Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޓޮއިން ގްރީޒްމަން

ގްރީޒްމަންއާއެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވޭ: ބާސާ

އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 20 ޖެނުއަރީ 2018 | ހޮނިހިރު 14:28
އެންޓޮއިން ގްރީޒްމަން

އެންޓޮއިން ގްރީޒްމަން

އެޓްލެޓިކޯ މެޑްރިޑްއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންއާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ބާސެލޯނާއިން ބުނެފިއެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން ވަނީ އޭނާ ބާސާއަށް ބަދަލުވުމަށް އެ ޓީމާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފައެވެ. އެގޮތުން ބައެއް ރިޕޯޓުތަކުގައި ވާގޮތުން އާޑާ ޓުރާން އެ ޓީމު ދޫކޮށްލުމާއެކު ހުސްވެފައިވާ ހަތް ނަމްބަރު ޖާޒީ އެ ޓީމާއި އަލަށް ގުޅުނު ފިލިޕޭ ކުޓީނިއޯއަށް ދީފައި ނުވަނީ ގްރީޒްމަންއަށް އެ ނަމްބަރު ދިނުމުގެ ގޮތުން ކަމަށެވެ.

އެހެން ނަމަވެސް ބާސާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ އޭނާ އާއެކު އެއްވެސް ޒާތެއްގެ އެއްބަސްވުމަކަށް އައިސްފައި ނުވާނެ ކަމަށް ބުނެ އެ ހަބަރުތައް ދޮގުކޮށްފައެވެ. މި ބަޔާނުގައި ވަނީ އެޓްލެޓިކޯ މެޑްރިޑްއަށް އެ ޓީމުން ފުރިހަމަޔަށް އިހުތިރާމުކުރާ ކަމަށާއި އަދި މިފަދަ ރިޕޯޓުތައް ފެތުރުމަކީ ވަރަށް ދެރަކަމެއްގެ ގޮތުގައި އެ ޓީމުން ވަނީ ސިފަކޮށްފައެވެ.

އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޓްލެޓިކޯ އިން ވަނީ އެ ކްލަބުގެ ހުއްދަ ހޯދުމަކާއި ނުލައި އެ ކްލަބުގެ ވާދަވެރި ބާސެލޯނާއިން ގްރީޒްމަންއާ މަޝްވަރާކުރި ކަމަށް ބުނެ އެ މައްސަލަ ފީފާއަށް ހުށަހަޅާފައެވެ. ބާސާގެ ޑިރެކްޓަރު ވެސް ވަނީ މިފަދަ ކަމެއް ހިނގާފައިވާ ކަމުގެ އިޝާރާތެއް ދީފައެވެ. ފީފާއިން ވެސް ވަނީ އެޓްލެޓިކޯއިން މިފަދަ މައްސަލައެއް ހުށަހެޅިކަން ކަށަވަރު ކޮށްދީފައެވެ.

އެޓްލެޓިކޯ މެޑްރިޑުގައި ހުރެ މުބާރާތްތައް ކާމިޔާބު ނުކުރެވޭތީ ގްރީޒްމަން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. ބާސާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ އުމުރުން 26 އަހަރުގެ ފޯވާޑުގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމާއި ގުޅިގެން އެ ޓީމުން ބުނެފައިވަނީ ގްރީޒްމަންގެ އަގަކީ 200 މިލިއަން ޔޫރޯ ކަމަށެވެ.

އެޓްލެޓިކޯގެ ކޯޗު ވެސް ވަނީ އޭނާ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ނަމަ އެކަމަށް ހުރަސް ނާޅާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެ ކްލަބުގެ ޗީފް އެގްޒެކްޓިވް ވިދާޅުވީ ފިނި މޫސުމުގެ ޓްރާންސްފާގައި ވިޔަސް ނުވަތަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް އޭނާ އެހެން ކްލަބަކަށް ވިއްކާލުމުގެ ހިޔާލެއް ނެތް ކަމަށާއި އޭނާއަކީ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާއާ އެކު އެ ކްލަބަށް ވެސް ކާމިޔާބު ހޯދިފައިވާ ކަމަށާއި އުއްމީދަކީ އޭނާއާ އެކު އަދިވެސް އިތުރު ކާމިޔާބު ހޯދުން ކަމަށް މިގުއެލް ވިދާޅުވިއެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފޯވާޑް ރެއާލް ސޮސިއެޑާޑް ދޫކޮށް އެޓްލެޓިކޯއަށް ބަދަލުވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު182 މެޗުގައި 91 ލަނޑު ޖަހަދީފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު