Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިއާ އިން ދަނީ މަސައްކަތް ކުރަމުން: ރައީސް ޓްރަމްޕް

18 ޖެނުއަރީ 2018 | ބުރާސްފަތި 15:00

ރައީސް ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާ އިން އެމެރިކާ އާ ހަމައަށް ފޯރާވަރުގެ ބެލިސްޓިކް މިސައިލް ޓެސްޓްތައް ތަރައްގީ ކުރުމުގައި ދުވަހެއް ދުވަހަކަށް ކުރިހޯދަމުންދާ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 18 ޖެނުއަރީ 2018 | ބުރާސްފަތި 15:00
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް | ގެޓީ އިމޭޖަސް

އުތުރު ކޮރެއާ އާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އެގައުމަށް ރަޝިއާ އިން ވާގިވެރިވަމުންދާ ކަމަށް އެމެރިކާގެ ރައީސް ތުހުމަތު ކުރައްވައިފިއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބުދަ ދުވަހު ރޮއިޓާސް އަށް ރައީސް ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާ އިން އެމެރިކާ އާ ހަމައަށް ފޯރާވަރުގެ ބެލިސްޓިކް މިސައިލް ޓެސްޓްތައް ތަރައްގީ ކުރުމުގައި ދުވަހެއް ދުވަހަކަށް ކުރިހޯދަމުންދާ ކަމަށެވެ. އަދި އުތުރު ކޮރެއާގެ އަމަލުތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައު އިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްކޮޅަށް ޗައިނާ އިން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ޗައިނާ އިން އުތުރު ކޮރެއާ އަށް ފޯރުކޮށްދޭ ތެލާއި ބޯޓުދެލި މަދުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަަވެސް އުތުރު ކޮރެއާ އާ ދެކޮޅަށް ޗައިނާ އަށް މިހާރަށްވުރެވެސް ބޮޑަށް މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް ވިދާޅުވިީ އުތުރު ކޮރެއާ މައްސަލާގައި ރަޝިއާ އިން އެއްެވެސް މިންވަރަކަށް އެހީތެރިވަމުން ނުދާ ކަމަށާއި ރަޝިއާ އިން ކޮށްދޭހާ ވެސް ކަމަަކީ "ޗައިނާ އިން ދޭ އެއްބާރުލުން ފަނޑުކޮށްލުން ކަމަށެވެ." ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ ރަޝިއާ ގެ ރައީސް ވްލަޑީމިއާ ޕޫޓިން އުުތުރު ކޮރެއާ މައްސަލާގައި "އުތުރު ކޮރެއާ އާ އެއްކޮޅަށް ގަސްތުގައި މަސައްކަތް ކުރައްވާ ކަމަށް ބެލެވޭ ކަމަށެވެ.

އުތުރު ކޮރެއާ މައްސަލާގައި "ސާފު ލޮލަކާއި އެކީ" އުތުރު ކޮރެއާއާ އެކު މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ދާދިފަހުން ދެކުނު ކޮރެއާ އިން ވަނީ ބުނެފައެވެ. ދެކުނު ކޮރެއާ އިން މިހެން ބުނި އިރު ބައިނަލްއަގްވާމީ މުޖުތަމައު އިން ބުނަމުން ދަނީ އުތުރު ކޮރެއާ އިން މަޝްވަރާއަކަށް އިޚްލާސްތެރި ހިތެއް ނެތް ކަމަށާއި އެގައުމުން ބޭނުން ވަނީ ނިއުކްލިއާ ޕްރޮގްރާމް ހިންގުމަށް ފުރުސަތު ހޯދުމަށް ވަގުތު ދުއްވާލުމަށް ކަމަށެވެ.

އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އިން އެއްބައެއްގެ ގޮތުގައި އެއް ދިދައެއްގައި މާޗް ކުރުމަށް ވަނީ ނިންމާފައެވެ. ވިންޓާ އޮލިމްޕިކްސް ބާއްވަނީ ފެބްރުއަރީ މަހުގެ 9 އިން 25 އަށް ދެކުނު ކޮރެއާގެ ޕިޔޮންޔަންގައެވެ.

އިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. މިހާތަނަށް އދ. އާއި އެމެރިކާ އިން ވެސް ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގެ އަމަލުތަކަކަށް ބަދަލެއް ނާދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް