Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

އިނގިރޭސި އެފްއޭ ކަޕް: ޕެނަލްޓީ ޖަހައިގެން ޗެލްސީ ހަތަރުވަނަ ބުރަށް

18 ޖެނުއަރީ 2018 | ބުރާސްފަތި 07:38

ޗެލްސީ ހަތަރު ވަނަ ބުރަށް ކޮލިފައިވީ ޕެނަލްޓީގައި 5-3 އިން ކުރި ހޯދައިގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 ޖެނުއަރީ 2018 | ބުރާސްފަތި 07:38
ނޯވިޗް ސިޓީ އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ނޯވިޗް ސިޓީ އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕްގައި ޕެނަލްޓީ ޖަހައިގެން ނޯވިޗް ސިޓީ ބަލިކޮށް ޗެލްސީ އިން ހަތަރު ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-0 އިން އެއްވަރުވި އިރު ދެވަނަ ލެގު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެން ނަމަވެސް ޗެލްސީ ހަތަރު ވަނަ ބުރަށް ކޮލިފައިވީ ޕެނަލްޓީގައި 5-3 އިން ކުރި ހޯދައިގެންނެވެ. ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އަމިއްލަ ދަނޑު ކަމަށްވާ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ނޯވިޗްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. ހަމައެހެންމެ ނޯވިޗް އިން ވެސް ވަނީ ލަނޑު ކައުންޓާގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީ އިންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި ކެނެޑީ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ މިޗީ ބަޓްޝުއާއީއެވެ. މި ލަނޑަށް ފަހު ނޯވިޗް އިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނޯވިޗްއަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްދިނީ ޖަމާލް ލުއިސްއެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމު އެއްވަރުވެ އޮތުމާ ގުޅިގެން ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރުބަލިކަން ވަރަށް ބޮޑަށް ފެނިފައިވެއެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޗެލްސީގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައިވެއެވެ. އެއީ އަލްވާރޯ މޮރާޓާ އަދި ޕެޑްރޯ ރޮޑްރިގޭޒްއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޗެލްސީއިން ޕެނަލްޓީ ޖެހި ހުރިހާ ކުޅުންތެރިން ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. އެއީ ވިލިއަން، ޑޭވިޑް ލުއިޒް، ސެޒާ އަޒްޕްލިކުއެޓާ، އެންގޯލޯ ކަންޓޭގެ އިތުރުން އެޑެން ހަޒާޑްއެވެ. ނޯވިޗްއިން ޕެނަލްޓީ ޖެހި ކުޅުންތެރިންގެ ތެރެއިން ޖޭމްސް މެޑިސަން އާއި މާރިއޯ ވްރަނިސިޗް އަދި ޖޯޝް މާފީ އެ ކުޅުންތެރިން ޖެހި ޕެނަލްޓީ ކާމިޔާބުކުރިއިރު ނެލްސަން އޮލިވޭރާ ޖެހި ޕެނަލްޓީ ޗެލްސީގެ ކީޕަރު ދިފާއުކުރިއެވެ.

ވިގަން އެތުލެޓިކް ވެސް ވަނީ 3-0 އިން ބޯންމައުތު ބަލިކޮށް ހަތަރުވަނަ ބުރަށް ދަތުރުކޮށްފައެވެ. ހަމައެހެންމެ ސްވަންސީ ސިޓީ ވެސް ވަނީ 2-1 އިން ވޮލްވަހެމްޕްޓަން ވޮންޑަރަރސް ބަލިކޮށް ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ. މި މެޗުގައި ސްވަންސީގެ ލަނޑުތައް ވިލްފްރީޑް ބޮނީ އާއި ޖޯޑަން އަޔޫ ޖަހައިދިންއިރު ވޮލްވްސް ލަނޑު ޖަހައިދިނީ ޑިއޯގޯ ޖޯޓާއެވެ.

ހަތަރު ވަނަ ބުރުގައި ޗެލްސީ ކުޅެން ޖެހޭނީ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް