Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަލްމޮނެއްލާ ފެތުރުން

ލެކްޓަލިސް ކިރުގެ ސަބަބުން ބައްޔެއް ފެތުރުން: ލެކްޓަލިސްގެ ސައިޓްތައް ފުލުހުން ބަލައި ފާސް ކުރަނީ

18 ޖެނުއަރީ 2018 | ބުރާސްފަތި 02:06

މި ހިކި ކިރުގެ 12 މިލިއަން ފޮށި ވަނީ އަނބުރާ ކުންފުންޏަށް ފޮނުވާލާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 ޖެނުއަރީ 2018 | ބުރާސްފަތި 02:06
ލެކްޓަލިސްގެ އަހަރީ ސޭލްސްއަކީ 21 ބިލިއަން އެމެރިކާ ޑޮލަރު

ލެކްޓަލިސްގެ އަހަރީ ސޭލްސްއަކީ 21 ބިލިއަން އެމެރިކާ ޑޮލަރު

ތުއްތުކުދިންނަށް ދޭ ކިރެއް ކަމަށްވާ ޑެއިރީ ގްރޫޕްގެ ލެކްޓަލިސް ބޭނުންކުރުމުން ކުދިން ބަލިވަމުންދާކަމުގެ ޝަކުވާތަކާ އެކު އެ މައްސަލަ ތަހުގީގު ކުރުމުގެ ގޮތުން ޑެއިރީ ގްރޫޕްގެ ލެކްޓަލިސް ސައިޓްތައް ފަރަންސޭސި ފުލުހުން ބަލަން ފަށައިފިއެވެ.

ސަލްމޮނެއްލާ ފެތުރެން ފެށުމާ އެކު 83 ގައުމަކުން، ކުޑަކުދިންގެ މި ހިކި ކިރުގެ 12 މިލިއަން ފޮށި ވަނީ އަނބުރާ ކުންފުންޏަށް ފޮނުވާލާފައެވެ.

ކުދިން ބަލިވެފައިވަނީ އެ ކިރު ބޮއެގެންކަމަށްބުނެ ބެލެނިވެރިންވަނީ ކުންފުންޏާ ދެކޮޅަށް ދައުވާ ހުށަހަޅާފައެވެ.

ފުލުހުން ބަލާފާސްކުރަމުންދާ ސައިޓްތަކުގެ ތެރޭގައި ފްރާންސްގެ ހުޅަނގު އުތުރުގެ ޚެޣޮންގައި ހުންނަ ފެކްޓަރީ ވެސް ހިމެނެއެވެ.

މި ފެކްޓަރީއަކީ ކިރުތަޣައްޔަރުވުން ފެށިފައި ވަނީ އެތަނުގެ ޑްރައިންގ ޓަވަރެއްގައި ކަމަށް ބެލެވިގެން މިދިޔަ މަހު ބަންދުކޮށްފައިވާ ތަނެކެވެ.

ލެކްޓަލިސްގެ ތަރުޖަމާނު ވެސް ވަނީ ފުލުހުން އެ ފެކްޓަރީ ބަލައި ފާސްކުރަމުންދާ ކަމަށް ކަށަވަރުކޮށްދީފައެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ލަވާލްގެ ކައިރީގައި ހުންނަ އެ ކުންފުނީގެ އޮފީހަށް ވެސް ފުލުހުން ވަނީ ވަދެފައެވެ.

ރޮއިޓަރސް ނޫސް އޭޖެންސީން ބުނާ ގޮތުގައި ތަހުގީގު ކުރާ އޮފިޝަލުން ހޯދަމުންދަނީ ކިރު ތަޣައްޔަރުވި ގޮތް އެނގޭނެ ޓެކްނިކަލް ޑޭޓާތަކެވެ.

މިހާތަނަށް ފްރާންސުން 37 ކުއްޖަކު އަދި ސްޕެއިނުން އެއްކުއްޖަކަށް ކިރުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު ގްރީސް އިން ވެސް އެފަދަ ކޭސްތަކެއް ރިޕޯޓްކޮށްފައިވާ ކަމަށް ބުނެވެއެވެ.

ފްރާންސުން ބަލިވި ކުދިންގެ ތެރެއިން 18 ކުއްޖަކަށް ހޮސްޕިޓަލުން ފަރުވާދޭން ޖެހިފައިވެއެވެ. ފްރާންސްގެ ޕަބްލިކް ހެލްތު އޭޖެންސީއާ ހަވާލާދީ އޭއެފްޕީ އިން ބުނާ ގޮތުގައި އެ ހުރިހާ ކުދިންގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ޑެއިރީ އުފެއްދުންތައް އުފައްދާ އެއް ގްރޫޕް ކަމަށްވާ ލެކްޓަލިސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އުފެއްދުންތައް ތަޣައްޔަރުވެގެން ދިޔައީ ޚެޣޮންގައި ހުންނަ ފެކްޓަރީގެ ރިނޮވޭޝަން މަސައްކަތްތަކަކަށް ފަހުއެވެ.

ދާދިފަހުން ފްރާންސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އެގްޒެކްޓިވް އެމަނުއެލް ބެސްނިއަރ ވަނީ ކިރުގެ ސަބަބުން ބަލިފެތުރުނުކަން ފޮރުވަން މަސައްކަތްކުރި ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފައެވެ.

މީގެ އިތުރުން އޭނާވަނީ ކިރުގެ ސަބަބުން ގެއްލުމެއް ދިމާވި ކޮންމެ އާއިލާއަކަށް ބަދަލުދިނުމަށް ވައުދުވެ ވަޑައިގެންފައެވެ.

ލެކްޓަލިސްގެ އަހަރީ ސޭލްސްއަކީ 21 ބިލިއަން އެމެރިކާ ޑޮލަރެވެ. އަދި ދުނިޔޭގެ 47 ގައުމެއްގައި 246 ޕްރޮޑަކްޝަން ސައިޓް ހުންނައިރު ހަމައެކަނި ފްރާންސްގައި ވެސް 15،000 މުވައްޒަފުން ތިބެއެވެ.

އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އަސަރުކޮށްފައި ވަނީ ޕިކޮޓް، މިލުމެލް، ސިލިއާ އަދި ތަރާނިސް ބްރޭންޑްގެ އުފެއްދުންތަކަށެވެ. އެ ހުރިހާ ބްރޭންޑެއް ވަނީ މިހާރު ބާޒާރުން ނަގާފައެވެ

ކުންފުނީގެ ތަރުޖަމާނު މިދިޔަ ހަފްތާގައި ބީބީސީގައި ވިދާޅުވީ ޔޫރަޕާއި، އޭޝިއާ، ލެޓިން އެމެރިކާ އަދި އެފްރިކާއިން ކިރުގެ ސަބަބުން އަސަރުކުރި ގައުމުތަކަށް މިހާރު އެކަން އަންގާފައިވާނެ ކަމަށެވެ. އިނގިރޭސިވިލާތް އެމެރިކާ އަދި އޮސްޓްރޭލިއާއަށް މި ކިރުގެ އަސަރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލްމޮނެއްލާ ޖެހުމުން ބޭރަށް ހިންގުމާއި، ބަނޑު ފުއްޕުމާއި، ހޮޑުލެވުމާއި، ހަށިގަނޑުން އާދަޔާ ޚިލާފަށް ފެންމަދުވުން ފަދަ ކަންކަން ދިމާވެ ތުއްތު ކުދިންގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ޖުލައި 2017

ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި

07 ޖުލައި 2017
ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް