Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮސްޓްރޭލިއަން އޯޕަން 2018

އޮސްޓްރޭލިއަން އޯޕަން: ކުއާޓާގައި ނަދާލް އަދި ސިލިޗްގެ ވަރުގަދަ ކުރިމަތިލުމެއް

21 ޖެނުއަރީ 2018 | އާދީއްތަ 13:49

ނަދާލް ކުއާޓާގެ ޖާގައެއް ހޯދީ ޑިއޭގޯ ޝްވަޓްޒްމަން ތިން ސެޓް އެއް ސެޓުން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 21 ޖެނުއަރީ 2018 | އާދީއްތަ 13:49
ރަފައޭލް ނަދާލް

ރަފައޭލް ނަދާލް

މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލް އިން ސްޕެއިންގެ ރަފައޭލް ނަދާލް އަދި ކްރޮއޭޝިއާގެ މަރިން ސިލިޗް ޖާގަ ހޯދައިފިއެވެ.

ދުނިޔޭގެ އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައިވާ ނަދާލް ކުއާޓާގެ ޖާގައެއް ހޯދީ މި މުބާރާތުގެ 24 ވަނައަށް ސީޑް ކުރެވުނު އާޖެންޓީނާގެ ޑިއޭގޯ ޝްވަޓްޒްމަން ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-3 އިން ނަދާލް ގެންދިޔަ ނަމަވެސް ޝްވަޓްޒްމަން ވަނީ ދެވަނަ ސެޓް 7-6 އިން ގެންގޮސްފައެވެ. އެހެން ނަމަވެސް ނަދާލް ވަނީ އޭނާގެ ތަޖުރިބާއާ އެކު ފަހުން ކުޅުނު ދެ ސެޓް 6-3 އަދި 6-3 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

އުމުރުން 31 އަހަރުގެ ނަދާލް ބުނީ މި މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ޝްވަޓްޒްމަންއަކީ އޭނާގެ ވަރަށް ގާތް އެކުވެރިޔެއް ކަމަށެވެ. ނަދާލް ބުނީ ޝްވަޓްޒްމަންއަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި މިއީ 2018 ވަނަ އަހަރު އޭނާ ކުޅުނު އެންމެ ބޮޑު މެޗު ކަމަށެވެ. މިކަމުގެ ސަބަބުން މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް އިތުބާރު ލިބިފައިވާ ކަމަށާއި ހަތަރު ގަޑިއިރު ވަންދެން ކޯޓުގައި މަޑުކުރަން ޖެހުނަސް އެކަން ކުރާނެ ކަމަށެވެ.

މި މުބާރާތުގެ ހަވަނައަށް ސީޑު ކުރެވިފައިވާ ކްރޮއޭޝިއާގެ މަރިން ސިލިޗް ކުއާޓާއަށް ދަތުރުކުރީ 10 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ ތިން ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް 6-7 އިން ސިލިޗް އަށް ގެއްލުނު ނަމަވެސް އޭނާ ވަނީ ފަހުން ކުޅުނު ތިން ސެޓު 6-3، 7-6 އަދި 7-6 ގެންގޮސް މި މެޗު ކާމިޔާބުކޮށްފައެވެ.

ހަމައެހެންމެ އިނގިރޭސިވިލާތުގެ ކައިލް އެޑްމަންޑް ވެސް ވަނީ ތިން ސެޓް އެއް ސެޓުން އިޓަލީގެ އަންދްރެއާސް ސެޕީ ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-6 އިން ސެޕީ ގެންދިޔަ ނަމަވެސް އެޑްމަންޑް ވަނީ ފަހުން ކުޅުނު ތިން ސެޓު 7-5، 6-2 އަދި 6-3 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. މިއީ އެޑްމަންޑްގެ ކެރިއަރުގައި ވެސް ގްރޭންޑް ސްލޭމް މުބާރާތެއްގެ ކުއާޓާއިން އޭނާއަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. ކުއާޓާގައި އޭނާ ނުކުންނާނީ ނިކް ކިރްގިއޯސް އަދި ގްރިގޯ ޑިމިޓްރޯވްއާ ދެ ކުޅުންތެރިން ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ޖޫން 2017

ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި

16 ޖޫން 2017
ޝުގާރ ކޯން ބަލިކޮށް އޯޕަން ޓޭޕްބޯލް ބައިގެ ޗެމްޕިއަންކަން ވަންއޯވަން ހޯދައިފި
12 ޖޫން 2017

10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް

12 ޖޫން 2017
10 ވަނަ ފްރެންޗް އޯޕަން ތައްޓާއިއެކު ނަޑާލް ތާރީޙުގެ ތެރެއަށް
11 ޖޫން 2017

އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް

11 ޖޫން 2017
އޯޕަން ޓޭޕްބޯލް ބައިން ޝުގާރ ކޯން އާއި ވަންއޯވަން ފައިނަލަށް
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
03 އެޕްރީލު 2017

މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި

03 އެޕްރީލު 2017
މަޔާމީ އޯޕަން ޓެނިސް މުބާރާތް ފެޑެރާ ކާމިޔާބުކޮށްފި
01 އެޕްރީލު 2017

މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް

01 އެޕްރީލު 2017
މިއާމީ އޯޕަން: ފައިނަލުގައި ބައްދަލުކުރާނީ ފެޑެރާ އަދި ނަޑާލް
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް