Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމީ ޔުނިވަރސިޓީ

ޤައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކުގެ ޖާގަ އިތުރުކޮށްފި

19 ޖެނުއަރީ 2018 | ހުކުރު 09:25

300 އަށް ވުރެ ގިނަ ޖާގަ ވަނީ އިތުރުކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 19 ޖެނުއަރީ 2018 | ހުކުރު 09:25
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިޢުލާންކުރި 30 ކޯހަކަށް، ކަނޑައަޅާފައިވާ ޖާގައަށް ވުރެ އިތުރަށް އެޕްލިކޭޝަން ލިބިފައި ވާތީ، އެ ކޯސްތަކަށް ކުދިން ނެގުމަށް 300 އަށްވުރެ ގިނަ ޖާގަ އިތުރުކޮށްފިއެވެ.

އެ ޔުނިވާސިޓީން ބުރާސްފަތިދުވަހު މީޑިއާތަކަށް ފޮނުވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެންމެ ގިނަ ޖާގަ އިތުރުކުރެވިފައި ވަނީ ނަރސިންގ ދާއިރާގެ ޕްރޮގްރާމުތަކަށާއި ފައުންޑޭޝަން އަދި ބިޒްނަސް ދާއިރާގެ ކޯސްތަކަށް ކަމަށެވެ.

Advertisement - newsAdvertisement

މުއްދަތު އިތުރުކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް ޔުނިވާސިޓީން ހާމަކޮށްފައެއް ނުވެއެވެ.

ޔުނިވާސިޓީން ބުނީ މި ޖެނުއަވަރީ މަހު އޯލެވެލް އަދި އޭލެވެލް ނަތީޖާ ލިބޭ ފަރާތްތަކަށް ޖާގަހުރި ކޯސްތަކުން ފުރުސަތު ފަހިކުރުމުގެ މަޤްޞަދުގައި ޔުނިވަރިސިޓީން ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އޯލެވެލް އިމްތިހާނުގެ ނަތީޖާ ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން އެޕްލިކޭޝަން ފޯމްތައް ބަލައިގަތުމާއި ކެރިއަރ ގައިޑަންސް ދިނުމުގެ ޚާއްޞަ ހަރަކާތެއް ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ ގޯތި ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ. މި ހަރަކާތުގައި، ޖާގަ ހުރި ކޯސްތަކަށް ފޯމު ބަލައިގަނެ، ޝަރުތު ފުރިހަމަވާ ދަރިވަރުންނަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭލެވެލް ނަތީޖާ ލިބޭ ފަރާތްތަކަށް އަމާޒުކޮށް ހަމަ މިފަދަ އެހެން ހަރަކާތެއް، 27 ޖެނުއަރީގައި ކުރިއަށްގެންދިއުމަށް ވެސް ޔުނިވަރސިޓީން ވަނީ ރާވާފައެވެ.

މި އަހަރަށް ޤައުމީ ޔުނިވަރސިޓީން ހުޅުވާލި ކޯސްތަކަށް އެދި މިހާތަނަށް 4،479 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ 2،853 ފަރާތަކަށް ކޯސްތަކުން ވަނީ ޖާގަ ދީފައެވެ. ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް މިއަހަރު އަލަށް ވަންނަ ދަރިވަރުން ރަޖިސްޓްރީކުރުމާއި އޮރިއެންޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުން 21 ޖަނަވަރީން ފެށިގެން ކުރިއަށްދާނެއެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ 28 ޖަނަވަރީގައެވެ. މިހާރު ވެސް ކިޔަވަމުންގެންދާ 7070 ދަރިވަރުންނާ އެކު މި ޓަރމްގައި ގާތްގަނޑަކަށް 9،000 ދަރިވަރުން ޔުނިވަރސިޓިގައި ކިޔަވަމުންދާނެ ކަމަށް ޔުނިވާސިޓީން ބުނެއެވެ.

ޔުނިވާސިޓީން ހުޅުވައިލި ބައެއް ކޯސްތަކަށް އެކަށީގެންވާ ވަރަށް ކުރިމަތިނުލާތީ ބައެއް ކޯސްތައް މެދުކެނޑިގެންދާނެ ކަމަށް ޔުނިވާސިޓީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ކެމްޕަސްތަކުގައި ހިންގާ ކޯސްތައް ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް