Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް ހައްޔަރުކުރުން

ފާރިސްގެ ފަރާތުން ހޭބިއަސް ކޯޕަސް އަމުރަކަށް އެދިއްޖެ

ފާރިސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ ހޮނިހިރު ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2018 | އާދީއްތަ 10:18
މުއްދަތު މަޖިލީހަށް ހާޒިރުކުރުމަށް ފަހު ފާރިސް އަނބުރާ ދޫނިދޫއަށް ގެންދަނީ

މުއްދަތު މަޖިލީހަށް ހާޒިރުކުރުމަށް ފަހު ފާރިސް އަނބުރާ ދޫނިދޫއަށް ގެންދަނީ

ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން، ބަންދުން ދޫކޮށްލުމަށް، ކޯޓަށް ހާޒިރުކޮށްދިނުމަށް ފާރިސްގެ ފަރާތުން އެދިއްޖެއެވެ.

ފާރިސްގެ ފަރާތުން އާދީއްތަ ދުވަހު ހޭބިއަސް ކޯޕަސްގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، ފާރިސްގެ ވަކީލު އަލްއުސްތާޛް މައުމޫން ހަމީދު ވިދާޅުވީ، އެ އެދުމާއި ގުޅިގެން ކޯޓުން ކުރަންޖެހޭ ސްކްރީނިންގގެ މަސައްކަތް އަވަސްކޮށް، އާދީއްތަ ދުވަހު މައްސަލައިގެ އަޑުއެހުމެއް ބާއްވައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހޭބިއަސް ކޯޕަސް އަކީ ބަންދުގައި ހުންނަ މީހަކު ގާޒީއެއްގެ ކުރިފުޅުމައްޗަށް ހާޒިރު ކުރުމަށް ނެރޭ އަމުރެކެވެ. އާންމުކޮށް މި އަމުރު ނެރެނީ ބަންދުގައި ހުރި މީހާ، ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ސަބަބުތަކެއް ނެތްނަމަ އޭނާ ދޫކޮށްލުމަށެވެ.

ފާރިސްގެ ފަރާތުން ހޭބިއަސް ކޯޕަސްއަށް އެދިފައިވާއިރު، މި މައްސަލައިގައި ފާރިސްގެ ފަރާތުން ވަނީ އޭނާ މިނިވަންކުރަންޖެހޭ ސަބަބުތައްވެސް ކޯޓަށް ހުށަހަޅާފައެވެ.

އެގޮތުން ފާރިސްގެ ފަރާތުން ޖުމްލަ 8 ކަމެއް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އެއީ؛

  • ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ފާރިސް ހައްޔަރުކުރުމުގެ އަމުރު ނެރުން
  • ފާރިސް ހައްޔަރުކުރުމުގެ އަމުރު ނެރުއްވާފައިވަނީ، އަދި އެ އަމުރު ތަންފީޒުކޮށްފައިވަނީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފަށް ކަމަށްވުން
  • ފާރިސް ހާއްޔަރުކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ލިބިދޭ ރައްކާތެރިކަން ނިގުޅައިގަނެ، ސައްޚަ ނޫން ތުޙުމަތެއްގައިކަން
  • ފާރިސް ހައްޔަރުކުރުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ތުޙުމަތެއްގައިކަން
  • ފާރިސްގެ ބަނދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ޤާނޫނީ ގޮތުން ސައްޙަނޫން ހުށަހެޅުމެއްކަން
  • ފާރިސް މައުމޫންގެ ބަންދު އަމުރު ނެރުއްވުމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤު ނިގުޅައިގެންފައިވާކަން
  • ފާރިސް ހައްޔަރުކުރުމުގެ އަމުރު ނެރުއްވާފައިވަނީ އަދި އެ އަމުރު ތަންފީޒުކޮށްފައިވަނީ ޤާނޫނީ ހުރަސްތަކެއް ހުރެމެ، އެކަމަށް ރިއާޔަތް ކުރެއްވުމެއްނެތި، ޤާނޫނުގެ ރައްކާތެރިކަން ގެއްލޭގޮތަށް ކަމަށްވުން
  • ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 207 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ބ) އަށް ބެލުމުން ކޯޓުއަމުރެއްގެ ދަށުން ބަންދުކޮށްފައިވާ މީހަކަށްވެސް ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅިދާނެކަން

ރިޝްވަތު ހުށަހެޅުމުގެ ތުޙުމަތުގައިގައި ޝަރީޢަތް ނިމެންދެން ހައްޔަރުކުރިތާ 191 ދުވަސް ފަހުން ފާރިސް މިނިވަންކުރިއެވެ. އަދި މިނިވަންކުރިތާ 50 ގަޑިއިރުފަހުން، ހޮނިހިރު ދުވަހު ފާރިސް ހައްޔަރުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހި ކަމާއި، މަޖިލިސް މެންބަރުންތަކަކާއި ގުޅިގެން ޤާނުނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުޙުމަތުގައެވެ. ފާރިސްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ހޮނިހިރު ދުވަހުގެރޭ ފާރިސްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި

ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި

03 މެއި 2017
ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީވެސް، މައްސަލަ އަނބުރާ ފޮނުވާލީވެސް ސިޔާސި މަޤްސަދެއް ހާސިލްކުރުމަށް: ޔުމްނާ މައުމޫނު

ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީވެސް، މައްސަލަ އަނބުރާ ފޮނުވާލީވެސް ސިޔާސި މަޤްސަދެއް ހާސިލްކުރުމަށް: ޔުމްނާ މައުމޫނު

01 މެއި 2017
ފާރިސްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

ފާރިސްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

30 އެޕްރީލު 2017
ފާރިސްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ފާރިސްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު