Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖޭގެ ހައިކޯޓް

މަހަކަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ހައިކޯޓުގެ ޝަރީއަތްތައް އާދީއްތަ ދުވަހު ފަށަނީ

20 ޖެނުއަރީ 2018 | ހޮނިހިރު 06:44

ހައިިކޯޓުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ޑިސެމްބަރު 12 ގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 20 ޖެނުއަރީ 2018 | ހޮނިހިރު 06:44
ދިވެހިރާއްޖޭގެ ހައިކޯޓު، ފަނޑިޔާރުންގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި

ދިވެހިރާއްޖޭގެ ހައިކޯޓު، ފަނޑިޔާރުންގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި

މަހަކަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ހައިކޯޓުގެ ޝަރީއަތްތައް އާދިއްތަ ދުވަހު ފެށުމަށް އެކޯޓުގައި ތާވަލުކޮށްފިއެވެ.

ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުގައި، އެ ކޯޓުން އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ. މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އަޑުއެހުންތައް ނުބޭއްވި ސަބަބެއް ކޯޓުން ނުބުނެއެވެ.

Advertisement - newsAdvertisement

މީގެ ކުރިން، ކޮންމެ އަހަރެއްގެ ފަހުކޮޅު ހައިކޯޓު ރިސެސްއަށް ދިޔަ ނަމަވެސް، މިއަހަރު ރިސެސްއަށް ގޮސްފައެއް ނުވެއެވެ. ހައިކޯޓުން އާންމުކޮށް އަމަލުކުރާ އުސޫލަކީ، ރިސެސްއަށް ދިއުމުގެ ކުރިން އެކަން އާންމުކޮށް އިއުލާނުކުރުމެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެފަދަ އެއްވެސް އިއުލާނެއް ކޮށްފައިނުވެއެވެ.

ހައިކޯޓުގެ ޝަރީއަތްތައް ނުބާއްވައިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެކޯޓުން ވަނީ އާދިއްތަ ދުވަހަށް ދެ މައްސަލައެއްގެ އަޑުއެހުން ތާވަލުކޮށްފައެވެ. އެގޮތުން ތާވަލުކޮށްފައި ވަނީ، ބަންޑާރަނައިބުގެ އޮފީހުން ސަންއެއަރ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރާ މައްސަލަ އާއި، ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އާންމުންގެ މީހަކު ދައުވާ ކުރާ މައްސަލައެކެވެ.

ހައިކޯޓަކީ ފަނޑިޔާރުންގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކޯޓެކެވެ. އެގޮތުން އެކޯޓުގައި މިހާރު ތިއްބަވަނީ ހަތަރު ފަނޑިޔާރުންނެވެ. ދެން ތިއްބަވަނީ، ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުންނެވެ.

ފަނޑިޔާރުންގެ ދަތިކަން ދިމާވެ މައްސަލަތައް ލަސްވާތީ، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދެކުނު ގޮފީގެ ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގައި މަސައްކަތް ކުރެއްވިއެވެ. އެ މުއްދަތު ހަމަވަމުން ފަނޑިޔާރުން ވަނީ އެނބުރި ދެކުނު ގޮތްޕަށް ވަޑައިގަންނަވާފައެވެ. އެހެން ނަމަވެސް، ދެކުނު ގޮފީގައި ވެސް ޝަރީއަތެއް ކުރިއަކަށް ނުދެއެވެ.

ހައިކޯޓަށް ދިމާވެފައިވާ ފަނޑިޔާރުންގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ވަނީ އިސްލާހު ގެެނެސްފައެވެ. ކޯޓުތަކުގެ ގާނޫނަށް ގެނައި ދެ ވަނަ އިސްލާހު ތަސްދީގުކުރައްވާފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ވާގޮތުގައި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަން ކުރަން ޖެހެއެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށިތާ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހަށް ތިން މަސް ދުވަސް ފުރުނު އިރު ވެސް، ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެއެވެ. ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔަތާ ވެސް މިހާރު ވަނީ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައެވެ.

ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުން ޖޭއެސްސީގެ އެޖެންޑާގައި ހިމަނާފައިވާއިރު، އެ ކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވިގެން އުޅެނީ ޖޭއެސްސީގެ މެންބަރުންގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް