Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންގެ ހިޔާ

ހިޔާގެ ކުދިންނަށް އިހުމާލުވި މައްސަލައެއް ފެންމަތިވެ، ދެ މުވައްޒަފަކު ވަކިކުރިކަން ހާމަވެއްޖެ

ތުހުމަތު ކުރެވޭ މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2018 | ހޮނިހިރު 07:24
ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ފޮޓޯތަކުގެ ތެރެއިން އާންމުކޮށްފައިވާ ފޮޓޯއެއް--

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ފޮޓޯތަކުގެ ތެރެއިން އާންމުކޮށްފައިވާ ފޮޓޯއެއް--

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ރައްކާތެރިކަމަށް އެތަނުގެ މުވައްޒަފުންތަކެއް އަރައިގަތް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންތަކެއްގެ ރައްކާތެރި ކަމަށް އަރައިގަތް ކަމުގެ ތުހުމަތު ކުރެވުނީ އެތަނުގައި މަސައްކަތް ކުރާ އެސިސްޓަންޓު ޗައިޑް ކެއާގެ މަގާމު އަދާކުރި ދެ މުވައްޒަފެއްގެ މައްޗަށެވެ. އެ މުވައްޒަފުންނަކީ އަންހެން ދެ މުވައްޒަފުންނެވެ. އެ މައްސަލައިގެ ތަހުގީގު ފެށުމާއެކު އެ ދެ މީހުން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު، ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން، ރައްކާތެރިކަން ދީފައިވާ މީހުންގެ ކަމަކާ ހަވާލުވެ ހުރެ، އެއިން މީހެއްގެ ރައްކާތެރިކަމަށް އަރައިގަތް ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލައިގެ ތަފްސީލެއް ޖެންޑާ މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އެ މައްސަލައިގެ ތަފްސީލު ހާމަވީ އެ ދެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ގޮތުން ޓްރައިބިއުނަލުން ނިންމި މައްސަލައަކާއެކުގައެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ގޮތަކުން ހާނީއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް އެއްވެސް ގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިގްތިސާދީ، އިޖުތިމާއީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާތައް ހާސިލުކުރުމަށް ހަމަ އެކަކުވެސް މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ބުނެފައިވެއެވެ.

އެ މާއްދާއިން ކުޑަކުދިންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކަށް ކުޑަކުދިންގެ ހިޔާގެ ދެ މުވައްޒަފުން އަރައިގަތް މައްސަލާގައި ވަޒީފާއިން ވަކިކުރި މައްސަލަ މީގެ ކުރިން މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން، ވަޒީފާ އަނބުރާ ހޯދުމަށާއި ބަދަލު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ދައުވާ ކުރުމުން އެ މައްސަލައިގެ ތަފްސީލު ވަނީ އާންމުވެފައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ އެ ދެ މީހުންނަށް ވަޒީފާ ދިނުމަށް އަމުރެއް ނެރެންޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

"...އެގޮތުން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާފަދަ އަމުރެއް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް ކުރާނެ ގާނޫނީ ހަމައެއް ނެތް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ކަނޑައަޅައި މި މައްސަލަ ނިންމައިފީމެވެ،" ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ތިން މެމްބަރަކު ނިންމެވި މައްސަލާގައި ބުނެފައިވެއެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައި ވަނީ އެ ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި ސިވިލް ސާވިސް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ އާއި ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން ކޮމެންޓެއް ނުކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު