްވެސް އެކޮންޓްރޯލެއް ނެތް ކަމަށާއި އެތެރެއިން އަދުލުވެރިކަމެއް ލިބޭނެ ކަމަށް ބަލައިގެން ހުންނާނީ މޮޔައެއް ކަމަށް ސިނާން ވިދާޅުވިއެވެ.

"އަޅުގަނޑާ ރައީސް ޔާމީނާ ވަރަށް ގާތްގުޅުމެއް އޮތް. އަޅުގަނޑާ މެޑަމްއާ ވަރަށް ގާތް ގުޅުމެއް އޮތް. އަޅުގަނޑު ހުންނާނެ ސީދާ ޚުދު ރައީސް ޔާމީނަށް ބައެއް ކަހަލަ ކަންކަން ދަންނަވާފައި. މިހިރަ ކަންކަން މިގޮތައް މިމަގުން ހިނގައޭ. އަޅުގަނޑަށް އެފުރުސަތު އޮތަތީވެ އަޅުގަނޑު އެގޮތައް ދެންނެވީ. މިދެންނެވި ކަނަތައްތަކުގެ ތެރޭގައިވެސް މާބޮޑު ކުރިއެރުންތަކެއް ފެނިފައެއް ނެތް. މިހާރު ޤާބޫލެއް ނުކުރެވޭ ޚުދު ރައީސް ޔާމީނަށްވެސް އެކޮންޓްރޯލެއް ނެތް"

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް