Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޖަވާހިރުގެ ނީލަން

ބޮޑު ސިންގާ އަލިމަހެއް ލެސޯތޯ އިން ހޯދައިފި

އަލިމަހުގައި 910 ކެރަޓް ހުރި

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2018 | ބުދަ 10:20
ލެސޯތޯ އިން ފެނުނު އަލިމަހުގެ ފޮޓޯ އެއް

ލެސޯތޯ އިން ފެނުނު އަލިމަހުގެ ފޮޓޯ އެއް

910 ކެރަޓް ހުރި ބޮޑު ސިންގާ އަލި މަހެއް އެފްރިކާގެ ބައްރަށް ނިސްބަތްވާ ކުޑަ ގައުމެއް ކަމަށްވާ ލެސޯތޯ އިން ހޯދައިފި އެވެ.

މިއީ މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު އެއް އަލިމަހެވެ. ރެކޯޑް ތަކަށް ބަލާއިރު މިއީ މިހާތަނަށް ދުނިޔެއިން ފެނުނު 5 ވަނަ އަށް އެންމެ ބޮޑު އަލިމަހެވެ.

ބިއްލޫރިހާ އަލި މި އަލިމަސް ފެނުނީ ލެސޯތޯގެ ލެޓްސެންގް މައިން އިން ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި މައިން އަކީ ލެސޯތޯ ސަރުކާރާއި ޖެމް ޑައިމަންޑްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ގުޅިގެން ހިންގާ މައިން އެކެވެ.

ޖެމް ޑައިމަންޑްސްގެ ސީއީއޯ ކްލިފޯޑް އެލްފިކް ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަލިމަހަކީ އާދަޔާ ޚިލާފް ރަނގަޅު ކޮލިޓީ އެއްގެ އަލިމަހެއް ކަމަށެވެ. ބަޔާނުގައި ބުނެފައިވަނީ މި އަލިމަހުގެ ކުލަ ކަމަށް ކަނޑައަޅާފައިވަނީ "ޑީ" ކަމަށެވެ. މިއީ އެންމެ މަތީ ފެންވަރުގެ އަލިމަހަށް ދޭ ކުލައިގެ ދަރަޖަ ކަމަށް ވެއެވެ.

މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު އަލިމަހަށް ދީފައިވާ ނަމަކީ ކުލިނަން ޑައިމަންޑް އެވެ. އެއީ 3106.75 ކެރަޓް ހުރި ދެކުނު އެފްރިކާގެ ކުލިނަން އިން 1905 ވަނަ އަހަރު ހޯދި އަލިމަހެކެވެ. މި އަލިމަހުގެ ބައިތައް އިނގިރޭސި ރަސްކަމުގެ ތާޖުގައި ވަނީ ބޭނުން ކޮށްފައެވެ.

2006 ވަނަ އަހަރު 603 ކެރަޓް ހުރި ލެސޯތޯ ޕްރޮމިސް ގެ ނަން ދެވުނު އަލިމަސް ވެސް ފެނިފައިވަނީ މިހާރު ފެނިގެން އުޅޭ 910 ކެރަޓް ގެ އަލިމަސް ފެނުނު މައިން އިން ކަމަށް ޚަބަރުތައް ބުނެއެވެ. ލެސޯތޯ ޕްރޮމިސް ބެލްޖިއަމް ގައި ނީލަން ކިޔާ 2006 ވަނަ އަހަރު ވިއްކާލީ 12.4 މިލިއަން ޑޮލަރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު