Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮސްޓްރޭލިއަން އޯޕަން 2018

އޮސްޓްރޭލިއަން އޯޕަން: ސެމީގެ މެޗުތައް ކަށަވަރުވެއްޖެ

ވޮޒްނިއާކީ ސެމީއަށް ދަތުރުކުރީ ދެ ސެޓު އެއް ސެޓުން ސްޕެއިންގެ ކާލާ ސުއަރޭޒް ނަވާރޯ ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2018 | ބުދަ 07:29
އޭނާ މީގެ ކުރިން ސެމީއަށް ދަތުރުކުރީ 2011 ވަނަ އަހަރު

އޭނާ މީގެ ކުރިން ސެމީއަށް ދަތުރުކުރީ 2011 ވަނަ އަހަރު

މެލްބަންގައި މިހާރު ކުރިޔަށްދާ އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުގެ މެޗުތައް ކަށަވަރުވެއްޖެއެވެ.

މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލްއިން ޖާގަ ހޯދީ ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ އާއި ރޯމޭނިއާގެ ސައިމޯނާ ހޭލެޕް އަދި ޖަރުމަނުގެ އެންޖެލިކް ކާބާގެ އިތުރުން ބެލްޖިއަމްގެ އެލީސް މާޓެންސްއެވެ.

މި މުބާރާތުގެ ދެވަނައަށް ސީޑު ކުރެވިފައިވާ ވޮޒްނިއާކީ ސެމީއަށް ދަތުރުކުރީ ދެ ސެޓު އެއް ސެޓުން ސްޕެއިންގެ ކާލާ ސުއަރޭޒް ނަވާރޯ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-0 އިން ވޮޒްނިއާކީ ގެންދިޔައިރު ނަވާރޯ ވަނީ ދެވަނަ ސެޓު 7-6 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިން ވަނަ ސެޓު 6-2 އިން ގެންގޮސް ވޮޒްނިއާކީ ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މެޗުން މޮޅުވުމަށް ފަހު ވާހަކަ ދައްކަމުން ވޮޒްނިއަކީ ބުނީ ސެމީގައި މާޓެންސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި މިއަހަރުގެ ތެރޭގައި އޭނާގެ ފަރާތުން ފެންނަމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ. އޭނާ ބުނީ މިއަހަރު ބަލިނުވާ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ވެގެންދާނީ ވަރަށް ހާއްސަ މެޗަކަށް ކަމަށެވެ.

ސެމީގައި ވޮޒްނިއާކީ ނުކުންނަން ޖެހޭނީ ބެލްޖިއަމްގެ އެލީސް މާޓެންސްއާ ދެކޮޅަށެވެ. އޭނާ ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ހަތަރުވަނަ އަށް ސީޑުކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް މާޓެންސް ގެންދިޔައީ 6-4 އަދި 6-0 އިންނެވެ.

މި މުބާރާތުގެ އެއް ވަނައަށް ސީޑު ކުރެވިފައިވާ ރޯމޭނިއާގެ ސައިމޯނާ ހޭލެޕް ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި ސީދާ ދެ ސެޓުން ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާ ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ހޭލެޕް ގެންދިޔައީ 6-3 އަދި 6-2 އިންނެވެ. ސެމީގައި އޭނާ ނުކުންނަން ޖެހޭނީ 21 ވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުގެ އެންޖެލިކް ކާބާއާ ދެކޮޅަށެވެ.

މި މެޗުން މޮޅުވުމަށް ފަހު ވާހަކަ ދައްކަމުން ހޭލެޕް ބުނީ މެޗުގެ ފެށުން އެހާ ރަނގަޅު ނޫން ކަމަށާއި އެހެން ނަމަވެސް މެޗުގެ ވަކި ހިސާބަކުން ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށެވެ. އޭނާ ބުނީ ސެމީގައި ކާބާއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ތަފާތު ޗެލެންޖަކަށް ކަމަށާއި އެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ. މެޗުގެ ނަތީޖާއަށް ނުވިސްނާނެ ކަމަށާއި ވިސްނާނީ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ކަމަށް ހޭލެޕް ބުނެފައި ވެއެވެ. އޭނާ ވެގެން ގޮސްފައި ވަނީ އޮސްޓްރޭލިއަން އޯޕަންގެ ސެމީ އިން ޖާގަ ހޯދި ރޯމޭނިއާއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލް އިން ކާބާ ޖާގަ ހޯދީ 17 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ މެޑިސަން ކީސް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-1 އަދި 6-2 އިންނެވެ. އޭނާއަކީ މި މުބާރާތް 2016 ވަނަ އަހަރު ކާމިޔާބުކުރި ކުޅުންތެރިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ޗެމްޕިއަންޝިޕް: ސެމީގެ ފުރަތަމަ ޖާގަ ކުޅުދުއްފުއްޓަށް

މިނިވަން ޗެމްޕިއަންޝިޕް: ސެމީގެ ފުރަތަމަ ޖާގަ ކުޅުދުއްފުއްޓަށް

29 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
ގައުމީ ކެރަމް މުބާރާތް: ސެމީ އަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

ގައުމީ ކެރަމް މުބާރާތް: ސެމީ އަށް ދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

23 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު