23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 11

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

  • ޒަމްޒަމް ފެންފޮދުގެ ކިއުބިކް ސެންޓިމީޓަރެއްގެ ތެރެއަށް އާދައިގެ ފެން އަޅައި، އެއް ލީޓަރު ފެން (1000 ކިއުބިކް ސެންޓިމީޓަރ) ހަމަކުރި އެވެ. އެއަށްފަހު އެފެން ގަނޑުކުރުމުން އޭނާއަށް ނަތީޖާއެއް ލިބުނެވެ. އ
އަހްމަދުﷲ ޖަމީލް | adjameel

| 15 ޖެނުއަރީ 2018 | ހޯމަ 11:28 | |



ޒަމްޒަމް ފެން ތަޙުލީލުކޮށް ބަލަހައްޓަނީ ޖިއްދާގައި ހުންނަ ޖިއަލޮޖިކަލް ސެންޓަރުންނެވެ. ޒަމްޒަމް ފެނުގައި ކެލްސިޔަމް އާއި މެގްނީޒިޔަމް އެކުލެވިގެންވާ މިންވަރު މަތިކަމަށް އެސެންޓަރުން ބުނެއެވެ. -- ގޫގުލް

(12 ޖެނުއަރީ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ޒަމްޒަމް ވަޅުގައިވާ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ވަރުގަދަ ހެކި ފާޅުގަދަ ގޮތެއްގައި ފެންނަން ހުއްޓައި މެ، 1971 ވަނަ އަހަރު ޔޫރަޕުގެ ޕްރެސްއަކަށް މިޞްރުގެ ޑޮކްޓަރަކު ފޮނުވި ލިޔުމެއްގައި، ޒަމްޒަމް ފެނަކީ އިންސާނުން ބޯން ކަމުދާ ފެނެއްނޫންކަމަށް ލިޔެފައިވެއެވެ. ކިންގ ފައިޞަލްއަށް މިޚަބަރު އިވިވަޑައިގަތް ހިނދު، މިކަމާ ވަރަށްބޮޑަށް ކޯފާވެވަޑައިގެން ހަމަ ވަގުތުން، ޒަމްޒަމްފެނުގެ ސާމްޕަލް ޔޫރަޕަށް ފޮނުވައިގެން ތަޙްލީލު ކުރެއްވުމަށް، ސަޢޫދީގެ ވޯޓަރ އެންޑް އެގްރިކަލްޗަރ މިނިސްޓްރީއަށް އެންގެވިއެވެ. މި އަމުރާ ގުޅިގެން އެ މިނިސްޓްރީ އިން އެ މަސައްކަތް ޙަވާލުކުރީ ޖިއްދާގައި ހުންނަ ޖިއްދާގެ ފެނާއި ކަރަންޓާއިބެހޭ ކުންފުންޏާއެވެ. އެތަނުން އެ މަސައްކަތާ ޙާވާލުވެ ހުރީ ޠާރިޤް ޙުސައިން ކިޔާ ޖިޔަލޮޖިސްޓެކެވެ. އޭނާއަކީ އެކުންފުނީގައި ފެނުގެ ކޮލިޓީ ކޮންޓްރޯލު ކުރުމާއި، އެފަދަ ކަންކަމާއި ޙަވާލުވެ ހުންނަ އިންޖިނިއޭރެވެ.

އޭނާ ބުނިގޮތުން އެތައް މިލިޔަން ލީޓަރުގެ ފެން އެތަކެއް މިލިޔަން ޙާޖީންނަށް ފޯރުކޮށްދެވޭ ވަޅުކަމުގައިވާ، ޒަމްޒަމް ފެންއާރުން ލޮލަށް ފެންނަނީ 14 ފޫޓު 18 ފޫޓުގެ ފެންގަނޑެކެވެ. މިންތައް ބަރާބަރަށް ނެގުމުގެ ގޮތުން ވަޅުގެ ފުންމިން ބެލުމަށް ވަޅަށް އެރެން، އޭނާއާއި ޙަވާލު ކުރެވުނު މީހާ ގާތުގައި ބުނިކަމަށް ޠާރިޤު ހާމަކޮށްފައި ވަނީ އެމީހާ ގޮސް ރީތިކޮށް ފެންވަރައިގެން ވަޅަށް އެރުމަށެވެ. ދެން އޭނާ ވަޅަށް ފައިބައި ފެންގަނޑުގެ މެދެއްހާ ހިސާބުގައި ހުއްޓި ހިންދެމިލުމުން ފެންގަނޑު ހުރީ އޭނާގެ ކޮނޑާ ހަމައިގައެވެ. ވަޅަށް ފޭބި މީހާގެ އިސްކޮޅުގައި ހުންނާނީ ގާތްގަނޑަކަށް 5 ފޫޓް 8 އިންޗިއެވެ. ދެން އެމީހާ ގާތުގައި ބުނެގެން ވަޅުގެ އެއްފަރާތުން އަނެއްފަރާތަށް ފޮނުވައި ވަޅުގެ އެއްވެސްތަނަކަށް އެއްވެސް ކަހަލަ ހޮޅިއެއް ނުވަތަ ފެން ވަންނަ ގޮތެއް ހުރިތޯ ބެލުވީމެވެ. އެއީ ޒަމްޒަމް ވަޅާއި ގުޅިފައި އެއްވެސް ހޮޅިއެއް ނުވަތަ ފެންފާއްދާފަދަ ތަނެއް ފާހަގަކުރެވޭތޯ އެވެ. ނަމަވެސް އެފަދަ ހިލަމެއް އޭނާއަށް ހަމަ އެއްގޮތަކަށް ވެސް ފާހަގައެއް ނުކުރެވުނެވެ.

ހޯދި  ހޯދުންތަކުން އެނގުނު ޙަޤީޤަތަކީ، ކެލްސިޔަމް އާއި މެގްނީޒިޔަމް އެކުލެވިގެންވާ މިންވަރު ޒަމްޒަމް ފެނުގައި މަތިކަމެވެ. އަދި ފްލޮރައިޑް އެކުލެވިގެން ވާތީވެ، އެއްވެސް ބާވަތެއްގެ ޖަރާސީމެއް މިފެނުގައި ނުހުންނަކަމެވެ. ވީމާ ހުޅަނގުގެ ޑޮކްޓަރު ދެއްކި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަން، ޢިލްމީ ހެކިތަކުގެ އަލީގައި ވެސް ވަނީ ސާބިތުވެފައެވެ. މި ދިރާސާގެ އިތުރުން ޢިލްމީ އެހެނިހެން ހެކިތަކަށް ބަލާއިރު ވެސް މި ޢަޖައިބުވަނިވި ފެނާ ގުޅޭގޮތުން ޙައިރާންކުރަނިވި ހޯދުންތައް ހޯދިފައިވެއެވެ. އެގޮތުން ޖަޕާނުގެ ސައިންޓިސްޓެއް ކަމުގައިވާ މަސަރޫ އެމޯޓޯ ވަނީ ޒަމްޒަމް ފެނުގެ ތަޙްލީލުތަކެއް ކޮށްފައެވެ. އޭނާއަށް ޒަމްޒަމް ފެނުން، ކުރެވުނު އާދަޔާ ޚިލާފު ތަޖުރިބާ ދުނިޔެއަށް ޙިއްސާ ކޮށްފައި ވެއެވެ.

މަސަރޫ ހާމަކުރި ގޮތުގައި އޭނާ، އެކިއެކި ފޮތް ކިޔަމުން ގެންދިޔަ އިރު އޭނާއަށް އެނގުނީ ދުނިޔެ މައްޗަށް ވެއްޓޭ ކޮންމެ ގަނޑުފެން ފޮދެއް ވެސް (ސްނޯފްލޭކް) ހުންނާނީ ތަފާތު ބައްޓަމަކަށެވެ. ހޯދައި ބެލުމަށް ޝައުޤުވެރިކަން ހުންނަ ސައިންސްވެރިއާ، މަސަރޫގެ ސިކުނޑިއަށް މިކަން ޤަބޫލެއް ނުކުރެވުނެވެ. އެއީ ފެން އުފެދިފައި ހުންނަނީ "ހައިޑްރޮޖަން އެޓޮމް" އާއި، "އޮކްސިޖަން އެޓޮމް" އަކާއި އެކުވެގެން ކަމުގައިވާތީ، އުޑުން ފައިބާ ގަނޑުފެންކޮޅުތައް ތަފާތު ބައްޓަންތަކަކަށް ހުންނަން ޖެހޭ ސަބަބު ދެނަގަތުމަށް ޝައުޤުވެރި ވިއެވެ. އަދި މި ސުވާލަށް ޖަވާބު ހޯދުމުގެ މަސައްކަތް ފެށިއެވެ.

މިއަށް ޖަވާބު ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، ޓޯކިއޯގެ ޔުނިވާސިޓީއެއްގައި ތަޢުލީމު ޙާސިލްކުރަމުން ގެންދިޔަ ސަޢުދީ ޢަރަބިއާގެ ދަރިވަރަކާއި ބައްދަލުވި އެވެ. އެ ދަރިވަރާއި މަސަރޫގެ ދިރާސާގެ ވާހަކަ ޙިއްޞާ ކުރިއެވެ. ސަޢޫދީގެ އެ ދަރިވަރު މަސަރޫއަށް ޒަމްޒަމް ފެނުގުޅޭ ވާހަކަތައް އޭނާއަށް އެނގިހުރި މިންވަރުން ކިޔައިދިނެވެ. ޒަމްޒަމް ފެނަކީ ބަރަކާތްތެރި ފެނެއްކަމާއި، އެ ފެނުގައި އާދަޔާ ޚިލާފު ކަންތައްތަކެއް އެކުލެވިގެން ވާ ކަމުގައި ކިޔައިދިނެވެ. އެފެނަކީ ކެއުމަށާއި، ބުއިމުގެ އިތުރުން އޭގައި ޝިފާ އެކުލެވިގެންވާ އެއްޗެއް ކަމުގައި ބުނެ ދިނެވެ. ޒަމްޒަމް ފެނަކީ ސިހުރު ހާހޫރަ އާއި ޖިންނި ޝައިޠާނުންގެ އަސަރު ފޯރުވޭ ފެނެއް ނޫން ކަމުގައި ވެސް އޭނާ މަސަރޫއަށް ކިޔަ ދިނެވެ. އަދި ޒަމްޒަމް ފެން ފޮދެއް ވެސް އެ ދަރިވަރު މަސަރޫ އަށް ދިނެވެ.

މަސަރޫއަށް ލިބުނު މި މަޢުލޫމާތުގެ އަލީގައި ޒަމްޒަމް ފެން ފޮދު ދިރާސާކުރުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އެ ފެންފޮދު ގަނޑުކުރަން މަސައްކަތްކުރިއެވެ. މި މަސައްކަތް ވީ ނާ ކާމިޔާބެވެ. އެއީ އެފެން ގަނޑުކުރުމުގައި ބޭނުންވި ކަންކަން ޙާޞިލް ނުވުމެވެ. ދެން އޭނާ ފެން މިކްސްކޮށް އެއްލީޓަރުގެ ގަނޑުފެން ތައްޔާރުކޮށް އެ ގަނޑުކުރަން މަސައްކަތްކުރިއެވެ. މިގޮތުން ޒަމްޒަމް ފެންފޮދުގެ ކިއުބިކް ސެންޓިމީޓަރެއްގެ ތެރެއަށް އާދައިގެ ފެން އަޅައި، އެއް ލީޓަރު ފެން (1000 ކިއުބިކް ސެންޓިމީޓަރ) ހަމަކުރި އެވެ. އެއަށްފަހު އެފެން ގަނޑުކުރުމުން އޭނާއަށް ނަތީޖާއެއް ލިބުނެވެ. އެއީ އާދަޔާ ޚިލާފަށް އޮތް ދެ ގަނޑުފެންކޮޅެވެ.

މަސަރޫ އަށް އުފެދުނު ސުވާލުތަކުގެ ތެރޭގައި، އެއް ގަނޑު ފެންކޮޅު އަނެއް ގަނޑުފެންކޮޅުގެ މަތީގައި އޮތުން އެއީ ސުވާލަކަށް ވިއެވެ. އަދި ޖަވާބު ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި އޭނާގެ މުސްލިމު އެކުވެރިއަކާ ސުވާލުކޮށް މަޢުލޫމާތު ހޯދަން ފެށިއެވެ. އެގޮތުން ލިބުނު މަޢުލޫމާތުގެ އަލީގައި "ޒަމްޒަމް" މިލަފްޒު އުފެދިފައި ވަނީ ދެބަހުން "ޒަމް" ، "ޒަމް" ކަމަށް އެނގުނެވެ. އަދި އެރަހުމަތްތެރިޔާ ގާތުން، ޒަމްޒަމް ފެން ބަހައްޓައިގެން ޤުރުއާން ކިޔެވުމަށް އެދުނެވެ. ދެން ރިކޯޑަރެއް ގެނެސް ލެބޯޓްރީގެ ތެރޭގައި ޤުރުއާނުގެ އާޔަތްތައް ޖެހުމުން ލިބުނީ އިތުރު ޙައިރާން ކަމެކެވެ. އެއީ އެފެނުން އުފެދުނީ ވަރަށް ރީތި ބައްޓަންތަކަކަށް ހުރި ގަނޑުފެންކޮޅު ތަކެއް ފެނުމުގެ ސަބަބުންނެވެ. އޭގެ ފަހުން އަނެއްކާ އެހެން ތަޙުލީލަކަށް ކުރިމަތިލިއެވެ. އެއީ އެ ފެނުގެ ކައިރީގައި ﷲގެ އުނަސައްތަ އިސްމުފުޅު ރެކޯޑަރުން ޖެހުމުން ނިކުއި ނަތީޖާއެކެވެ. އެފެނުން އުފެދުނީ ތަފާތު އުނަސައްޔަ ގަނޑުފެންކޮޅެވެ. ކޮންމެ އިސްމުފުޅަކަށް ތަފާތު ބައްޓަމަކަށް ފަދަ ގަނޑުފެންކޮޅެކެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް