Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަކީލުންގެ ސަސްޕެންޝަން

ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޝަމީމްގެ ސަސްޕެންޝަން އުވާލައިފި

ޝަމީމް ސަސްޕެންޑް ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 ޖެނުއަރީ 2018 | އަންގާރަ 15:49
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް

ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއް ނިމެންދެން ކޯޓުތަކުގައި ވަކާލާތު ނުކުރެއްވެވޭ ގޮތަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ސަސްޕެންޑް ކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ސަސްޕެންޝަން އުވާލައިފިއެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލަކަށް އައްޔަން ކޮށްފައިވަނިކޮށް ކޯޓުތަކުގައި ވަކާލާތު ކުރެއްވުން ޝަމީމް އަށް މަނާކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހުއެވެ.

ޝަމީމްގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ބުނެ ޑިޕަރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އަންގާރަ ދުވަހުގެ ރޭ ވަނީ އިއުލާނެއް ކޮށްފައެވެ.

ޝަމީމްގެ ސަސްޕެންޑް ކުރުމަށް ފަހު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައިވާ ގޮތުގައި، ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ޝަމީމަށް ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކޮށްފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު" ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޝަމީމް ޚިލާފުވެފައިވާކަމުގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާތީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު" ގެ 3.2 އަކީ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުން ކޮށްގެން ނުވާނެ ކަންތައްތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އެމާއްދާގެ (ހ) ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެއްވެސް ޤާނޫނީ ވަކީލަކު ކޯޓުގެ ތެރޭގައިވެސް އަދި ކޯޓުން ބޭރުގައިވިޔަސް ކޯޓުތަކާއި އެކޯޓުތަކުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ ފަދަ ގޮތަކަށް ޢަމަލުކުރުން އެއީ މަނާކަމެއް ކަމަށެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ޤާނޫނީ ވަކީލުން ކޯޓުތަކުގައި ވަކާލާތުކުރުމުގައްޔާއި އަދި ކޯޓުން ބޭރުގައި ޤާނޫނީ ލަފާ ދިނުމުގައްޔާއި ޤާނޫނީ ރައުޔު ހާމަކުރުމުގައި ޤާނޫނީ ވަކީލުން ހިފަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމްއާއި މުސްތަޤިއްލުކަމާ ޚިލާފުވާފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.

މާއްދާގެ (ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ކަނޑައެޅި ބަޔާންވެފައިވާ ކަމަކާ ޚިލާފަށް ނުވަތަ އިސްތިއުނާފީ އުޞޫލާއެއްގޮތަށް އިސްތިއުނާފީ ކޯޓެއްގައި ވަކާލާތުކުރާ ކުރުމެއް ފިޔަވައި، ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ނުވަތަ އަމުރަކާ ޚިލާފަށް އެޙުކުމް ނުވަތަ އެ އަމުރުގެ ޙުރުމަތް ކެނޑޭގޮތަށް ޤާނޫނީ ރައުޔެއް ބަޔާންކުރުން އެއީ ވެސް މަނާކަމެއް ކަމަށެވެ.

މާއްދާގެ (ބ) ގައި ބުނެފައި ވަނީ ވަކާލާތުކުރުމުގައި، ޝަރީޢަތުގެ މަޖިލީހަށް ދަތިކުރުން ނުވަތަ ޝަރީޢަތުގެ ޙުރުމަތް ކަނޑައި، އިހާނާތްތެރި ޢަމަލެއް ހިންގުމަކީ ވެސް ވަކީލަކު ކުރުން މަނާ ކަމެއް ކަމަށެވެ. އަދި (މ)ގައި ބުނެފައި ވަނީ އެއްވެސް ކަމެއް ސާބިތުކުރުމަށްޓަކައި ނުވަތަ ނަފީ ކުރުމަށް ކަނޑައެޅިގެން ފެންނަން ހުންނަ ޙަޤީޤަތާ ޚިލާފުވާގޮތަށް ވަކާލާތުކުރުމަކީ ވެސް ވަކީލަކު ކުރުން މަނާ ކަމެއް ކަމަށެވެ.

ކޯޓުތަކުގައި ވަކާލާތު ނުކުރެވުނު ނަމަވެސް ޝަމީމް ގެންދެވީ ބައެއް ބޭބޭފުޅުންނަށް ގާނޫނީ ލަފާ އަރުވަމުންނެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ޝަމީމް ހިމެނިވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު