Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުރުދުން

ގޮދަން ފުށުން ހަދާ ރޮށިން ސަބްސިޑީ ކަނޑާލައިފި

27 ޖެނުއަރީ 2018 | ހޮނިހިރު 02:36

ޕިޓާ ރޮއްޓެއްގެ އަގުން 15 ދީނާރު ވަނީ އުފުލިފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 ޖެނުއަރީ 2018 | ހޮނިހިރު 02:36
ގޮދަން ފުށުން ހަދާފައިވާ ޕިޓާ ރޮށި

ގޮދަން ފުށުން ހަދާފައިވާ ޕިޓާ ރޮށި

ގޮދަން ފުށުން ހަދާ ރޮށްޓަށް އުރުދުން ސަރުކާރުން ދެމުން އައި ސަބްސިޑީ ކަނޑާލައިފިއެވެ.

އުރުދުންގެ އާއްމު ކެއުމުގައި ބޭނުންކުރާ މިބާވަތުގެ ރޮށިން ސަބްސިޑީ ކަނޑާލާފައިމިވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާ އައި.އެމް.އެފްގެ ލަފާގެ މަތިން އެޤައުމުން އަޅަމުންދާ އިޤްތިޞާދީ އިސްލާހީ ފިޔަވަޅުތަކެއްގެ ތެރެއިންނެވެ.

މިއީ ފާއިތުވި ވިއްސަކަށް އަހަރުތެރޭ މި ސަބްސިޑީއަށް ބަދަލެއް އަންނަ ފުރަތަމަ ފަހަރެވެ. 0.25 ދީނާރަށް ލިބުނު ގޮދަން ފުށުން ހަދާ ޕިޓާ ރޮއްޓެއްގެ އަގު މިހާރު ވަނީ 60 އިންސައްތަ އުފުލި، 0.40 ދީނާރަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް 20 އެމެރިކާ ސެންޓުގެ އަގު ބޮޑުވުމެކެވެ.

ޕާނާއި ރޮށީގެ އެހެން ބާވަތްތަކުގެ އަގަކަށް ބަދަލެއް ނާދެއެވެ.

އުރުދުންގެ ނޫސްތައް ބުނާ ގޮތުން ސަބްސިޑީގެ އުޞޫލުތަކަށް މިއައި ބަދަލާއިއެކު އުރުދުންގެ ސަރުކާރަށް އަހަރަކު 70 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެވޭނެއެވެ.

ސަބްސިޑީ ކަނޑާލި ނަމަވެސް ފަޤީރުންނަށް އެހީވާނެ އައު ނިޒާމެއް ސަރުކާރުން ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ފަޤީރުންނަށް ސީދާ ފައިސާގެ އެހީދޭން ނިންމާފައިވާއިރު، ސަބްސިޑީ ހައްޤުވާހާ ފަޤީރު ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައަށް އެބައި އިތުރު ކުރެވޭނެއެވެ. އަދި ސިވިލް ސަރވިސްގައި މަސައްކަތް ނުކުރާ މީހުންނަށް ވެސް އެކަމަށް ޚާއްސަކޮށް ހަދާ ވެބްސައިޓްގައި ރަޖިސްޓްރީ ވެގެން ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި ބޭންކް އެކައުންޓެއް ނެތް ފަޤީރުންނަށް ވެސް ބޭންކްތައް މެދުވެރިކޮށް އެމީހުންނަށް ދޭ ފައިސާގެ އެހީ ނެގޭނެ އިންތިޒާމު އުރުދުން ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.

ހޮނިހިރު ވިލޭރޭ މެންދަމުން ފެށިގެން އަގަށް ބަދަލު އަންނައިރު، މިއަހަރު ތެރޭ ގޮދަން ފުށުން ހަދާ ރޮށީގެ ބާވަތްތަކުގެ އަގު މިހާރު ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އަގު ބޮޑު ނުކުރެވޭނެ ކަމަށް އުރުދުން ސަރުކާރުން ވަނީ ބުނެފައެވެ. އުރުދުންގައި މިއަހަރުގެ ނިޔަލަށް ބޭނުން ކުރާނެ ގޮދަށް ފުށުގެ ސްޓޮކެއް އެބަހުއްޓެވެ.

ސަބްސިޑީ ކަނޑާލާނެކަން އުރުދުން ސަރުކާރުން އިއުލާން ކޮށްފައިވަނީ އައި.އެމް.އެފްގެ ލަފަޔާއިއެކު އުރުދުންގެ ދަރަނި ކުޑަކޮށް، އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް މަސައްކަތްތަކެއް ކުރާނެކަން ސަރުކާރުން އިއުލާންކުރިތާ ހަފްތާއެއްހާ ދުވަސްފަހުންނެވެ.

މީގެ ކުރިން 1996ވަނަ އަހަރު ވެސް އައި.އެމް.އެފްގެ ލަފާގެ މަތިން މިފަދަ ފިޔަވަޅުތަކެއް އުރުދުން އިން އެޅިއެވެ. އެފަހަރު ވެސް ތަކެތީގެ އަގު ބޮޑުވެ، އެކަމުގެ ސަބަބުން މަދަނީ ހަމަނުޖެހުންތަކެއް އެޤައުމުގައި ހިނގިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖޫން 2017

އިނގިރޭސި ވިލާތުގެ ގާނޫނުހަދާ މަޖިލީހަށް ސައިބަރ ހަަމަލައެއް ދީފި

24 ޖޫން 2017
އިނގިރޭސި ވިލާތުގެ  ގާނޫނުހަދާ މަޖިލީހަށް ސައިބަރ ހަަމަލައެއް ދީފި
07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
28 އެޕްރީލު 2017

ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި

28 އެޕްރީލު 2017
ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި
20 އެޕްރީލު 2017

އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި

20 އެޕްރީލު 2017
އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
02 އެޕްރީލު 2017

ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި

02 އެޕްރީލު 2017
ކުރުދީންގެ ދިދަ ނެގުން އިރާގު ޤާނޫނުހަދާ މަޖްލީހުން މަނާކޮށްފި
01 އެޕްރީލު 2017

ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި

01 އެޕްރީލު 2017
ޕެރަގުއާއީ ގެ ގާނޫނު ހަދާ މަޖިލީހުގައި ރޯކޮށްލައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް