Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރޮނާލްޑޯ އަދި މެސީ

އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ، ރޮނާލްޑޯއެއް ނޫން: ޕެލޭ

ޕެލޭގެ ޓީމަކަށް ނަގާނީ މެސީ ކަމަށް ބުނި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2018 | ހުކުރު 09:26
މެސީ އަދި ރޮނާލްޑޯ

މެސީ އަދި ރޮނާލްޑޯ

މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކަމަށާއި އެ ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކަމަށް ބްރެޒިލްގެ ލެޖެންޑް ޕެލޭ ބުނެފިއެވެ.

ތިން ފަހަރެއްގެ މަތިން ބްރެޒިލްއާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ ފާހަގަކުރެވިފައި ވަނީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. ޕެލޭއާ އެކު މެސީ އަދި ރޮނާލްޑޯއަކީ ވެސް މި ލިސްޓުގައި ހިމެނޭ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިރު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ފީފާ އިން ދިން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިފައި ވަނީ މި ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ވެސް އެއް ކުޅުންތެރިޔަކަށެވެ. އެގޮތުން ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ ފަސް ފަހަރު އެ އެވޯޑު ހޯދާފައެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކީ ކާކުތޯއާ މެދު ބަހުސް އުފެދިފައިވާތާ އެތަކެއް އަހަރުތަކެއް ވަނީ ވެފައެވެ. ޕެލޭ ވެސް ވަނީ މި ބަހުސްގައި އޭނާގެ ހިޔާލު ހުށަހަޅާފައެވެ.

ޓީވީ ޗެނަލަކާ ވާހަކަ ދައްކަމުން ޕެލޭ ބުނީ މިހާރު ދުނިޔޭގައި ފާހަގަކޮށްލެވޭ ތަފާތު ކުޅުންތެރިންގެ ތެރޭގައި ތިބީ އެންމެ ދެ ކުޅުންތެރިން ކަމަށާއި އެއީ ދެރަވާން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ބުނީ މީގެ ކުރިން ޔޯހާން ކްރަޔަފް އާއި ޑިއޭގޯ މެރަޑޯނާ، ޒިކޯ އަދި އޭނާއަކީ ވެސް އެ ލިސްޓްގައި ގުނާ ކުޅުންތެރިން ކަމަށެވެ. އޭރު އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ގުނާލެވޭ ގިނަ ކުޅުންތެރިން ތިބިކަން ފާހަގަކުރަމުން ޕެލޭ ބުނީ ދެން އެންމެ އަވަހަށް ލިސްޓަށް އިތުރުވާނީ ނޭމާ ކަމަށެވެ.

ޕެލޭ ބުނީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށާއި ވޭތުވެދިޔަ 10 އަހަރު ވެސް އެކަން އޮތީ އެހެން ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯއަކީ ލަނޑުޖަހަން މޮޅު ކުޅުންތެރިޔެއް ކަމަށާއި އެހެން ނަމަވެސް މެސީއަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ މެސީއަކީ ލަނޑު ޖެހުމުގެ އިތުރަށް ޓީމުގެ ގޮވައިގެން ކުރިޔަށްދާ ކުޅުންތެރިޔެއް ކަމަށާއި އެހެންކަމުން އޭނާ ޓީމެއް ހަދާ ނަމަ ރޮނާލްޑޯގެ ކުރިން އެ ޓީމަކަށް މެސީ ނަގާނެ ކަމަށް ޕެލޭ ބުނެފައިވެއެވެ.

ރޮނާލްޑޯ އާއި މެސީއާ ދެމެދު އުފެދިފައިވާ ވާދަވެރިކަމާއި އެއްވަރަށް މެރަޑޯނާ އަދި ޕެލޭއާ ދެމެދު ވެސް ވަނީ ވާދަވެރިކަން އުފެދިފައެވެ. ޕެލޭ އަދި މެރަޑޯނާ ވެސް ބުނަމުން އަންނަނީ އެ ކުޅުންތެރިންނަކީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިން ކަމަށެވެ. އަދި ވަރަށް ގިނައިން މި ދެ ލެޖެންޑުން ބަހުގެ ހޫނު ހަމަލާ ބަދަލުކުރާ މަންޒަރު ފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު